Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްޠީން

ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކު ގައި ޔަހޫދީންނަށް ގެދޮރު އެޅުމަށް އިސްރާއީލުން ފާސް ކުރި ޕްލޭން ހުއްޓާލުމަށް އީޔޫ އިން ގޮވާލައިފި

އިސްރާއީލުން އީ-ވަން ސަރަހައްދުގައި 3,400 ގެ އިމާރާތްކުރުމަށް ނިންމި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު، ދެ ދައުލަތުގެ ހައްލު ނެތިދާނެ ކަމެކެވެ. މި ނިންމުމާއެކު ފަލަސްތީނުގެ މުސްތަޤްބަލުގެ ވެރިރަށް ކަމުގައި ބެލެވޭ އިރުމަތީ ގުދުސް ގެ އުންމީދު ތަކަށް ބޮޑު ހުރަހެއް އެޅިގެންދާނެއެވެ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 02:11
ޔޫރަޕިއަން ޔޫނިއަންގެ ދިދަ ޔޫރަޕިއަން ކޮމިޝަންގެ މައި އޮފީސް ބްރަސެލްސްގައި ހުންނަ އިމާރާތް ބާލޭމޮންޓް ގެ ކުރިމަތީގައި

ޔޫރަޕިއަން ޔޫނިއަންގެ ދިދަ ޔޫރަޕިއަން ކޮމިޝަންގެ މައި އޮފީސް ބްރަސެލްސްގައި ހުންނަ އިމާރާތް ބާލޭމޮންޓް ގެ ކުރިމަތީގައި

އިސްރާއީލުގެ މާލީ ވަޒީރު ފާސްކޮށްފައިވާ، ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކުގައި ޔަހޫދީންނަށް ގެތައް އިމާރާތްކުރުމުގެ މަޝްރޫޢުން "ދުރުހެލިވުމަށް" ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމެޓް ބުރާސްފަތި ދުވަހު އިސްރާއީލަށް ގޮވާލައްވައިފިއެވެ.

"އީ1 (އީ-ވަން) އާބާދުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދެ ދައުލަތުގެ ޙައްލު އިތުރަށް ބަލިކަށިކޮށްލާ ކަމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ،" ކާޖާ ކާލާސް ވިދާޅުވިއެވެ.

"މި ނިންމުން ކުރިއަށް ގެންދިއުމުން ކުރާނެ ފުޅާ ދާއިރާގެ އަސަރުތައް ފާހަގަކުރަމުން، މި ނިންމުންިންމުން ކުރިއަށް ނުގެންދިއުމަށް ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލަށް ގޮވާލަމެވެ."

އިސްރާއީލުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބުރާސްފަތި ދުވަހު، އޮކިއުޕައިޑް ވެސްޓް ބޭންކުގެ ވަކިން ޚާއްޞަ ސަރަޙައްދެއްގައި 3,400 ގެ އިމާރާތްކުރުމުގެ މަޝްރޫޢަށް ވަނީ ހުއްދަ ދީފައެވެ. އަދި އެތައް ޤައުމަކުން ހާމަ ކޮށްފައިވާ ފަލަސްޠީނުގެ ދައުލަތެއް ގަބޫލުކުރުމުގެ ވިސްނުމަށް ރައްދު ދިނުމުގެ ގޮތުން އެ ސަރަޙައްދު އިސްރާއީލުން ހިފުމަށް އޭނާ ގޮވާލާފައި ވެއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އިންޒާރު ދެއްވާފައިވާ ގޮތުގައި އެ ސަރަޙައްދުގައި އިސްރާއީލުން ޔަހޫދީންނަށް ގެތައް އިމާރާތްކުރުމުން އިސްރާއީލް-ފަލަސްޠީނު މައްސަލަ އަށް ހައްލު ހޯދުމަށް މުޅި ދުނިޔެ ގަބޫލު ކުރާ ދެ ދައުލަތުގެ ޙައްލު ހޯދުމުގެ އުންމީދުތަކަށް "ނިމުމެއް އަންނާނެ" ކަމަށެވެ.

ޖެރޫސަލަމްގެ އިރުމަތީގައިވާ އީ1 ގެ ނަމުން މަޝްހޫރު ޚާއްޞަ ބިމުގައި އިމާރާތްކުރުމުގެ އަމާޒު އިސްރާއީލުން ވަނީ ދިގު މުއްދަތެއް ވަންދެން ގެންގުޅެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފިއްތުންތަކާ ހެދި މި މަޝްރޫޢު ވަނީ އެތައް އަހަރެއް ވަންދެން މަޑުޖައްސާލާފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ވެސްޓް ބޭންކުގައި އިސްރާއީލުން އާބާދުކުރާ ސަރަޙައްދުތަކަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބެލެވެއެވެ.

އަދި ގާތްގަނޑަކަށް 12 އަކަ ކިލޯމީޓަރުގެ މި ސަރަޙައްދުގައި އިމާރާތްކުރުމުން، އިރުމަތީ ޖެރޫސަލަމް ވެރިރަށް ކަމުގައި ބަލައިގެން މުސްތަޤްބަލުގެ ފަލަސްޠީނު ދައުލަތެއްގެ އުންމީދުތަކަށް ހުރަސްއެޅިގެންދާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ބުނެފައެވެ.

މި ސަރަޙައްދު އޮންނަނީ ޤަދީމީ ޖެރޫސަލަމް ސިޓީ އާއި އިސްރާއީލުން އާބާދު ކޮށްފައިވާ މާލޭ އެޑްމީމް އާ ދެމެދުގައެވެ. އަދި މިއީ ފަލަސްޠީނު ސަރަޙައްދުގެ އުތުރާއި ދެކުނު ގުޅުވައިދޭ މަގުތަކާ ކައިރީގައިވާ ތަނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު