Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވުން

ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވެ ޓީމާ ދުރަށް

ލިތުއޭނިއާއާ ދެކޮޅަށް ކުޅޭނީ ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމު

އަތޫފް އާތިފް
އަތޫފް އާތިފް | 7 ޖޫން 2021 | ހޯމަ 06:04
ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް

ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗަށް ބާކީ އަށް ދުވަހަށް ވެފައި އޮއްވައި، އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވީ އަންގާރަ ދުވަހު ސްޕެއިނުން ލިތުއޭނިއާ އާއި ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، ސްޕެއިނުގެ އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިނުން ކުޅެން އޮތް މެޗުގައި ދެން ކުޅޭނީ ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްވިޑެންއާ، ޕޮލެންޑުގެ އިތުރުން ސްލޮވޭކިއާއެވެ.

މި މަހު 14 ވަނަ ދުވަހު ސްޕެއިނުން ސްވިޑެންއާ ދެކޮޅަށް ޔޫރޯގައި ކުޅޭ މެޗު ފެށެން މިހާރު ވަނީ ހަފުތާ އަކަށް ވެފައެވެ. އެހެންކަމުން ބުސްކެޓްސް ވައިރަހަށް ޕޮޒިޓިވްވުމާއެކު، އެ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއަށްފަހު މި މަހުގެ 19 ވަނަ ދުވަހު ޕޮލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ސްޕެއިން ނުކުންނާނީ ސްލޮވޭކިއާ ދެކޮޅަށެވެ.

ސާޖިއޯ ބުސްކެޓްސްސްޕެއިންޔުއެފާ ޔޫރޯޔޫރޯ 2020

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
17 ޖުލައި 2023

އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އިންޓަ މިއާމީ ކުޅުންތެރިންގެ ގޮތުގައި މެސީއާއި ބުސްކެޓްސް ދައްކާލައިފި

17 ޖުލައި 2023
އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އިންޓަ މިއާމީ ކުޅުންތެރިންގެ ގޮތުގައި މެސީއާއި ބުސްކެޓްސް ދައްކާލައިފި
26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
24 ޖޫން 2023

މެސީއާ އެއް ޓީމަކަށް ކުޅުމަށްޓަކައި، އިންޓަ މިއާމީއަށް ބަދަލުވާން ބުސްކެޓްސް ނިންމައިފި

24 ޖޫން 2023
މެސީއާ އެއް ޓީމަކަށް ކުޅުމަށްޓަކައި، އިންޓަ މިއާމީއަށް ބަދަލުވާން ބުސްކެޓްސް ނިންމައިފި
01 ޖޫން 2023

ބުސްކެޓްސްގެ ފެއާވެލް ބާސެލޯނާ އިން ބޭއްވީ ކުރީގެ ކެޕްޓަން މެސީއާއެކު!

01 ޖޫން 2023
ބުސްކެޓްސްގެ ފެއާވެލް ބާސެލޯނާ އިން ބޭއްވީ ކުރީގެ ކެޕްޓަން މެސީއާއެކު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު