Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

ސްޕެއިން އާއި ޕޯޗުގަލް ގައި ހިނގަމުންދާ އަލިފާނުގެ ހާދިސާ ތަކާ އެކު އެ ގައުމުތައް ބިރުވެރި ހާލަތެއްގައި

ސްޕެއިން ގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ފެތުރި، ޕޯޗުގަލްގެ ކުރީގެ މޭޔަރެއްގެ ފުރާނަ ގެއްލިއްޖެ. ގައުމުގެ އެތައް ހާސް އަލިފާން ނިއްވާ މީހުން ހާދިސާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ވެސް ހޯދައިފި.

ޕޯޗުގަލްގެ އަލިފާނުގެ ހާދިސާއިން ފުރަތަމަ މަރު ރިޕޯޓްކުރެވި، ގުއާޑާ ރަށުގެ ކުރީގެ މޭޔަރު ކާލޮސް ޑަމާސޯ ނިޔާވެއްޖެ

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 08:47
ޕޯޗުގަލްގެ މެޑާ ގައި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ގުދުރަތީ އަލިފާނުގެ ހާދިސާއެއްގައި ކާރެއް އަނދާ ހުލިވަނީ

ޕޯޗުގަލްގެ މެޑާ ގައި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ގުދުރަތީ އަލިފާނުގެ ހާދިސާއެއްގައި ކާރެއް އަނދާ ހުލިވަނީ

ސްޕެއިން އާއި ޕޯޗުގަލް ގައި ހިނގަމުންދާ ގުދުރަތީ އަލިފާނުގެ ހާދިސާތަކުން އެ ގައުމުތަކުގައި ބިރުވެރިކަން ފެތުރިއްޖެ އެވެ.

މި ދަނޑިވަޅުގައި ސްޕެއިންގެ މޫސުމާބެހޭ އިދާރާއިން ވަނީ އިތުރު އަލިފާނުގެ ހާދިސާތަކުގެ ނުރައްކާ "ވަރަށް މަތިން, އެންމެ މައްޗަށް" އޮތްކަމަށް އިންޒާރު ދީފައެވެ.

އަނެއްކޮޅުން، ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑީ ސޫސާ ވަނީ އިރުމަތީ ސަރަހައްދުގެ ގުއާޑާ ޓައުން ގެ ކުރީގެ މޭޔަރު، ކާލޮސް ޑަމާސޯ އަލިފާން ނިއްވުމުގައި މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައިވާ ކަމަށް އިއުލާނު ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޕޯޗުގަލް ގެ ރައީސް ވަނީ އޭނާގެ ޗުއްޓީ ކުރުކޮށްލައްވައި، ނޭޝަނަލް އިމަރޖެންސީ އެންޑް ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިހާތަނަށް އެތައް ހާސް އަލިފާން ނިއްވާ މީހުން ވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ.

ޕޯޗުގަލުން ވަނީ، ސްޕެއިން އެކޭ އެއް ގޮތައް ޔޫރަޕިއަން ޔޫނިއަންގެ މަދަނީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެ ޔޫނިއަންގެ އެހީތެރިކަމަށް އެދިފައެވެ. އެ ގޮތުން ހޯމަ ދުވަހާ ހަމައަށް ބޭނުން ކުރުމަށް އަލިފާން ނިއްވާ 4 މަތިންދާ ބޯޓަށް އެދިފައި ވެއެވެ.ސްޕެއިން ގައި މިހާތަނަށް ވަނީ 3 މީހުން މި އަލިފާނުގެ ހާދިސާތަކުގައި މަރުވެފައެވެ. މީގެ ތެރޭގައި ކާސްޓިލް އެންޑް ލިއޯން ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު 30 އަހަރުގެ ދެ ވޮލަންޓިއަރުން ހިމެނެއެވެ.

ސްޕެއިންގެ ގިނަ ސަރަހައްދު ތަކުގައި އިންތިހާ އަށް ހޫނު ގަދަވެފައިވާތާ މިހާރު ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ހުކުރު ދުވަހު މި ހޫނުގެ ރާޅު ވަނީ މިހާތަނަށް ސަލާމަތުން އޮތް ކަންޓަބްރިއާ އަށް ވެސް ފޯރާފައެވެ. ގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނާ ގޮތުގައި، މި ސަރަހައްދުގެ ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ސްޕެއިންގެ އަލިފާނުގެ ހާދިސާތަކުގެ މޫސުމުގައި މިހާތަނަށް 157,501 ހެކްޓަރު ބިން ވަނީ އަލިފާނުގެ ތެރެއަށް ގޮސްފައެވެ. ނަމަވެސް މިއީ 2022 ވަނަ އަހަރު އަލިފާނުގެ ތެރެއަށް ދިޔަ 306,000 ހެކްޓަރަށް ވުރެ މަދު އަދަދެކެވެ. ފްރާންސް އިން ވަނީ އިރުއުތުރު ސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެހީތެރިވުމަށް އަލިފާން ނިއްވާ ދެ މަތިންދާބޯޓު ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު