Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަކަތައިގެ ދާއިރާއަށް ޚާއްސަ ކޮންފަރެންސް

ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

7 ޖޫން 2021 | ހޯމަ 06:58

ކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑި އަކީ 21 ޖޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖޫން 2021 | ހޯމަ 06:58
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ އައިމިނަތު ޝައުނާ

ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވާލައިފިއެވެ.

ވާރލްޑް ބޭންކާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސްއާ ގުޅިގެން  ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އޮންނާނީ ޖޫން 23 ވާ ބުދަ ދުވަހު ރާއްޖެ ގަޑިން 4 ޖަހާއިރުއެވެ. 

Advertisement - newsAdvertisement

މި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށާއި އަދި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މިހާރުވެސް ވާރލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަކީ ވެސް މިކޮންފަރެންސްގެ ޒަރީއާ އިން ފަހިވެގެންދާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިކޮންފަރެންސް ފެށުމުގެ ގޮތުން ދެއްވާ ޚާއްސަ ތަޤްރީރުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދިވެހި ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވާނެއެވެ. އަދި މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާ އެހެން ބޭފުޅުންގެ ތެރޭގައި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސްގެ ރައީސް އަދި އިންޑިއާގެ ނިއު އެންޑް ރިނިއުވަބަލް އެނާރޖީ މިނިސްޓަރ ރާޖް ކުމާރު ސިންގް ވެސް ހިމެނެއެވެ.

މިކޮންފަރެންސްގައި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ހަކަތައިގެ އިންފްރާސްޓަރަކްޗަރގެ ދައުރާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. މިޕެނަލް ޑިސްކަޝަންގައި ސީޝަލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާރޓް އާއި ސްރީލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑްގެ އިތުރުން ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ އަޖްވަދު މުސްތަފާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑި އަކީ 21 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު

23 ޑިސެމްބަރު 2025
ތަރައްޤީގެ މަޝްރޫއުތައް ހިންގަން ގަސް ކަނޑަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
12 ޑިސެމްބަރު 2024

އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ

12 ޑިސެމްބަރު 2024
އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ
19 ސެޕްޓެމްބަރު 2024

ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި

19 ސެޕްޓެމްބަރު 2024
ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި
19 ސެޕްޓެމްބަރު 2024

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

19 ސެޕްޓެމްބަރު 2024
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް