Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކުގެ ކުރިމަތިލުން

މި ދެ ގައުމު ވަނީ މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖޫން 2021 | ހޯމަ 10:15
ޗެކް ރިޕަބްލިކް މެޗުގެ ކުރިން ސްކޮޓްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޗެކް ރިޕަބްލިކް މެޗުގެ ކުރިން ސްކޮޓްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގެ މެޗުތައް އާދީއްތަ ދުވަހު ފެށިއިރު، މި ގްރޫޕުގައި ހިމެނޭ ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކުގެ ކުރިމަތިލުން އޮންނާނީ ހޯމަ ދުވަހުގެ ހަވީރުއެވެ. މި މެޗު ކުޅޭނީ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައެވެ.

ޔޫރޯގައި ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް ބައްދަލުކުރާއިރު، މީގެ ކުރިން މި ދެ ގައުމު ވަނީ ހަތް ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މެޗުން ސްކޮޓްލެންޑް މޮޅުވިއިރު، ޗެކް ރިޕަބްލިކް މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސްކޮޓްލެންޑުގެ ކޯޗު ގްރެގޯ ޓައުންޒެންޑް ބުނީ މި ފަހަރުގެ ޔޫރޯއަށް ސްކޮޑްލެންޑުން ނުކުންނަނީ ވަކި އަމާޒެއް އޮވެގެން ކަމަށާއި، އެހެންކަމުން އެ އަމާޒަށް ވާސިލުވުމަށް ފުރަތަމަ މެޗުން މޮޅުވުން މުހިންމު ކަމަށެވެ. އަދި މިހާރު ސްކޮޓްލެންޑުގައި މިއޮތް ސްކޮޑާއެކު ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ ހަމަހަމަ ގައުމުތަކަކަށް ވުމުން، އޭގެ ފައިދާ ނެގޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ޓައުންޒެންޑް ބުންޏެވެ.

ޗެކް ރިޕަބްލިކުގެ ކޯޗު ޔާރޯސާވް ސްވަސްކީ ބުނީ މި މެޗަށް ނުކުންނައިރު މިއީ ޕްރެޝަރު މެޗެއްކަން ދަންނަން ޖެހޭ ކަމަށާއި، ހާއްސަކޮށް މިއީ ޔޫރޯގައި އޭނާގެ ޓީމުން ކުޅޭ ފުރަތަމަ މެޗުކަމަށް ވުމާއެކު ޕްރެޝަރު ބޮޑު ކަމަށެވެ. އެކަމަކު ޔޫރޯއަށް ޓީމުން ވާންޖެހޭ ތައްޔާރީތައް ވަރަށް ރަނގަޅަށް ވެފައިވާ ކަމަށް ސްވަސްކީ ބުންޏެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ޑީ ގެ އެނަލިސްޓް މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.

ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ސްކޮޓްލެންޑްޗެކް ރިޕަބްލިކް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު