Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެލަރޫސްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއެޅުން

އެމެރިކާއިންވެސް ބެލަރޫސްއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފި

21 ޖޫން 2021 | ހޯމަ 17:23

އެމެރިކާއާއި، ކެނެޑާއާއި، އިނގިރޭސިވިލާތާއި، އަދި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ވެސް ބެލަރޫސްގެ މައްސަލައިގައި ބަޔާނެއް ނެރެފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 21 ޖޫން 2021 | ހޯމަ 17:23
ބެލަރޫސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކާ

ބެލަރޫސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކާ

އިންސާނީ ހައްގުތަކާއި އަދި ޑިމޮކްރަސީއާ ޚިލާފު އަމަލުތައް ހިންގާކަމަށް ބުނެ ބެލަރޫސްއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޖެޓެއް ހުއްޓުވައި ބެލަރޫސްގެ ސަރުކާރާ ދެކޮޅަށް ޚަބަރު ފަތުރާ ނޫސްވެރިއަކު ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސްރަހުގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިކަމުގައި ބެލަރޫސްގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވާގޮތުން، ބެލަރޫސް ސަރުކާރުގެ އަނިޔާވެރިކަމާ ގުޅިގެން 21 ފަރާތެއް ބްލެކްލިސްޓް ކުރުމަށް އެގައުމުން ވަނީ ނިންމާފައެވެ. ޑިމޮކްރަސީއާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، ބެލަރޫސްގެ މިނިވަން އަޑުތައް ކަނޑުވާލުމަށް ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް ބަލަން، އެމެރިކާއިން މަޑުން ނޯންނާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއާއި، ކެނެޑާއާއި، އިނގިރޭސިވިލާތާއި، އަދި ޔޫރަޕިއަން ޔޫނިއަން ގުޅިގެންވެސް ބެލަރޫސްގެ މައްސަލައިގައި ބަޔާނެއް ނެރެފައިވެއެވެ. މި ބަޔާނުގައި ބެލަރޫސްގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ދޫކޮށްލުމަށް އެގައުމުގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރަޔަނެއަރ ޖެޓެއް ގަދަބާރުން ހުއްޓުވައި، ޖެޓުގައި އިން ބެލަރޫސްގެ ނޫސްވެރިޔަކާއި އޭނާއާއި އެއްކޮށް ތިބި ޓީމު ހައްޔަރު ކުރި މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަނީ ބެލަރޫސްއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް އެއްބާރުލުން ދިނުމަށް ބެލަރޫސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯއަށް (އެމެރިކާ ހިމެނޭހެން ހުޅަނގުގެ ގައުމުތަކުން ނެރުނު) ބަޔާނުގައި ގޮވާލާފައިވެއެވެ.

މެއިމަހުގެ 23ވަނަ ދުވަހު ގްރީސްއިން ލިތުއޭނިއާއަށް ދަތުރު ކުރަމުން ދިޔަ ޖެޓުގެ މިސްރާބު ބަދަލުކޮށް މިންސްކަށް ލޭންޑް ކުރުވި މައްސަލައިގައި، ބެލަރޫސްގެ ޓްރާންސްޕޯޓާއި، ޑިފެންސާއި، އެއަރޓްރެފިކް އޮފިޝަލުންނާއި، އީޔޫ ޑިޕްލޮމެޓުންނާއި އޮފިޝަލުން ބްލެކްލިސްޓް ކުރުމަށް އީޔޫގެ ފޮރިން މިނިސްޓަރުން ވަނީ ނިންމާފައެވެ.  

މީގެ އިތުރުން، މާލީ ގޮތުން ދަތިކުރުމަށް އިގްތިޞާދީ ހަރުކަށި ފިޔަވަޅުތަކެއް ބެލަރޫސްއާ ދެކޮޅަށް ތަންފީޒު ކުރުމަށް ވެސް އީޔޫގެ ގައުމުތަކުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް