Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެލޫންތަކުން ޚިދުމަތްދޭން ފެށުން

ސެލޫންތަކުން ޚިދުމަތް ދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ހުއްދަދިނުމުގެ ކަންތައްތައް 48 ގަޑިއިރުތެރޭގައި ކުރިއަށް ގެންދެވޭނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 15 ޖޫން 2021 | އަންގާރަ 19:38
ސެލޫނެއްގެ ތެރެ، ޚާއްސަ އުސޫލެއްގެ ދަށުން ސެލޫންތަކުން ޚިދުމަތް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

ސެލޫނެއްގެ ތެރެ، ޚާއްސަ އުސޫލެއްގެ ދަށުން ސެލޫންތަކުން ޚިދުމަތް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ސެލޫންތަކުން ޚިދުމަތް ދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021ން ފެށިގެން ލުއިދިނުމުގެ ތެރޭގައި، މާލެ ސަރަހައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތަކުން، އެޕޮއިންޓްމަންޓު އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވަނީ ފުރުސަތު ދީފައެވެ.

އެގޮތުން އެޕޮއިންޓްމަންޓު އުސޫލުން ޚިދުމަތް ދިނުމަށް ބޭނުންވާ ބޯކޮށާތަންތަނާއި ސެލޫންތަކުން އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ތަނުގައި ޚިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ތައްޔާރުކޮށްinspection.heoc@health.gov.mvއަށް މެއިލްކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އުސޫލު ތައްޔާރު ކުރާއިރު، ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ މީހުންގެ އަދަދާއި، އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާގޮތުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.

މައުލޫމާތާއެކު ޚިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާބެހޭ ބައިން، ތަންތަނުން ހުށަހަޅާފައިވާ އުސޫލު ރިވިއުކޮށް ތަން އިންސްޕެކްޓް ކުރާނެއެވެ. މިގޮތުން ޚިދުމަތް ފަށަންވާނީ އިންސްޕެކްޝަންއަށް ފަހު ޚިދުމަތް ފެށުމަށް ހުއްދަ ދިނުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ސެލޫންތަކުން ހުށަހަޅާ އުސޫލު ރިވިއުކޮށް އިންސްޕެކްޝަންހަދައި ހުއްދަދިނުމުގެ ކަންތައްތައް 48 ގަޑިއިރުތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19އެޗްޕީއޭހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު