Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ނިޒާމު

މި ފަސް އަހަރުގެ ތެރޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމު: ބިގޭ

ރައްޔިތުން ބޭނުންވާ ތަސައްވުރު ތަންފީޒު ކުރެވިގެންދާނީ ރިޔާސީ ނިޒާމުގެ ތެރެއިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 09:02
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން،

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން،

މި ފަސް އަހަރުގެ ތެރޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމު ކަމަށާއި، މި ނިޒާމުގެ ތެރެއިން ސަރުކާރު ހިންގުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ ފަސް އަހަރުގެ ވެރިކަމަށް ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބު ކޮށްފައިވާ ކަމަށެވެ. ބިގޭ ވިދާޅުވީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ތަސައްވުރު ތަންފީޒު ކުރެވިގެންދާނީ ރިޔާސީ ނިޒާމުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

ބިގޭ ވިދާޅުވީ މި ފަސް އަހަރު ކުރިއަށްދާން ޖެހޭނީ ރިޔާސީ ނިޒާމުގެ ތެރެއިން ކަމަށާއި، ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުންނާއި، އެމްޑީޕީގެ ތެރެއިން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ބިގޭ ދެއްވިއެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ވެސް ރައްޔިތުންނަށް ވައުދުތަކެއް ވެފައިވާއިރު، މިކަންކަން ތަންފީޒު ކުރެވިގެންދާނީ އެއްބާރުލުންދީގެން ކަމަށެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ މިވަގުތު ތާއީދުކުރަނީ ރިޔާސީ ނިޒާމަށް ކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ދާކަމަށްވާ ނަމަ ވަރަށް ގިނަ ގޮތްތަކަށް ވިސްނާނެ ކަމަށެވެ. އެގޮތުން ބަރުލަމާނީ ނިޒާމުގައި ލިބޭ ފައިދާއާއި ރިޔާސީ ނިޒާމުގައި ލިބޭ ފައިދާ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބިގޭ ވިދާޅުވީ ރާއްޖެއަށް ކަމުދަނީ ކޮން ނިޒާމެއްތޯ ކަނޑައެޅުމުގައި ވަގުތާއި ހާލަތަށް ބަލަން ޖެހޭ ކަމަށާއި، މިހާރުގެ ހާލަތުގައި ބޮޑަށް ފައިދާކުރާނީ ރިޔާސީ ނިޒާމުގައި ކަމަށެވެ.

ބިގޭ ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި މިނިސްޓަރުންނަށް ތިއްބަވާނީ ރައްޔިތުން މަޖިލިސް މެމްބަރުން ކަމަށެވެ. ނަމަވެސް މަޖިލިސް މިއީ މިހާރު މިނިސްޓަރުން ޖަވާބުދާރީ ކުރަން އޮންނަ ފަރާތްކަމަށެވެ. އަދި ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތަޖުރިބާއަށް ބެލުމަށްފަހު ކަންކަން ނިންމަން ޖެހޭ ކަމަށެވެ.

ފަށާއިރުރިޔާސީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު