Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - އޭޝިއަން ކޮލިފައިން

ފިލިޕީންސާ އެއްވަރުކޮށް ރާއްޖެ ޕްލޭއޮފަށް

ޕްލޭއޮފުގައި ރާއްޖެ ކުޅެން ޖެހޭނީ ދަށް ރޭންކުގެ ޓީމަކާ

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖޫން 2021 | އަންގާރަ 17:32
ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އަންގާރަ ދުވަހުގެރޭ ފިލިޕީންސާ އެއްވަރުކޮށް، އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ރާއްޖެ ވާދަކުރަން ޖެހިއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ދުބާއީގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ރާއްޖެއިން މޮޅު އެޓޭކިން ގޭމެއް ކުޅުނުއިރު، މެޗުގެ ކުރީކޮޅު ރާއްޖެއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، މެޗުގެ 10 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފިލިޕީންސްގެ ގޯލްކީޕަރެވެ.

އެކަމަކު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިލިޕީންސްއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ގިރާލްޑޯއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ސެންޓޭ ވަނީ ލަނޑެއް ޖަހައި، ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން މޮޅުވެގެން އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އޮތް ނަމަވެސް، ރާއްޖެ ދެން ޖެހޭނީ އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފް ބުރުގައި ކުޅޭށެވެ. ޕްލޭއޮފުގައި ކުޅެން ޖެހޭނީ ރާއްޖެއަށްވުރެ ދަށް ރޭންކުގެ ޓީމަކާއެވެ.

ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ގްރޫޕް އޭގެ އެއްވަަނައިގައި މި ވަގުތު ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާއެކުއެވެ. އެ ޓީމަށް ވަނީ އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ޗައިނާއަށް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތީ އަށް މެޗުން 11 ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަށް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި އޮތީ އަށް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު