Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - އިންގްލެންޑާއި ކްރޮއޭޝިއާގެ ކުރިމަތިލުން

މި ދެ ގައުމު މިހާތަނަށް ވަނީ 10 ފަހަރެއްގެ މަތިން ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖޫން 2021 | އާދީއްތަ 09:58
ކްރޮއޭޝިއާ މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ކްރޮއޭޝިއާ މެޗުގެ ކުރިން އިންގްލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ޑީގެ މެޗުތައް އާދީއްތަ ދުވަހު ފަށާއިރު، އެ ގްރޫޕުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. މި މެޗު ކުޅޭނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.

ޔޫރޯގައި އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، މި ދެ ގައުމު މިހާތަނަށް ވަނީ 10 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ފަސް މެޗުން އިންގްލެންޑް މޮޅުވެފައިވާއިރު، ކްރޮއޭޝިއާ މޮޅުވީ ތިން މެޗުންނެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މެޗަށް އިންގްލެންޑުން ނުކުންނައިރު، އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ފޯމުގައި އޮތުން ކަމަށާއި، އެގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފައިވުމަކީ އިތް ހިތްހަމަޖެހުމެއް ކަމަށް އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ބުނެފައެވެ.

ސައުތުގޭޓް އިތުރަށް ބުނީ މެޗަށް ނުކުންނައިރު މީގެ ކުރީގެ ނަތީޖާތަކަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށާއި، އެގޮތުން ކޮންމެ މެޗަކުންވެސް ތާރީޚު ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެންމެ ފަހުން ކްރޮއޭޝިއާއާ ދެކޮޅަށް ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި ކަމުގައިވީ ނަމަވެސް، އެ މެޗަކީ އިންގްލެންޑަށް އުނދަގޫތަކެއް ދިމާވި މެޗެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ކްރޮއޭޝިއާއާ ބެހޭ ގޮތުން ސައުތުގޭޓް ބުނީ އެ ގައުމުގެ މިޑްފީލްޑް ލައިނާއި ފޯވާޑުންނަކީ ތަފާތު ހުނަރުވެރި ބައެއް ކަމަށާއި، އެގޮތުން ކިތަންމެ ވަރުގަދަ ޑިފެންސްލައިނެއްވެސް ފޫއަޅުވާލުމުގެ ފެންވަރު އެ ޓީމުގައި އެބަހުރި ކަމަށެވެ.

އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމު ކްރޮއޭޝިއާގެ ކޯޗު ޒެލާޓްކޯ ޑަލިކް ބުނީ މި މެޗަށް ނުކުންނައިރު ކްރޮއޭޝިއާގެ ޓީމު ބަދަލުވެފައިވާ ކަމަށާއި، އެގޮތުން އައު ކުޅުންތެރިން ސްކޮޑުގައި ގިނަ ކަމުގައިވިޔަސް، ތަޖުރިބާކާރު ކުޅުންތެރިން ސްކޮޑުގައި ތިބުމުން ތަފާތު ނުފެންނާނެ ކަމަށެވެ. ޑަލިކް އިތުރަށް ބުނީ ކްރޮއޭޝިއާއަކީ މޮޑްރިޗަށް ބިނާވެގެން ކުޅޭނެ ޓީމެއް ނޫން ކަމަށާއި، އެކަމަކު މޮޑްރިޗަކީ ޓީމުގެ މައި ތަނބު ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ޑީ ގެ އެނަލިސްޓު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްވެސް ބައިވެރިވާނެއެވެ.

އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 18:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020އިންގްލެންޑްކްރޮއޭޝިއާ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު