Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެޓްސެޓް ލޯން

ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއީ ގެޓްސެޓް ލޯނަށް ކުރިމަތި ލުމަށް ހުޅުވާލާ ތިންވަނަ ބުރު

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2018 | އަންގާރަ 11:16
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން "ގެޓްސެޓް"ގެ ނަމުގައި ކުރިއަށް ގެންދާ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ މިއީ ގެޓްސެޓް ލޯނަށް ކުރިމަތި ލުމަށް ހުޅުވާލާ ތިން ވަނަ ބުރު ކަމަށާއި، ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު، 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށް ކަމަށެވެ. ކޮންމެ ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމަށް ވެސް ހުށެހެޅޭނެ ކަމަށް މާހިލް ވިދާޅުވިއެވެ.

ލޯނަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުން، ޖޫން 24 އިން 28 ގެ މެންދުރު ފަހު 14:00 އަށް ކުރިއަށް ދާނެ ކަމަށާއި، ޕްރޮޕޯޒަލް ހުށަހަޅާނެ ޓެމްޕްލޭޓެއް ފޯމުގައި އެކުލެވޭނެ ކަމަށެވެ.

މާހިލް ވިދާޅުވީ ފޯމް ބަލައިގަތުން ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އިމާރާތުގެ އިތުރަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި ހިންގާ ބިޒްނަސް ސެންޓަރުތަކުން ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މާހިލް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިދެނީ ގާތްގަނޑަކަށް އެއްމަސް ރައްޔިތުންނަށް ތައްޔާރުވަން އެނގޭތޯ. ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތަށް މަޑު ކުރައްވަން ނުހައްދަވާ ވަގުތު އޮއްވާ އެޕްލިކޭޝަން ފޯމް ސަބްމިޓް ކުރައްވާ. ހުށަޅަންޖެހޭ ތަކެތި ފޯމްގައި ހުންނާނެ. ކޮންޕްލީޓް ނުވަންޏާ ފޯމް ބަލައި ނުގަންނާނެ. ވަގުތު އޮއްވާ އެކަން ކުރީމަ ރަނގަޅު ކޮށްގެން ފަހުން އައިސް އެކަން ކުރެވޭނީ" މާހިލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000ރ. އާއި 800،000 ރ. އާ ދެމެދުގެ އަދަދެކެވެ. ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކު ވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސާފައިވާއިރު، މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
29 އެޕްރީލު 2017

ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

29 އެޕްރީލު 2017
ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
09 އެޕްރީލު 2017

ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި

09 އެޕްރީލު 2017
ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު