Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިކޮނޮމިކް ސްޓިމިއުލަސް ލޯން

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށައިފި

މިއީ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިސާދު ކުރިއެރުވުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލާފައިވާ ސްކީމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 06:12
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ކޮވިޑް-19ގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރައްވާފައި ވަނީ ޖޫން 17 ވަނަ ދުވަހުއެވެ. އެގޮތުން މިނިސްޓަރ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި, އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއް ކަމަށް ވިދާޅުވެފައެވެ.

ލޯން ދޫކުރުމުގެ މަސައްކަތްކުރާ ބީއެމްއެލް އިން ވަނީ ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މިލޯން ސްކީމަކީ މެއި 27 ވަނަ ދުވަހު ސަރުކާރުން އިއުލާނުކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވުނު ލޯން ސްކީމެއް ކަމަށް ބުނެފައެވެ. ބަލިމަޑުކަމާ ގުޅިގެން، މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދިހުށަހެޅޭ އިރު، މިއީ ރަހުނަކާ ނުލައި 6 އިންސައްތައިގެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭ އިރު، ގްރޭސް ޕީރިއެޑްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް ލިބޭނެއެވެ.

ޖޫން 20 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށާފައިވާއިރު، މީގެ ކުރިން ބީއެމްއެލްއިން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

01 ޖޫން 2018
ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

29 މެއި 2018
އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

22 މާރިޗު 2018
އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު