Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19 އަކީ ވުހާންގެ ލެބަކުން ލީކުވެފައިވާ ވައިރަސްއަކަށްވުމުގެ ފުރުސަތު ބޮޑު: އެމެރިކާގެ ލެބް ރިޕޯޓް

މިދިރާސާތައް ކުރިޔަށް ގެންދިޔުމުގެ ތައްޔާރީތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2021 | އަންގާރަ 05:29
ހޫބޭ ޕްރޮވިންސްގެ ވުހާންގެ މާރުކޭޓެއްގެ ތެރެއިން

ހޫބޭ ޕްރޮވިންސްގެ ވުހާންގެ މާރުކޭޓެއްގެ ތެރެއިން

ކޮވިޑް-19 ގެ އަސްލު ދެނެގަތުމަށް އެމެރިކާގެ ނޭޝަނަލް ލެބޯޓްރީން ކުރިޔަށް ގެންދިޔަ ތަހުގީގުތަކުން، އެވައިރަސްއަކީ ވުހާންގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަން އިތުރަށް ތަހުގީގުކުރަންޖެހޭކަމަށް ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ލެބޯޓްރީން ކުރިޔަށްގެންދިޔަ ތަހުގީގުތަކުން އެގޮތަށް ކަނޑައެޅުމަށްފަހު ތަހުގީގު ނިންމާލައި، އެ ރިޕޯޓް މިހާރު ވަނީ ވޯލް ސްޓްރީޓްރ ޖަރނަލްގައި ޝާއިއުކޮށްފައެވެ. މިދިރާސާތައް ކުރިޔަށް ގެންދިޔުމުގެ ތައްޔާރީތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުއެވެ. ކެލިފޯރނިއާގެ ލޯވްރެންސް ލިވަރމޯރ ނޭޝަނަލް ލެބޯޓްރީގައި ކުރިޔަށްގެންދިޔަ މިތަހުގީގުތައް، ކޮވިޑްގެ އަސްލު ދެނެގަތުމުގެ އިންކުއަރީ ސްޓޭޓް ޑިޕާޓްމަންޓުގެ ފަރާތުން ކުރިޔަށް ގެންގޮސްފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދުވަސްތަކުގައެވެ.

ވޯލް ސްޓްރީޓް ޖަރނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ލެބޯޓްރީން ބަލާފައިވަނީ ކޮވިޑް-19 ގެ ޖެނޮމިކް އެވެ. އެލެބޯޓްރީން ވަނީ މިކަމާމެދު އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައިކަމަށް ވޯލް ސްޓްރީޓް ޖަރނަލް އިން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިދިޔަ މަހު ވައިރަސްގެ އަސްލު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އެމެރިކާގެ އިންޓަލިޖެންސް އެޖެންސީތަކުން ވައިރަސްގެ އަސްލާމެދު ދެ ގޮތަކަށް ގަބޫލުކުރެއެވެ. އެއްގޮތަކީ ލެބޯޓްރީގެ ތެރޭގައި ހިނގި ކަމެއްގެ ތެރެއިން ވައިރަސް ލީކުވުމެވެ. އަނެއްގޮތަކީ ވައިރަސް ޖެހިފައިވާ ޖަނަވާރެއްގެ ފުށުން އިންސާނުންނާ ހަމައަށް ވައިރަސް އައުމެވެ. ވައިރަސް އިންސާނުންނާ ހަމައަށް އައީ މިތަނުން ކޮން ގޮތަކުން ކަމެއް އަދި އެމެރިކާއިން ނުނިންމައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިންޓަލިޖެންސް އިދާރާތަކުން މިކަމާ ގުޅޭގޮތުން ކުރިޔަށްގެންދިޔަ ތަހުގީގުތަކުގެ ރިޕޯޓްގައި ވުހާންގެ ލެބޯޓްރީގައި މަސައްކަތްކުރަމުންދިޔަ ތިން މީހަކު 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށް ބަޔާންކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް އަންނަނީ ވައިރަސްގެ އަސްލު ހާމަކުރުމުގައި ޗައިނާއިން ކަންތައްތަކެއް ފޮރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ޗައިނާއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

އަނެއްކޮޅުން ވައިރަސްގެ އަސްލު ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައިކް ރިޔާން ވިދާޅުވީ ވައިރަސްގެ އަސްލު ދެނެގަތުމަށް ކޮވިޑް-19 އެންމެ ފުރަތަމަ ޗައިނާއިން ފެނުނުއިރުގެ އިތުރު ޑާޓާތަކެއް ދިނުމަށް ޗައިނާއަށް ދެން އިތުރަށް ބާރެއް ނޭޅޭނެކަމަށެވެ. ނަމަވެސް ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި ދެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޕްރޮޕޯސަލްއެއް ތައްޔާރުކުރުމަށްފަހު ހުށަހަޅުއްވާނެކަމަށް މައިކް ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ އިންފެކްޝިއަސް ޑިޒީސް އެކްސްޕާޓް ޑރ. އެންތޮނީ ފައުޗީ ވަނީ ވުހާންގެ ލެބޯޓްރީގައި މަސައްކަތްކުރި މީހުންގެ މެޑިކަލް ރިޕޯޓްސް ހާމަކުުރުމަށް ޗައިނާއަށް ގޮވާލައްވާފައެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު