Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ރައީސާއި، އުއްތަމަ ފަޑިޔާރަށް ގެއެއް

މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ދައުލަތުން ހަމަޖެއްސުމަށް ކޮމިޓީން ފާސްކޮށްފި

ގެއެއް ކަމަށް ބަޔާންކޮށްފި ނަމަ، ވަކިން ހުންނަންޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުސަތު އޮންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 01:48
241 ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

241 ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަޑިޔާރު ދިރިއުޅޭނެ ތަނެއް ދައުލަތުން ހަމަޖެއްސުމަށް ކޮމިޓީން ފާސްކޮށްފިއެވެ.

ބިލު ދިރާސާކުރި ސަބް ކޮމިޓީން ގެނައި އިސްލާހުތަކާއެކު އާދީއްތަ ދުވަހުގެރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ގެއެއް ހަމަ ޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމިޓީން ނިންމީ އެ ބިލް ހުށަހެޅި ގޮތަށް އެ ދެ ބޭފުޅުން ދިރިއުޅުއްވާނެ ވަކި ތަނެއް ހަމަޖެއްސުމަށެވެ.

ވަކިވަކިން ހުށަހެޅުއްވި މި ދެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލެވިފައެވެ. ސަބް ކޮމިޓީން އާދީއްތަ ދުވަހު ވަނީ އެ ދެ ބިލަށް ބައެއް ކުދި ކުދި އިސްލާހުތައް ގެނެސްފައެވެ. އެގޮތުން، އެ ދެ ބިލުގައި ބަޔާން ކޮށްފައިވާ ގެއެއް ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ އިބާރާތްވަނީ، ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާ ތަނެއް ފޯރުކޮށްދޭންޖެހެނޭ މި ގޮތަށް އިސްލާހުކޮށްފައެވެ.

ސަބް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ގެއެއް ކަމަށް ބަޔާންކޮށްފި ނަމަ، ވަކިން ހުންނަންޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ދެބޭފުޅުން ދިރިއުޅުއްވާ ތަނަށް ސެކިއުރިޓީ ހަމަޖައްސަން ޖެހޭނީ އެމްއެންޑީއެފުން ކަމަށް އިސްލާހުގައި ވެއެެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ތަނަށް މުވައްޒަފުން ހަަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ތަނަށް މުވައްޒަފުން ހަމަޖައްސަން ޖެހޭނީ، ސުޕްރީމް ކޯޓުން ކަމަށް ބަޔާން ކޮށްފައިވެއެވެ.

މި ދެބޭފުޅުންގެ އާއިލާގެ ގޮތުގައި ބެލެވޭނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ސަބް ކޮމިޓީން ގެނައި އިސްލާހުގައިވެއެވެ.

އުއްތަމަފަނޑިޔާރު ދިރިއުޅުމަށްޓަކައި ޚާއްސަކުރެވޭ ވަކި ގެއެއް ދައުލަތުން ހަމަޖައްސައި ދިނުމަށާއި އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށްޓަކައި ޚާއްސަކުރެވޭ ވަކި ގެއެއް ދައުލަތުން ހަމަޖައްސައި ދިނުމަށާއި، މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.

ރައްޔިތުންގެ މަޖިލިސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީމަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު