Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ޔޫކްރޭނާއި ނޯތު މެސެޑޯނިއާގެ ކުރިމަތިލުން

އޮސްޓްރިއާ އަތުން ނޯތު މެސެޑޯނިއާ ބަލިވީ 3-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖޫން 2021 | ބުރާސްފަތި 10:15
ނޯތު މެސެޑޯނިއާ މެޗުގެ ކުރިން ޔޫކްރޭނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ނޯތު މެސެޑޯނިއާ މެޗުގެ ކުރިން ޔޫކްރޭނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ސީގައި ހިމެނޭ ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާއިރު، މި ދެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައެވެ. އެގޮތުން ޔޫކްރޭން ކުޅުނު ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު، އޮސްޓްރިއާ އަތުން ނޯތު މެސެޑޯނިއާ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށްދިޔުމަށް މި މެޗުން ތިން ޕޮއިންޓް ހޯދުން ދެ ޓީމަށްވެސް މުހިންމެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ ބުކަރަސްޓުގެ ނެޝަނަލް އެރީނާގައެވެ.

ނޯތު މެސެޑޯނިއާ މެޗުގެ ކުރިން ޔޫކްރޭނުގެ ކޯޗު އެންޑްރީ ޝެވްޗެންކޯ ބުނީ ނެދަލެންޑްސް އަތުން ބަލިވެފައިވުމުން މި މެޗުން މޮޅުވާން ޔޫކްރޭނަށް މަޖުބޫރު ކަމަށާއި، އެހެންކަމުން މި މެޗަށް ނުކުންނާނީ އެޓޭކިން ގޭމަކަށް ވިސްނައިގެން ކަމަށެވެ. ޝެވްޗެންކޯ ބުނީ ނޯތު މެސެޑޯނިއާ މި މުބާރާތަށް އައު ނަމަވެސް، އެ ޓީމުން ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށާއި، އަދި ނޯތު މެސެޑޯނިއާއަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ޔޫކްރޭނަށް ނެތް ކަމަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންގްލޮވްސްކީ ބުނީ މި މުބާރާތުގެ ގިނަ މެޗުތަކުގައި ފުރަތަމަ ހާފު ލަނޑެއް ނުޖެހި ގިނަ ޓީމުތަކުން ނިންމާލާފައިވާ ކަމަށާއި، އެއިން ދޭހަވަނީ މެޗުތަކަށް ޓީމުތަކުން ތައްޔާރުވެފައިވާ މިންވަރު ކަމަށެވެ. އަދި އޭނާގެ ޓީމަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލަ ކަމަށާއި، ޔޫކްރޭން މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފިއްޖެނަމަ، ލަނޑު ލިބުން އެކަށީގެންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން 17:00 ގައި މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ސީ ގެ އެނަލިސްޓް އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން މުޙައްމަދު ޝާހިދު (ޝާޑު) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޔޫކްރޭންނޯތު މެސެޑޯނިއާ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
26 މާރިޗު 2023

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު