Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ނެދަލެންޑްސްއިން ފަހު ވަގުތު ޔޫކްރޭން ބަލިކޮށްފި

ނެދަލެންޑްސް މޮޅުވީ ފަހު ވަގުތު ޑަމްފްރީސް ޖެހި ލަނޑުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖޫން 2021 | އާދީއްތަ 21:17
ނެދަލެންޑްސް އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނެދަލެންޑްސް މޮޅުވީ 3-2 ން

ނެދަލެންޑްސް އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނެދަލެންޑްސް މޮޅުވީ 3-2 ން

ޔޫރޯ 2020 ގެ ގްރޫޕް ސީ ގެ ދެވަނަ މެޗުގައި ފަހު ވަގުތު ޔޫކްރޭން އަތުން ނެދަލޭންޑްސް މޮޅުވެއްޖެއެވެ.

އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަވަނަ މިނެޓުގައި ނެދަލެންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ޔޫކްރޭނުގެ އަންދްރޭ ޔާމޮލެންކޯއަށްވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ވަނީ ޖުމްލަ ފަސް ލަނޑު ފެނިގެންގޮސްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ވައިނަލްޑަމް ނެދަލެންޑްސްއަށް ލީޑު ނަގައިދިންއިރު، އޭގެ ހަ މިނެޓު ފަހުން ވައުޓް ވެހޯސްޓް ވަނީ އެ ގައުމަށް ލީޑު ފުޅާކޮށްދީފައެވެ.

އެއާއެކު ޔޫކްރޭންއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ޔޫކްރޭނުން ފަރަގު ކުޑަކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ ޔާމޮލެންކޯއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޔޫކްރޭނަށް ނަތީޖާ އެއްވަރުކޮށްދިނީ ރޯމަން ޔަރެމްޗަކެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ވަނީ ލަނޑެއް ޖަހައި، މި މެޗުން ނެދަލެންޑްސް މޮޅު ކޮށްދީފައެވެ.

ގްރޫޕް ސީ ގައި ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް މޮޅުވިއިރު، މި ގްރޫޕުގެ ކުރީގައި އޮތީ ނެދަލެންޑްސް އަދި އޮސްޓްރިއާއެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ނެދަލެންޑްސްޔޫކްރޭން

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
26 މާރިޗު 2023

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު