Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

ދެވަނަ ޑޯޒް ޖެހުން 6 މަހަށްވުރެ ލަސްވިޔަސް އަލުން ފަށަންޖެހުން ވަރަށް ނާދިރު – ޑރ. ފައިޞަލް

ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހަމައެކަނި ފިޔަވަޅަކީ ވެކްސިން ކަމަށް ދެކިގެން ނުވާނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 13 ޖޫން 2021 | އާދީއްތަ 17:31
ޑރ ފައިޞަލް

ޑރ ފައިޞަލް

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 6 މަސް ވެގެން ދިޔަ ނަމަވެސް އަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ފަށަން ޖެހުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޑރ.އަޙުމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ.ފައިޞަލް ވިދާޅުވީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުމަށްފަހު ހަމަސްވުމުން، ވެކްސިން އަލުން ފަށަން ޖެހުމާމެދު މާ ގިނަ ދިރާސާތަކެއް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އެހެން ބަލިތަކަށް އުފައްދާފައިވާ ވެކްސިންތަކާ ބެހޭގޮތުން ހެދިފައިވާ ދިރާސާތަކަށް ބަލާއިރު އަލުން ބަލުން ވެކްސިން ޖަހަން ފެށުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.  

ހަ މަސް ވުމަށްފަހު އަލުން ވެކްސިން ފެށުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، މިހާރު އަލަށް ފެންނަ ވޭރިއެންޓްތަކުގައި ނުރައްކާތެރި ކަންތައްތައް ތަކެއް ފާހަގަކުރެވިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ފައިޞަލް ވިދާޅުވީ، ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހަމައެކަނި ފިޔަވަޅަކީ ވެކްސިން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ރާއްޖެއާއި މުޅި ދުނިޔޭގައި ވެސް ވެކްސިން ޖެހުނު އާބާދީ ނިސްބަތުން މަދު ކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭކަމަށެވެ.

ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އޭރު ކަނޑައަޅާފައިވާގޮތުން ދެވަނަ ޑޯޒު ޖަހަން ޖެހެނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 4 ހަފުތާ އާއި 8 ހަފުތާއާ ދެމެދުގައެވެ. ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހަންފެށީ މާޗުމަހުއެވެ.

ނަމަވެސް ވެކްސިން ހުސްވާން ގާތްވެފައިވާތީ، މެއިމަހުގެ ތެރޭ ދެވަނަ ޑޯޒު ދިނުން ހުއްޓާލައި ވަކި އުސޫލެއްގެ ތެރެއިން ނޫނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ނުޖަހާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. ދެވަނަ ޑޯޒް ހުއްޓާލިއިރު ފުރަތަމަ ޑޯޒް ޖަހާފައިވާ ލައްކައެއްކާ މީހުން ތިއްބެވެ.

ވެކްސިން ލިބުން ދަތިވެފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ލަފާގައި ވާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒު ޖެހެއެވެ. އެހެންކަމުން ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވެސް ވަނީ ހަމަސް ތެރޭގައި ކޮވިޝީލް ވެކްސިން ޖެހޭ ގޮތަށް ކަނޑައަޅާފައެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު