Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާއަށް އިންސާފު ހޯދައިދިނުން

އިންސާފު ހޯދުމަށް މިޝްކާގެ އާއިލާ ޤާނޫނީ އެހީއާ ދިމާއަށް

އާއިލާއިން ވަނީ އިންސާފު ހޯދައިދިނުމަށް އެދި ފުލުހުންނަށް ސިޓީއެއްވެސް ފޮނުވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 16:16
ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ ފާޠިމަތު މިޝްކާ މުޙައްމަދު

ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ ފާޠިމަތު މިޝްކާ މުޙައްމަދު

ދިގު އިންތިޒާރުތަކަކަށް ފަހު މިޝްކާ މުޙައްމަދުގެ މަރުގެ މައްސަލަ ތަހުޤީޤުކުރުމަށްފަހު ނެރުނު ތަފްސީލީ ރިޕޯޓު ހެލްތު މިނިސްޓްރީން މިވަނީ އާންމުކޮށްފައެވެ. މީގެ ކުރިން އެ މިނިސްޓްރީއިން ނެރުނު ރިވިއު ރިޕޯޓާ ޚިލާފަށް މި ރިޕޯޓްގައި ވަނީ އިހުމާލުވި ހިސާބާއި، ޒިންމާވާ ފަރާތްތައް ތަފުސީލުކޮށްދީފައެވެ.

މި ރިޕޯޓާ ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަދައްކަމުން މިޝްކާގެ އާއިލާއިން ބުނެފައިވަނީ މިޝްކާއަށް އިންސާފު ހޯދުމަށް ޤާނޫނީ އެހީ ނުވަތަ "ލީގަލް" މަގު އިޚްތިޔާރުކޮށްފައިވާކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ ތަފްސީލީ ރިޕޯޓް އާއިލާއިން އިތުރަށް ބަލައި، އިންސާފު ގެއްލޭފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި ރިޕޯޓާ ގުޅޭގޮތުން އެއްޗެކޭ ބުނާނީ ރަނގަޅަށް ރިޕޯޓް އެނަލައިޒްކޮށްފައިކަމަށް އާއިލާއިން ބުނެއެވެ. މިޝްކާގެ އާއިލާއިން އައު އަމާޒުގެ ދަށުން މިހާރު ފުލުހުންނަށް ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ. މިކަމުގެ އިތުރު ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް އާއިލާއިން ބުނެއެވެ.

ސަރުކާރުން މިޝްކާއަށް އިންސާފު ހޯދުން ލަސްވަމުންދާތީ އާއިލާއިން މީގެ ކުރިންވެސް ވަނީ މިކަމަކީ ދިގުލައިގެން ގޮސް "މާދަމާ، މާދަމާ" ކިޔާ ކަހަލަ ކަމަކަށް ވިޔަ ނުދިނުމަށް އާއިލާއަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ. އެގޮތުން ހެލްތް މިނިސްޓަރ ނަސީމް އެދިވަޑައިގަތް 1 ހަފުތާގެ މުއްދަތުގައި ވަޢުދުފުއްދެވުމަށް ބާރު އެޅުމަށް 7 ދުވަހުގެ ކައުންޓްޑައުންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭރުވެސް އާއިލާއިން ބުނެފައިވަނީ ސަރުކާރަށް އެއް ހަފުތާއަށްވުރެ އިތުރަށް، މިކަމުގައި ބަހަނާދައްކައި މައްސަލަ ދިގުދަންމަން ފުރުސަތު ނުދޭނެކަމަށެވެ. އަދި ވަޢުދުވެފައިވާ މުހުލަތަށްވުރެ މަސައްކަތުގެ ދިއުޅި ދިގުވެ، އެއަށްވުރެ ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށްވެސް ހިއްސާކުރުން ލަސް ނުކުރާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި ތަފްސީލީ ރިޕޯޓްގައި މިހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ނުކުތާކުގެ ގޮތުގައި ހެލްތް މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ، މިޝްކާގެ އާއިލާއަށް އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމާއި، ޑީ.އެމް.އާރް.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންނަށްވެސް އެފަރާތުގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަމެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާއާ ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ގަބޫލު ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާކަމަށް ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަކުން، ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުޢާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މިގޮތަށް މުއާމަލާތުކުރުމުން ވެސް ރޭގަނޑު 11:32 (އީ.އެމް.އެސްއަށް ކޯލްކުރި ގަޑި)އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. މިއާއެކު އެޗްއީ.އޯ.ސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދިން ފަރާތްތަކަށް، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި، އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނުވާކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފަށާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓްރީއާއި އެޗްއީއޯސީއިން ވެފައިވާ އިހުމާލުތަކަށް އެއްބަސްވެ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން ރިވިއު ރިޕޯޓާ ޚިލާފަށް، މި ރިޕޯޓްގައި އެޗްއީއޯސީގައި ހުރި ފެއިލިއަރތައްވެސް ވަނީ ތަފްސީލުކޮށްދީފައެވެ. އެކަށީގެންވާ ވަގުތުގައި ފިޔަވަޅު ނޭޅުނީ އެޗްއީއޯސީގެ ޕްރޮސެސް ފްލޯތަކާއި، އެސްއޯޕީތަކުގައި މައްސަލަ ހުރުމުންކަމަށް ވަނީ އެއްބަސްވެފައެވެ. އެޗް.އީ.އޯސީގައި ކޮވިޑް 19 ބަލީގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއަރ "އައުޓް ބްރޭކް (އޯ.ބީ) ސިސްޓަމް" ކަމުގައި ވީނަމަވެސް، މި ސިސްޓަމްގެ ބަދަލުގައި އެހެނިހެން ސިސްޓަމްތައް ބޭނުންކުރުމުން، އެއް ސިސްޓަމަކުން ހުރިހާ މައުލޫމާތެއް ލިބެންނެތްކަމަށްވެސް ވަނީ އެއްބަސްވެފައެވެ.

މައްސަލަތަކުގައި އެންމެ ފުރަތަމަ މުޢާމަލާތުކުރާ އަދި މެދުވެރިއަކަށްވާ ކޯލްސެންޓަރަށް އަންނަ ފޯނުތަކަށް ސައްހަ މައުލޫމާތު ނެތި ޖަވާބުދާރީވެ، އިމަޖެންސީ ނަންބަރުތައް ހުރެމެ މި ވަސީލަތްތައް ބޭނުންނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި ހަމަ މިއާއެކު ކޯލްސެންޓަރުން އެހެން ކްލަސްޓަރތަކަށް ފުރިހަމައަށް ފޯރުކޮށްނުދެވޭ ކަމަށްވެސް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން މުޢާމަލާތުކޮށް އެންމެނަށް އެއްފަހަރާ މަޢުލޫމާތުދެވޭނެ ނިޒާމުތައް މިއަދާ ހަމައަށްވެސް އެކްޓިވޭޓްނުކޮށް ވާއިރު، އެޗް.އީ.އޯސީގައި މެޖޯރިޓީ މަސައްކަތްތެރިންކަމަށްވާ ދަރުމަވެރިންނަށް، އެކަށީގެންވާ ވަރަށް މަސައްކަތަށް އަހުލުވެރި ކުރެވިފައި ނެތްކަމަށްވެސް މި ރިޕޯޓްގައި ވަނީ އެއްބަސްވެފައެވެ.

އެހެންނަމަވެސް މި ރިޕޯޓްގައި އެމްބިއުލާންސް އައުމަށްފަހު ފަރުވާ ހޯދަން އައިޖީމްއެޗަށް ގެންދެވެންދެން ކަންތައް ވީގޮތުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެއެވެ. މި މަރުހަލާގައިވެސް އިހުމާލުތަކެއް ހުރިކަމަށް މިޝްކާގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

26 ސެޕްޓެމްބަރު 2017
އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު