Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއީއޯސީ ކޯލް ސެންޓަރ

ލަސްވީ އެމްބިއުލާންސްއެއް ނޫން، އެމްބިއުލާންސް ޓްރިގަރކުރުން- މިނިސްޓަރ

މިޝްކާގެ ކޭސްގެ ތެރެއިން ވަރަށް ގިނަ ލޫޕް ހޯލްތައް ފާހަގަވެފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 14:30
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ ކޭސްގައި ލަސްވީ އެމްބިއުލާންސް ދިއުން ނޫން ކަމަށާއި، އެމްބިއުލާންސްއާ ހަމައަށް ބަލިމީހާގެ މެސެޖު ފޯރުން ކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮވިޑް-19އާ ގުޅިގެން ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އެތެރޭގެ ޕްރޮސެސްތަކަށް ގެނެސްފައިވާ ބައެއް ބަދަލުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޝްކާގެ ކޭސްގެ ތެރެއިން ވަރަށް ގިނަ ލޫޕް ހޯލްތައް ފާހަގަވެފައިވާ ކަމަށެވެ. އެއީ މިކަމުގެ ތެރޭގައި ގިނަ ދުވަސްވެގެން ގޮސްފައިވާތީ މޮނިޓަރ ކުރަން ތިބި ފަރާތްތަކަށް ރަނގަޅަށް ނުބެލުމުގެ ސަބަބުން ދިމާވި ކަންތައްތަކަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޫޕް ހޯލްތައް ފިލްކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަލި މީހަކު އެމަޖަންސީ ހާލަތުގައި ގުޅާ ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގަރ ކުރުމާ ދެމެދު ހުރި އެކި މަރުހަލާތައް މަދުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޖޫން ދެވަނަ ދުވަހުގެ ރޭ ނިޔާވި މިޝްކާގެ ކޭސްގައި ވެސް ލަސްވީ އެމްބިއުލާންސް ދިއުން ނޫން ކަމަށެވެ. އެގޮތުން އެމްބިއުލާންސް އާ ހަމައަށް ބަލި މީހާގެ މެސެޖު ދިޔަތާ 10 މިނެޓު ތެރޭގައި އެމްބިއުލާންސް އެތަނަށް ދިޔަ ކަމަށާއި ލަސްވީ އެމްބިއުލާންސްއާ ހަމައަށް އެ މެސެޖު އައުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ކޭސްއަށް ފަހު ކޯލް ސެންޓަރުގެ ވަރަށް ގިނަ ކަންކަމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ އެމްބިއުލާންސް ޓްރިގަރ ކުރުން ކަމަށާއި، މިހާރު ބަލި މީހަކު ގުޅައިފި ނަމަ އެމްބިއުލާންސް ދަންދެން މޮނިޓަރ ކުރެވޭނެ އުސޫލު ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޑޮކްޓަރަކަށް ގުޅިނަމަވެސް ރަނގަޅަށް މޮނިޓަރ ކުރެވޭނެ އުސޫލު ގާއިމްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، އަދިވެސް އެކަންކަން ރަނގަޅުުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޝްކާގެ ކޭސް ރިވިއު ކުރުމަށް ފަހު ހެލްތު މިނިސްޓްރީން ރިޕޯޓެއް އާންމުކޮށްފައިވާއިރު، އެ ރިޕޯޓުންވެސް އެނގޭ ގޮތުގައި އެމްބިއުލާންސް ގޮސްފައި ވަނީ ގުޅިތާ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވީ ފަހުންނެވެ. ގޮސްފައި ވަނީ ވެސް، ދަރުބާރުގެއަށް އާއިލާގެ މީހަކު ގޮސް އެންގުމުން ކަމަށާއި އެހާތަނަށް ޖެހެންދެން ވެސް އެމްބިއުލާންސް ޓްރިގަރ ކުރުމާ ހަމައަށް އެއްވެސް އެންގުމެއް އައިސްފައި ނުވާކަން ރިޕޯޓުން ހާމަވެއެވެ.

ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި، އެއްވެސް ކާއެއްޗެއް ނުކުވޭކަމާއި، ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މިމައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށް މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އަދި އެދުވަހުގެ 3:53ގައި ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅައި، އެވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިޔުމަށާއި އިތުުރުކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.

މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މިމައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15ގައި މިމައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލް މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތު ދިނެވެ.

މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12ގައި މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމާއި، އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި، ހިކި ކެއްސުމުގައި ދެ ދުވަސް، އަދި ހުން އަންނަތާ 6 ދުވަސް ވެފައިވާ ކަމަށާއި، އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި، އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ.

ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާ ކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަން ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ.

ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިމައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39ގައެވެ. އަދި އެމްބިޔުލާންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށްވެސް މިމައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލާންސް މިޝްކާ ބެލުމަށް ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މިކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައިނުވާ ކަމާއި، އަދި އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ.

އަދި އެމްބިޔުލާންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް، އޭރުވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެރޭގެ 11:27ގައި އެމްބިޔުލާންސް ދިޔުން ލަސްވެގެން، ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ. އަދި 11:32ގައި އެމްބިޔުލާންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ.

އަދި 11:33ގައި އީއެމްއެސްއިން ބެލެނިވެރިޔާ އަށް ގުޅާ އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު، އެމްބިޔުލާންސަށް މިޝްކާ ބަލާދެވިފައިވަނީ 11:38ގައެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު