Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭނަށް ހަނި މޮޅެއް

ޔޫކްރޭން އޮތީ ތިންވަނައިގައި ދެ މެޗުން ތިން ޕޮއިިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖޫން 2021 | ބުރާސްފަތި 15:24
ޔޫކްރޭނާއި ނީތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫކްރޭން މޮޅުވީ 2-1 ން

ޔޫކްރޭނާއި ނީތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫކްރޭން މޮޅުވީ 2-1 ން

ޔޫރޯ 2020 މުބާރާތުގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗު ޔޫކްރޭނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔޫކްރޭންގެ ފަރާތުން މޮޅު އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ޔޫކްރޭނުން ވަނީ މެސެޑޯނިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޔޫކްރޭނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރީ ޔާމޮލެންކޯއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޔޫކްރޭނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔާމޮލެންކޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ޔަރެމްޗަކެވެ.

މެޗުގެ ދެވަނަ ހާފުގައި ނޯތު މެސެޑޯނިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޒްގިއަން އަލިއޯސްކީއެވެ. އަލިއޯސްކީ ފޮނުވާލި ޕެނަލްޓީ ޔޫކްރޭނުގެ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް، އޭނާ ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ޔޫކްރޭނަށްވެސް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ރުސްލާން މަލިނޯވްސްކީ ފޮނުވާލި ޕެނަލްޓީ ނޯތު މެސެޑޯނިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ޔޫކްރޭން އޮތީ ގްރޫޕުގެ ތިންވަނައިގައި ދެ މެޗުން ތިން ޕޮއިިންޓާއެކުއެވެ. މި ވަގުތު ތިން ޕޮއިންޓާއެކު އޮތް އަނެއް ދެ ޓީމަކީ ނެދަލެންޑްސް އާއި އޮސްޓްރިއާ އެވެ. އެ ދެ ޓީމުގެ މެޗު ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޔޫކްރޭންނޯތު މެސެޑޯނިއާ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
26 މާރިޗު 2023

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު