Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

މަރުވި މީހުންގެ އަދަދު 4 މިލިއަނަށް އެރިއިރު ގިނަ ގައުމުތައް ވެކްސިނަށް ޖެހިފައި

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިވަނީ އަހަރަކަށްވުރެ ގިނަ ދުވަހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖޫން 2021 | ހޮނިހިރު 03:13
އިންޑިޔާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާ މީހުން އޭނާގެ ހަށިގަނޑު އަންދާލާތަނުގައި މަޑުކޮށްލައިގެން

އިންޑިޔާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާ މީހުން އޭނާގެ ހަށިގަނޑު އަންދާލާތަނުގައި މަޑުކޮށްލައިގެން

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 4 މިލިއަނަށް އަރާފައިވާކަމަށް ރޮއިޓަރސްގެ ޓެލީން ހާމަވެއްޖެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު ވަނީ 4 މިލިއަނަށް އަރާފައެވެ. އެހެންނަމަވެސް ގައުމުތަކުން އަންނަނީ އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބުމުގެ ދަތިކަން އިހުސާސްކުރަމުންނެވެ.

ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އެމެރިކާ އަދި އިނގިރޭސިވިލާތުގައި ދަށަށްދިޔަނަމަވެސް ގިނަ ގައުމުތަކަށް ވަނީ ވެކްސިންގެ ދަތިކަން ކުރިމަތިވެފައެވެ. އަނެއްކޮޅުން އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ގިނަ ގައުމުތަކެއްގައި ކޮވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިވަނީ އަހަރަކަށްވުރެ ގިނަ ދުވަހުންނެވެ. ނަމަވެސް އިތުރު 2 މިލިއަން މީހުން މަރުވާން ނަގާފައިވަނީ 166 ދުވަހެވެ. އެއީ ގާތްގަނޑަކަށް 5 މަސްދުވަހެވެ.

އެންމެ ގިނަ މީހުން މިބަލީގައި މަރުވެފައިވާ ފަސް ގައުމަކީ އެމެރިކާ، ބްރެޒިލް، އިންޑިޔާ، ރަޝިޔާ އަދި މެކްސިކޯއެވެ. މުޅި ދުނިޔެއިން ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ 50 އިންސައްތަ ހިއްސާކުރަނީ މި ފަސް ގައުމެވެ. އާބާދީއަށް ބަލާއިރު އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުތަކަކީ ޕެރޫ، ހަންގޭރީ، ބޮސްނިއާ އަދި ޗެކްރިޕަބްލިކެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގައި މިއަހަރުގެ މާރޗް މަހުން ފެށިގެން ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައެވެ. އެގޮތުން މުޅި ދުނިޔެއިން ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުންދާ ކޮންމެ 100 މީހަކުން 43 މީހުންނަކީ ލެޓިން އެމެރިކާ މީހެކެވެ. ފާއިތުވި ހަފުތާގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވި 9 ގައުމަކީ ލެޓިން އެމެރިކާއަށް ނިސްބަތްވާ ގައުމުތަކެވެ.

ބޮލީވިއާ، ޗިލީ އަދި އުރުގުއާއީ ފަދަ ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރިފައިވަނީ ކޮވިޑް ޖެހިފައިވާ 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނާއިގެންނެވެ. ބްރެޒިލްގެ ސައުޕައުލޯގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގެ 80 އިންސައްތައަކީ ކޮވިޑް ބަލި މީހުންނެވެ.

ކުރިއަރަމުން އަންނަ ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު މަރުވާ މީހުންގެ ހަށިތައް ވަޅުލުމަށް ނުވަތަ އަންދާލުމަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އަދި ގައުމުތަކުގެ ގަބުރުސްތާނުތައް ބޮޑު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

އިންޑިޔާ އާއި ބްރެޒިލް އަކީ ޖެހިޖެހިގެން 7 ދުވަސްވަންދެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރި ދެ ގައުމެވެ. މިހާރުވެސް އެ ދެގައުމުގައި މީހުން ވަޅުލުމާއި ހަށިތައް އަންދާލުމުގައި އަންނަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. މިހާރުވެސް މުޅި ދުނިޔޭގައި މިބަލީގައި މަރުވާ ކޮންމެ ތިން މީހަކުން އެކަކު މަރުވަނީ އިންޑިޔާގައެވެ.

ސިއްހީ މާރިހުން ދެކޭގޮތުގައި ބަލި ޖެހިގެން މަރުވާ ކަމަށް ގައުމުތަކުން ހާމަކުރަމުންދާ ރަސްމީ އަދަދުތަކަށްވުރެ އަސްލު އަދަދު މާގިނަވާނެއެވެ. ޑަބްލިޔުއެޗްއޯއިން ފާއިތުވި މަހު އަންދާޒާކޮށްފައިވާ ގޮތުގައި މަރުވާ މީހުންގެ އަދަދު އަންނާނީ އިތުރުވަމުންނެވެ.

އަނެއްކޮޅުން ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ވަނީ އިންތިހާއަށް ދަތިތައް ދިމާވެފައެވެ. އެއީ އެކަށީގެންވާ މިންވަރަށް ވެކްސިން ނެތުމުގެ ސަބަބުންނެވެ. މުއްސަނދި ގައުމުތަކަށް ވަނީ ވެކްސިން އެގައުމުތަކަށް ފޯރުކޮށްދިނުމުގެ ޕްރެޝަރ ބޮޑުވެފައެވެ.

ޖީ7 ގައުމުތަކުން ވަނީ 1 ބިލިއަން ޑޯޒް ފަގީރު ގައުމުތަކަށް ހަދިޔާކުރާނެ ކަމަށް ވައުދުވެފައެވެ. ޑަބްލިޔުއެޗްއޯއިންނާއި އދ ން ގެންދަނީ ވީއެންމެ އަވަހަކަށް ގައުމުތަކުން ވައުދުވެފައިވާ ގޮތަށް ވެކްސިން ފޯރުކޮށްދިނުމަށް އެގައުމުތަކަށް ބާރު އަޅަމުންނެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު