Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ނެދަލެންޑްސް އާއި ޔޫކްރޭނުގެ ކުރިމަތިލުން

މި ދެ ގައުމު މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރު

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖޫން 2021 | އާދީއްތަ 10:29
ޔޫކްރޭން މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫކްރޭން މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު ގްރޫޕް ސީ ގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ދެކެމުން އަންނަ ނެދަލެންޑްސް އާއި ޔޫކްރޭން އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައެވެ.

ޔޫރޯގައި ނެދަލެންޑްސް އާއި ޔޫކްރޭން ބައްދަލުކުރާއިރު، މި ދެ ގައުމު މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރެވެ. އޭގެ ތެރެއިން އެއް މެޗުން ނެދަލެންޑްސް މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނީ މި މެޗަށް ނުކުންނައިރު ޔޫކްރޭން ޓީމު ފަސޭހަކޮށް ނުނަގާނެ ކަމަށާއި، ގްރޫޕް ސީ ގައި ހިމެނޭ ޓީމުތަކަކީ ހަމަހަމަ ޓީމުތަކެއް ކަމަށެވެ. އަދި އުއްމީދަކީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދިޔުން ކަމަށް އޭނާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ނެދަލެންޑްސްއަށް އޮތް އެންމެ ބޮޑު ހާސްކަމަކީ ޒުވާން ޑިފެންޑަރު މަތައިސް ޑި ލީޓް މެޗަށް ފިޓް ނުވުން ކަމަށެވެ. އެކަމަކު މެޗުގެ ވަކި ހިސާބަކުން އޭނާ ފެނިދާނެ ކަމުގެ އިޝާރާތެއް ކޯޗު ވަނީ ދީފައެވެ.

ޔޫކްރޭނުގެ ކޯޗު އެންޑްރީ ޝެވްޗެންކޯ ބުނީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގައި ކުޅޭނެ އެންމެ އުނދަގޫ އަދި އެންމެ މުހިންމު މެޗު ކަމަށެވެ. އަދި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭއިރު އެ ޓީމަށް އިހުތިރާމުކުރާ ކަމަށާއި، ނެދަލެންޑްސްއަކީ ޔޫރަޕުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި މެޗުގައި ވިސްނާނީ ޔޫކްރޭނުގެ ކުޅުންތެރިންގެ ފަރާތުން ހެދޭ ގޯސްތައް މަދުކުރުމަށް ކަމަށްވެސް ޝެވްޗެންކޯ ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ސީ ގެ އެނަލިސްޓު އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.

ނެދަލެންޑްސް އާއި ޔޫކްރޭނުގެ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ނެދަލެންޑްސްޔޫކްރޭން

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
26 މާރިޗު 2023

ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް

26 މާރިޗު 2023
ޔޫކްރެއިނުގެ ޓީމު އިންގްލޭންޑަށް ދިއުމަށް 8 ދުވަސް، 450 މޭލުގެ ދަތުރެއް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު