Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޝިކްގެ ދެ ލަނޑާއެކު ޗެކް ރިޕަބްލިކަށް މޮޅެއް

ޝިކް ދެވަނަ ލަނޑު ޖެހީ މެދު ރޮނގާ ހަމައިން ފޮނުވާލި ހަމަލާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖޫން 2021 | ހޯމަ 15:12
ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެކް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެކް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ޑީ ގެ ދެވަނަ މެޗުގައި ސްކޮޓްލެންޑް އަތުން ޗެކް ރިޕަބްލިކް މޮޅުވެއްޖެއެވެ.

ހޯމަ ދުވަހު ސްކޮޓްލެންޑުގެ ގްލާސްގޯގައި ހުންނަ ހެމްޕްޑެން ސްޓޭޑިއަމުގައި ކުޅުނު މެޗުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 15 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުގެ ޕެޓްރިކް ޝިކްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްކޮޓްލެންޑްގެ ގޯލްކީޕަރު ޑޭވިޑް މާޝަލްއެވެ. އަދި އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ސްކޮޓްލެންޑުގެ ލިންޑޮން ޑައިކްސްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި ޗެކް ރިޕަބްލިކުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިކްއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޝިކް ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދަނޑުގެ މެދު ރޮނގާ ހަމައިން ފޮނުވާލި ހަމަލާއަކުންނެވެ.

މި ލަނޑަށްފަހުވެސް ޗެކް ރިޕަބްލިކުން ވަނީ ސްކޮޓްލެންޑުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި ހަމަލާތަކުގެ ހުރަހަކަށްވީ ސްކޮޓްލެންޑް ގޯލްކީޕަރު ޑޭވިޑް މާޝަލްއެވެ.

ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް މޮޅުވިއިރު، އެ ގައުމުން ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ޗެކް ރިޕަބްލިކް ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ސްކޮޓްލެންޑްޗެކް ރިޕަބްލިކް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު