Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި އުޅޭ ވޭރިއަންޓްތައް

ޓެސްޓް ކުރަން ފޮނުވި 30 ސާމްޕަލްގެ 47 އިންސައްތަ ހިއްސާކުރަނީ ނުރައްކާތެރި 2 ވޭރިއަންޓް

20 އިންސައްތަ އަކީ އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖޫން 2021 | އަންގާރަ 18:07
ރާއްޖޭގައި ފެނިފައިވާ ވޭރިއަންޓްތައް ދައްކުވައިދޭ ގްރާފެއް

ރާއްޖޭގައި ފެނިފައިވާ ވޭރިއަންޓްތައް ދައްކުވައިދޭ ގްރާފެއް

ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓް އުޅެނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ބޭރަށް ފޮނުވި 30 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު ނުރައްކާތެރި ދެ ވޭރިއަންޓްކަމުގައިވާ އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓް އަދި އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓްގެ 47 އިންސައްތަ ކޭސް ހިމެނެއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ބައެއް ސާމްޕަލްތައް ސީކުއަންސަށް ތިން ފަހަރެއްގެ މަތިން ފޮނުވާފައިވާކަމަށެވެ. އޭގެތެރެއިން ތިން ވަނަ ފަހަރު ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިއިން ކޮންމެ ފަހަރެއްގައިވެސް ފޮނުވާފައިވަނީ 30 ސާމްޕަލްއެވެ.

Advertisement - newsAdvertisement

ސާމްޕަލްތަކުގެ ނަތީޖާ ދައްކާގޮތުން 20 އިންސައްތަ އަކީ އަލްފާ ވޭރިއަންޓެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓެވެ. އަދި އިންޑިޔާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ 27 އިންސައްތަ ވަނީ ފެނިފައެވެ.

ނަޒްލާ ވިދާޅުވީ އޭގެއިތުރަށްވެސް އެކިކަހަލަ ވޭރިއަންޓްތައް ފެނިފައިވާކަމަށެވެ. އެހެނިހެން ވޭރިއަންޓްގެ 27 އިންސައްތަ ކޭސް ފެނިފައިވެއެވެ. މީގެއިތުރުން ކޮވިޑް-19ގެ ޖެނޮމިކް ވޭރިއަންޓްތައް ކަމަށް ފާހަގަކޮށްފައިވާ އެކި ކްލޭޑްސްތައްވެސް ރާއްޖެއިން ވަނީ ފެނިފައެވެ. ނަޒްލާ ވިދާޅުވީ އެގޮތުން ފާހަގަކުރެވިފައިވާ ޖީ ކްލޭޑްސްގެ 13 އިންސައްތަ ފެނިފައިވާކަމަށެވެ.

މުޅި ދުނިޔެއަށް ބަލާލާއިރު އެންމެ ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކްލޭޑްސް އަކީ ޖީއާރެވެ. މި ކްލޭޑްސްގެ ތިނެއް އިންސައްތަ ވަނީ ރާއްޖެއިން ފެނިފައެވެ. މީގެއިތުރުން ޕެރޫ އާއި ޗިލީން ފެނިފައިވާ ސަބްލިނޭޖްގެ 13 އިންސައްތަ ކޭސްވެސް ވަނީ ރާއްޖެއިން ފެނިފައެވެ.

ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގައި ދަތުރުފަތުރުތައް ކުރިޔަށް ދިޔުމާއި ދިވެހިން ބޭރަށް ދަތުރުކުރުމާއި އަދި ރާއްޖެއަށް އެހެން މީހުން އައުމާއި މިހުރިހާ ކަމެއްގެ ތެރެއިން ދުނިޔޭގެ އެހެން ތަންތަނެކޭ އެއް ފަދައިން ރާއްޖޭގައިވެސް، އަލަށް ތައާރަފްވާ ވޭރިއަންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ފާހަގަކޮށްލެވުނު ދެ ވޭރިއަންޓްވެސް ރާއްޖޭގެ ސާމްޕަލްތަކުގެ ތެރެއިން ފެނިފައިވާކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ޑަބްލިޔުއެޗްއޯއާ ގުޅިގެން ސީކުއެންސިންއަށް ރާއްޖޭގެ ސާމްޕަލްތައް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށެވެ. އަދި މިހާރު މިފޮނުވޭ 30 ސާމްޕަލްގެ އިތުރަށް ކޮންމެ ބެޗެއްގައިވެސް ފޮނުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑްގެ ސާމްޕަލްތަކުގެ ސީކުއަންސް ކޮށްގެން ވައިރަސް މިޔުޓޭޓް ވަމުންދާ މިންވަރު ދެނެގަނެވޭނެއެވެ. ވައިރަސްގެ ޖެނޯމް ސީކުއެންސިންގ އަކީ ވައިރަސް ބަދަލުވަމުންދާ ގޮތް ދެނެގަތުމަށްޓަކައި ކުރާކަމެކެވެ. އެކަމުގެ ސަބަބުން ކޮވިޑް-19 ފެތުރެމުންދާ ގޮތް ދެނެގަތުމަށް ފަސޭހަވެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަންނަނީ މިދިރާސާ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އަދި ގައުމުތަކުން ސީކުއަންސް ކުރާ ސާމްޕަލްތައް ފެންނާނެ ގޮތް ވަނީ ހަދާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ އޭޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ގޯސްވެފައެވެ. އަދި މެއި މަހު ވަނީ މިހާތަނަށް އެންމެ ގިނަ ކޭސް ފެނިގެން ރިޕޯޓްކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކޮށްފައިވަނީ ނިމިގެންދިޔަ މެއި މަހުއެވެ. މެއި މަސް ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 88 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19ކޮވިޑް ވޭރިއަންޓް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު