Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއޯސީގެ އިންތިޚާބު

އެމްއޯސީގެ އިންތިޚާބުން އައްޔަ ވަކިވެއްޖެ

ރައީސްގެ މަގާމަށް ދެން ވާދަކުރައްވާނީ މޫސަ އާއި ޗަމްޕީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖޫން 2021 | ބުދަ 19:06
އެފްއޭއެމުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު (އައްޔަ)

އެފްއޭއެމުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު (އައްޔަ)

ކުރިއަށް އޮތް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އިންތިޚާބުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު (އައްޔަ) ނަން ނަންގަވައިފިއެވެ.

އެމްއޯސީގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ. އެ ކޮމިޓީން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބުން އައްޔަ ނަން ނެންގެވިކަން ހާމަކޮށްފައެވެ. އެމްއޯސީގެ އިންތިޚާބުން އައްޔަ ވަކިވިއިރު، އެ އިންތިޚާބުގައި އޭނާ ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައެވެ. އެކަމަކު ނަން ނެންގެވުމާއެކު، އެ މަގާމަށްވެސް އައްޔަ ވާދަނުކުރައްވާނެއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު ބާއްވާ އިންތިޚާބުގައި ރައީސްގެ މަގާމަށް ދެން ވާދަކުރައްވާނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް މޫސާ ނާޝިދު (މޫސަ) އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

އަދި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާނީ މޫސަގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާޢީލާއި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލުގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލެވެ. މީގެ ތެރެއިން ފައިސަލް ކުރިމަތިލެއްވީ ނޮން-އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައެވެ.

ބުރާސްފަތި ދުވަހު އެމްއޯސީގެ އިންތިޚާބު ބާއްވާއިރު، އެ ކޮމިޓީން މި ފަހަރު މެންބަރުން އިންތިޚާބުކުރަނީ މި އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މި ފަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް މޫސަ އާއި ޗަމްޕީ ވާދަކުރައްވާއިރު، މިދިޔަ ދެ ދައުރުގައި އެ ކޮމިޓީގެ ރައީސްގެ މަގާމު ފުރުއްވި މުޙައްމަދު ޝަވީދު ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަލީ އުމަރު (އައްޔަ)

އިތުރަށް ކިޔާލަން

29 ޖޫން 2025

އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި

29 ޖޫން 2025
އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
14 އޮކްޓޯބަރު 2022

އަލީ އުމަރު، ރާއްޖެ ދުށް އެންމެ ސްޓައިލިޝް ފޯވަޑު

14 އޮކްޓޯބަރު 2022
އަލީ އުމަރު، ރާއްޖެ ދުށް އެންމެ ސްޓައިލިޝް ފޯވަޑު
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
29 ޖުލައި 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް
26 ޖުލައި 2022

ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް، އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން: ޖުމާނާ އަދި ޒަޔާން

26 ޖުލައި 2022
ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް، އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން: ޖުމާނާ އަދި ޒަޔާން
26 ޖުލައި 2022

ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޖުމާނާ އާއި ޒަޔާނަށް

26 ޖުލައި 2022
ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޖުމާނާ އާއި ޒަޔާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު