Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޑަމް ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވުން

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިދިޔަ އަހަރުގެ އޮގަސްޓްމަހު ރައީސް މައުމޫން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖޫން 2021 | ހޮނިހިރު 04:11
ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ

ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމްއާރުއެމް)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހުކުރު ދުވަހު ގައި ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅުކަމަށާއި ހުންނެވީ ގޭގައި ކަމަށް އަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވިއިރު މިދިޔަ އަހަރުގެ އޮގަސްޓްމަހު ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއިން ވަނީ ފަރުވާ ހޯއްދަވާފައެވެ.

ރައީސް މައުމޫން ގެންދަވަނީ ކޮވިޑަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުންނާއި ވެކްސިން ޖެހުމަށް ބާރުއަޅުއްވާ ޓްވީޓްތައް ކުރައްވަމުންނެވެ. އަދި ފިޔަވަޅުތަކަށް މާބޮޑު ދޫދޭ ދަނޑިވަޅުތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މެއި މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މެއި މަސް ނިމެންދެން ކަހަލަ ގޮތަކަށް ދުވާލެއްގެ މައްޗަށް ހާހުންމަތިން ދިޔައީ ކޮވިޑް ކޭސްތައް ރިޕޯޓްކުރަމުންނެވެ. ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު މިހާރު ވަނީ ނަންބަރުތައް ދަށަށްދާން ފަށާފައެވެ. އެގޮތުން ޖޫން މަސް ފެށިގެން މިހާތަނަށް އައިއިރު ޖޫން މަހުގެ ފުރަތަމަ ދެދުވަހު ހަތްސަތޭކައިން ރިޕޯޓްކުރުމަށްފަހު އޭގެފަހުން ހުރިހާ ދުވަހަކުވެސް ކޭސްތައް ރިޕޯޓްކުރަމުން އަންނަނީ ހަތްސަތޭކައިން ދަށުންނެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު