Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޔޯޑިގްރެޑެބްލް ކޮތަޅު އެތެރެކުރުން

ބަޔޯޑިގްރޭޑަބްލް ކޮތަޅުކަމަށް ބަލާނެ މިންގަނޑުތަކާއި އެތެރެކުރަން ހުއްދަދޭ އުސޫލު އާންމުކޮށްފި

އުސޫލު ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައި ވަނީ އަންގާރަ ދުވަހު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 16 ޖޫން 2021 | ބުދަ 02:48
ބަޔޯޑިގްރޭޑަބްލް ކޮތަޅު

ބަޔޯޑިގްރޭޑަބްލް ކޮތަޅު

ދިވެހިރާއްޖޭގައި ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތަކާއި، ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ގޮތުގައި ރާއްޖެއަށް ކޮތަޅު އެތެރެކުރަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދުމަށް ޓަކައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލު އެކުލަވައިލުމުގެ މަގުސަދަކީ، ކޮތަޅުގެ ތެރެއިން ބަޔޯޑިގްރޭޑަބްލް ކޮތަޅަކީ ކޮބައިކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އެފަދަ ކޮތަޅު ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކަށާއި ރާއްޖޭގައި އުފައްދަން ބޭނުންވާ ފަރާތްތަކަށް ހުއްދަދިނުމުގެ ކަންކަން އެއް އުސޫލެއްގެ ދަށުން ހަމަޖައްސައި އެގޮތުގެ މަތިން ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމެވެ.

އަލަށް އެކުލަވާލެވުނު އުސޫލުގެ ދަށުން ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓިފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ 13432:2000 EN "ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ" މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު އެ މިންގަނޑަށް ވުރެ އިތުރު ނުވާ ނަމައެވެ.

މީގެ އިތުރުން ބަޔޯޑިގްރޭޑަބްލް ކޮތަޅުގެގޮތުގައި ބެލޭނީ ގިނަވެގެން 180 ދުވަހުގެ ތެރޭގައި ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ ނުވަދިހަ އިންސައްތަ އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށް ވާނަމަ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ، އެންމެ މަދުވެގެން  ނުވަދިހަ އިންސައްތަ އަކީ އޯގަނިކް މެޓީރިއަލް ކަމުގައި ވުމާއި، ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުމާއި، ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން އިންސައްތައަށްވުރެ މަތި ނުވުން ވެސް ބަޔޯޑިގްރޭޑަބްލް ކޮތަޅުގެގޮތުގައި ބަލާނޭ މިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމަ އެހެންމެ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއް ނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން ވެސް ހިމެނެއެވެ.

އުސޫލުގައި ވާގޮތުން، ބަޔޯޑިގްރޭޑަބްލް ކޮތަޅުގެ ތެރޭގައި ހިމެނުމަށްޓަކައި ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެޑިޓިވްސްގެ ތެރޭގައި ހިމެނޭ ޕޮލިމަރސް، އޯގޭނިކް އެޑިޓިވްސް، އިންއޯގޭނިކް ފިލަރސް، ސްޓެބިލައިޒަރސް، ޕްރޮ-އޮކްސިޑަންޓްސް، ފަދަ އެޑިޓިވްސްގެ މާއްދާއަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅައިފައިވާނަމަ، އެ މާއްދާއެއް 0.1 އިންސައްތައަށް ވުރެ  ދަށްވާންޖެހެއެވެ.

ކޮތަޅުގެ ބޭރުފުށުގައި ފުރިހަމަ ވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ނެތިފަނާވުމަށް ބޭނުންވާ ޝަރުޠުތައް ލިޔެފައި ހުރުމާއި، ނެތިފަނާވުމަށް ނަގާ މުއްދަތު އަދި އުފެއްދި ތާރީޚާއި، ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަމާއި، ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯއާއި، އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރު ހުރުމެވެ.

މި އުސޫލު ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައި ވަނީ އަންގާރަ ދުވަހުގައެވެ. އުސޫލަށް އަމަލުކުރަށް ފެށުމާއެކު ބަޔޯޑިގްރޭޑަބްލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތައް 2012 މިހާރު ވަނީ އުވިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު