Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކާނަލް ނާޒިމްގެ މައްސަލަ

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

ނާޒިމް ފްރޭމްކުރިކަން ވަނީ ސާބިތު ވެފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 30 ޖޫން 2017 | ހުކުރު 12:10
ރޯދަ މަހަށް ގެއަށް ބަދަލުކުރެއްވި ނާޒިމް ހުކުރު ދުވަހު އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އާއިލާއާ އެކު: ނާޒިމްގެ މައްސަލައިގަ ކޮންމެ ރައްޔިތަކު ވެސް ލަދުގަންނަންޖެހޭ

ރޯދަ މަހަށް ގެއަށް ބަދަލުކުރެއްވި ނާޒިމް ހުކުރު ދުވަހު އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އާއިލާއާ އެކު: ނާޒިމްގެ މައްސަލައިގަ ކޮންމެ ރައްޔިތަކު ވެސް ލަދުގަންނަންޖެހޭ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކުރި ގޮތާއި ޝަރީއަތް ކުރިއަށް ދިޔަ ގޮތުން އެއީ ހައްގު އަދަބެއް ނޫން ކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެއީ ފްރޭމްކުރެވިފައިވާ މައްސަލައެއްކަން ޚުދު ސަރުކާރުގެ އިދާރާތަކަށް ވެސް އެނގެއެވެ. ޕްރޮސެކިއުޓާ ޖެނެރަލް އަށާއި ފުލުހުންނަށް ވެސް އެކަން އެނގެއެވެ. އެކަން ކުރެއްވި ކަމަށް ބެލެވޭ ފަރާތްތަކުން އެ ވަނީ ނާޒިމް ފްރޭމްކުރިކަން ކަށަވަރުކޮށްދީފައެވެ. އެހެން ކަމަށްވާ ނަމަ މިހާރު އޮތް ސުވާލަކީ މާޗް 27، 2015 އިން ފެށިގެން މިހާތަނާ ޖެހެންދެން އަދި ޖަލުން ނެރެންދެން ނާޒިމް ހުކުމެއްގެ މަތީގައި ޖަލުގައި ހޭދަކުރައްވާ ދުވަސްތަކަށް ބަދަލު ދޭނީ ކިހިނެއްތޯއެވެ؟ ނާޒިމާ ވަކިން ނާޒިމްގެ އާއިލާ ހޭދަކުރެއްވި ދުވަސްތަކާއި އެޅި ކަރުނައިގެ ބަދަލު ނަގައިދެން ނުޖެހޭތޯއެވެ؟

ނާޒިމްގެ މައްސައަލީ ސިޔާސީ އެހެން މައްސަލަތަކަށް ވުރެ ވެސް މާ ބޮޑަށް ހުދާއި ކަޅު ފަދައިން ސާފު މައްސަލައެކެވެ. ނާޒިމް ދިރިއުޅުއްވި ގެއިން ފިސްތޯލަ ފެނި އަދި އެ މައްސަލައިގަ ހައްޔަރުކުރެވި ހުކުމް ކުރެވިގެން ދިޔަ ގޮތް އެންމެންނަށް އެއޮތީ ފެންނަށެވެ. ފުރަތަމަ ދައުވާ އުފުލެއްވީ ނާޒިމްގެ އިތުރުން އަނބިކަނބަލުންގެ މައްޗަށެވެ. ކޮޓަރިން ފެނުނު އެއްޗެއް ކަމަށްވާ ނަމަ އެކަމުގައި ޒިންމާ ދެ ފަރާތުން ނަގަންޖެހޭނެ ކަމަށް ބަލައެވެ. ރަނގަޅެވެ. އެ އުސޫލުން ބަލާ ނަމަ އެކަން ވާންޖެހޭނީ އެ ގޮތަށެވެ. ނަމަވެސް ކުރިން ވެސް އެނގޭ ފަދައިން ބޭނުން ވަނީ ނާޒިމްގެ އަނބިކަނބަލުންނެއް ނޫނެވެ. ޓާގެޓަކީ ނާޒިމެވެ. އެހެން ކަމުން ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމީއެވެ. ފުރަތަމަ ވެސް އިންސާފުން ބޭރުވީއެވެ.

ދެން ފެނުނީ މުޅި ޝަރީއަތުގައި ވެސް މީގެ ކުރިން ނުފެންނަ ފަދަ ކަންތައްތަކެކެވެ. ޝަރީއަތުގައި ހެކިބަސް ދިން ފަރާތްތަކުގެ ބަހުގައި ވެސް ބާގަނޑުތަކެވެ. ނާޒިމްގެ ގެއަށް ދިޔަ ފުލުހުންނަށް އެއީ ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅުކަން ނޭނގުމަކީ ވެސް ބުއްދި ހަމަޖެހޭ ވާހަކައެއް ނޫނެވެ. އޭގެ އިތުރުން ދިފާއީ ހެކިން ކޯޓަށް ހާޒިރުނުކުރަން ނިންމުމާއި އެ ފުރުސަތު ނުދިނުމަކީ ވެސް މި މައްސަލައިގަ ނާޒިމް ފްރޭމްކުރެވިފައިވާކަމުގެ ފުރިހަމަ ހެއްކެކެވެ.

ހުކުމަށް ބަލައިލިޔަސް މި ދެންނެވި ބާގަނޑުތައް ފެންނަން އެބަ އޮތެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ކޮށްފައިވާ ބޮޑެތި ހުކުމްތަކަށް ބަލާއިރު މީހަކު ދިރިއުޅޭ ތަނަކުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެއީ އޭނާގެ އެއްޗެއްކަން ސާބިތުކޮށްދޭންޖެހެނީ ދައުލަތަށެވެ. ނަމަވެސް ކާނަލް ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ ނާޒިމްގެ އެއްޗެން ނޫންކަން ސާބިތުކޮށްދޭން ޖެހުނީ ނާޒިމަށެވެ. އެތަކެތީގައި ނާޒިމްގެ ފިންގަޕްރިންޓް ނުފެނުނު ނަމަވެސް އޭގައި ހުރީ ކާކުގެ ފިންގަޕްރިންޓެއްތޯ ބަލާކަށް ވެސް ބޭނުމެއް ނުވިއެވެ.

ނާޒިމް ހައްޔަރުކުރުމާއެކުހެން އާއިލާ އިން ތުހުމަތުގެ އިނގިލި ދިއްކުރީ އޭރު ޓުއަރިޒަމް މިނިސްޓަރަކަށް އަދި ފަހުން ނައިބު ރައީސްއަކަށް ވަޑައިގަތުމަށް ފަހު މިހާރު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަހްމަދު އަދީބަށެވެ.

ޑރ. ވަހީދު ސަރުކާރުން ފެށިގެން ނާޒިމާ އެކުގައި ކޮނޑާ ކޮނޑު ޖައްސަވައި ހިންގަވަމުން ވަޑައިގެންނެވި އަދީބު އަތެއް އެކަމުގައި އޮތްކަމަށް އޭރު ވެސް ދިޔައީ ބުނަމުންނެވެ. މިއަދު އެކަން އެވަނީ ސާބިތުވެފައެވެ. ފުލުހުން ކުރި ތަހްގީގުތަކުން އެ ފިސްތޯލައިގަ ވަނީ އަދީބުގެ އިނގިލީގެ ނިޝާންކަން ވަނީ ހާމަކޮށްފައެވެ. އަދި އެކަން ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ހުށަހެޅިއެވެ. އަދި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައި ވަނީ ރަނގަޅަށްތޯ ނިންމުމަށް ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ދައުލަތުން ވަނީ އެކަން ސުޕްރީމް ކޯޓަށް ވެސް އަންގާފައެވެ. ނަމަވެސް އެކަމަށް އެއްވެސް ރިއާޔަތްކުރުމެއް ނެތި ސުޕްރީމް ކޯޓުން ނިންމީ ހުކުމުގައި ސިއްކަ ޖެހުމަށެވެ. އެވަރުން ނިމުނީކީ ނޫނެވެ. އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ވެސް ދެކޮޅު ހެދީއެވެ. ހުރިހާ މަގެއް ބަންދުކުރީއެވެ.

ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ ކޯޓޭ ބުނެ ރައްޔިތުންގެ އަނގަމަތީގައި ޓޭޕް އެޅިޔަސް ނާޒިމްގެ މައްޗަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ރައްޔިތުންގެ ތެރެއިން ވެސް ހަމަ ގަބޫލުކުރާ ފަރާތްތަކަށް ގަބޫލުކުރަން މި ފަހަރު ދަތިވިއެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން އަދި ޚުދު އދ. ގެ ވާރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވެސް ނިންމާފައި އެވަނީ ނާޒިމް ފްރޭމްކުރެވިފައިވާ ކަމަށެވެ.

ނާޒިމް ފްރޭމްކުރެވިފައިވާކަން ނާޒިމްގެ އާއިލާ އާއި ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ ގަބޫލުކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި އަދި އދ. އިން ބުނަމުން ދަނިކޮށް އެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތުން މިހާރު އެވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ޖޫން މަހުގެ 20 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރަށް އެޑްރެސްކުރައްވައި ކުރީގެ ނައިބު ރައީސް އަދީބު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަން އަތަނުން ފެންނަންޖެހޭ ސަބަބާއި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެކަން ހިނގި ގޮތާއި އެކަމުގައި ބައިވެރިވި ފަރާތްތައް ޝަރީއަތުގައި ސާބިތުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކުށެއް ނެތް ކަމެއްގައި ނާޒިމަށް ދިން އަނިޔާއާ މެދު ދިވެހި ދައުލަތް މިއަދު ލަދުގަންނަންޖެހެއެވެ. ޝަރުއީ ދާއިރާ ލަދުގަންނަންޖެހެއެވެ. ތަހްގީގީ އިދާރާތައް ވެސް މިއަދު ލަދުގަންނަންޖެހޭނެއެވެ. އެވަރުގެ ކަމެއް ވެގެން ދިޔަ އިރު ކުޅިބަލަން ތިބި ކޮންމެ ރައްޔިތަކަށް ވެސް މިއަދު މިއީ ލަދުވެތި ދުވަހެކެވެ.

ކުށެއް ކޮށްފައިވާ ނަމަ ނާޒިމަށް ވެސް ކާސިމަށް ވިޔަސް އަދަބު ދިނުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދުވާލާއި ރޭގަނޑު ފަދައިން އެނގޭ މައްސަލައެއްގައި މީހަކު ފްރޭމްކުރުމުން ޖަލުގައި ހޭދަކުރަން ޖެހުނު ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ބަދަލު ދޭނީ ކާކު ހެއްޔެވެ؟ ނާޒިމްގެ އާއިލާގެ ކަރުނަތަކުގެ ބަދަލު ދޭނީ ކާކު ހެއްޔެވެ؟ ކިރިޔާ ވެސް ލަދުހަޔާތެއް ހުރި ނަމަ ނާޒިމްގެ މައްސަލަ އަލުން ބަލައި އެކަމުގެ އަޑީގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަދިވެސް ފެނިގެން މިދަނީ އެންމެ މީހެއްގެ ދިފާއުގައި މި ފަރާތްތައް މަރުދަންޖެހޭ ތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

09 ޖުލައި 2018
ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު