Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ ދެބަސްވުން

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިކޮށް، ބައްސާކަށް ނުޖެހޭ: މެންބަރު އަލީ ހުސައިން

ޖަވާބުދާރީ ކުރުވަންތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 07:05
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން،

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން،

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިކޮށް، ބައްސާކަށް ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައި މި ވަނީ ވެރިކަމުގެ ދެބާރެއް އޮތީ އެމްޑީޕީގެ ތެރޭގައި ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ މަސައްކަތް ވެސް ދެބައި ވެފައިވާ މޭރުމަކުން މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދެއްކެވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަވަން އުޅުއްވުމުން ކަމަށެވެ. މެމްބަރު ހަސަން ލަތީފް ވިދާޅުވީ މަސައްކަތްތައް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުންނުވުމުން ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށުމުން ކަމަށާއި ސަރުކާރާއި ޕާޓީގެ ގުޅުން ވެސް ހީނަރުކޮށްލުމުން ކަމަށެވެ.

މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި މެމްބަރު އަލީ ހުސެއިން ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސާ ހަދާކަށްނުޖެހޭ ކަމަށާއި، ސަރުކާރު ޒިިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަންތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަ ބޮޑުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށްދާ އިންކުއަރީއިން ވަނީ މިކަންތައްތައް ހާމަވެފައެވެ. އެގޮތުން ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައީސް ޞާލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ ރާއްޖޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވެގެން ނުވާނެފަދަ ބިރުވެރިކަމެއް ކަމަަށާއި، ހަމަލާދިން ބަޔަކާއި މިކަމުގެ ފަހަތުގައި ފޮރުވިގެން ފިލާ ތިބި ބައެއް ހޯދާ އެކަމުން ގައުމު ސަލާމަތްކުރަން ޖެހޭކަމަަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހުގެ ސަޕޯޓަރުންނާއި ނަޝީދުގެ ސަޕޯޓަރުން ދަނީ ބަހުގެ ހަމަލާތައް ދެމުންދާއިރު، ބައެއް ސަޕޯޓަރުން ދަނީ ޕާޓީގެ ލިޑަރޝިޕް އެއްބައިވުމަށް ގޮވާލާފައެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އިންސާފު ލިބުމުގައި ލަސްވެގެންދާ ކަމަށް ބުނެ، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއ ވެސް ގޮވާލާފައިވެއެވެ.

މަޖިލިސްއަލީ ހުސެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

25 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު