Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19ގައި އިތުރު މީހަކު ނިޔާވުން

ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 197ށް

މި މީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުން ދިޔަ މީހެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 05:06
ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. މި މީހާ ނިޔާވީ އާދިއްތަ ދުވަހުގެ ފަތިހު 04:47 ހާއިރުއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 197 ވަނަ މީހާއެވެ.

ހޮނިހިރު ދުވަހު ވެސް މި ބަލީގައި ހަތަރު މީހުން ވަނީ ނިޔާވެފައެވެ. ހޮނިހިރު ދުވަހު ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެހި ފިރިހެނަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 25 އަހަރުގެ އަންހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 84 އަހަރުގެ އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 63 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މެއި މަހުގައެވެ. ރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު ނިޔާވިއެވެ. ހަމައެކަނި މެއި މަހު ކޮވިޑް ބަލީގައި 88 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ރޭޓް މަތިވެފައިވާއިރު، ކޭސްތައް ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އަޙުމަދު ޝަހީދު ވިދާޅުވީ މިހާރު ހެދިފައިވާ އެނަލިސިސްތައް ދައްކާގޮތުން އޭޕްރީލް މަހުގެ 28ން ފަށައިގެން ޖޫން މަހުގެ 5އާ ހަމައަށް 111 މީހުން ނިޔާވެފައިވާ ކަމަށެވެ.

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 80 އަހަރުން މަތީގެ 30 މީހުން ނިޔާވެފައިވާ ކަމަށާއި، 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހުން ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވި 60 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ނިޔާވި 30 އިންސައްތަ މީހުންނަކީ އުމުރުން 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށާއި، 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ޒުވާނުންގެ ނިސްބަތް ގިނަކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ކުރިއާ ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި ބަލީގައި ޒުވާނުންވެސް ދަނީ މިހާރު ނިޔާވަމުންނެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު