Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބުސްކެޓްސްގެ ފެއާވެލް ބާސެލޯނާ އިން ބޭއްވީ ކުރީގެ ކެޕްޓަން މެސީއާއެކު!

މެސީ ބުނީ ބުސްކެޓްސް އާއި ޖޯޑީ އަލްބާއާއެކު ގިނަ ދުވަސްތަކެއް ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ހޭދަ ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2023 | ބުރާސްފަތި 09:40
ބުސްކެޓްސްގެ ފެއާވެލް އިވެންޓުގައި މެސީ ވާހަކަ ދައްކަނީ

ބުސްކެޓްސްގެ ފެއާވެލް އިވެންޓުގައި މެސީ ވާހަކަ ދައްކަނީ

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސްގެ ފެއާވެލް އެ ކުލަބުން ބާއްވައިފި އެވެ.

ބާސެލޯނާ އިން ކުރިއަށް ގެންދިޔަ އިވެންޓުގައި ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ބައިވެރިވެފަ އެވެ. ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ މި އިވެންޓުގައި ބައިވެރިވީ ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ. މި އިވެންޓުގައި މެސީ ވަނީ ވާހަކަ ވެސް ދައްކައިފަ އެވެ. މެސީ ބުނީ ބުސްކެޓްސް އާއި ޖޯޑީ އަލްބާއާއެކު ގިނަ ދުވަސްތަކެއް ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ހޭދަ ކުރުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. މެސީ ބުނީ އަބަދު ވެސް އެ ދެ ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ ކަމަށާއި، މުސަތަޤުބަލުގައި ކުރިއެރުން ލިބުމަށް ވެސް އެދޭ ކަމަށެވެ. މެސީގެ އިތުރުން ބާސެލޯނާ އަށް ކުރިން ކޯޗުކަން ކޮށްދިން ޕެޕް ގާޑިއޯލާ ބުނީ، ބާސެލޯނާގައި ބުސްކެޓްސް ހޭދަކޮށްފައި ވަނީ ވަރަށް ކާމިޔާބު ދުވަސްތަކެއް ކަމަށާއި، ކުލަބާއެކު އޭނާ ހޯދާފައި ވަނީ ގިނަ ކާމިޔާބުތަކެއް ކަމަށެވެ. ގާޑިއޯލާ ބުނީ ބާސެލޯނާ އަކީ އޭނާ ހިމެނޭހެން އެންމެން ވެސް ވަރަށް ލޯބިވާ ކުލަބެއް ކަމަށެވެ. އަދި ކުރިމަގުގައި ބުސްކެޓްސް ބޭނުންވަނީ ކޯޗިންގެ ކެރިއަރު ފަށަންކަން އިނގޭ ކަމަށާއި، އެ ދުވަހަށް އިންތިޒާރު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި އިވެންޓުގައި ބައިވެރިވެ ވާހަކަ ދައްކަމުން ބުސްކެޓްސް ބުނީ، ބާސެލޯނާ އަކީ އޭނާގެ ހިތް އެ ކުލަބަކާ ގުޅިފައިވާ ކުލަބު ކަމަށެވެ. ނަމަވެސް މިއީ ބާސެލޯނާ ދޫކޮށްލަންވީ އެންމެ ރަނގަޅު ވަގުތު ކަމަށާއި، ކޮންމެ ތަނެއްގައި ހުރި ނަމަވެސް އަބަދު ވެސް ބާސެލޯނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ. ބުސްކެޓްސް ވަނީ އޭނާ އަށް އިރުޝާދު ދިން ކޯޗުންނާއި، އެކުވެރި ޓީމުގެ ކުޅުންތެރިންގެ އިތުރުން ކުލަބުގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އެންމެހައި ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ބުސްކެޓްސް ހޯދުމުގެ ޝައުޤުވެރިކަން މިހާތަނަށް ތިން ކުލަބަކުން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ބުސްކެޓްސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ބުސްކެޓްސް ވަނީ އެ ކުލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެ ކުލަބުގައި ހޭދަ ކުރި މުއްދަތުގައި ބުސްކެޓްސް ވަނީ 722 މެޗު ކުޅެދީ 18 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 32 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކެޕްޓަންގެ ޒިންމާ ބުސްކެޓްސް އަށް ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެއީ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އެ ކުލަބު ދޫކޮށްލަން ނިންމުމުންނެވެ.

ބާސެލޯނާސާޖިއޯ ބުސްކެޓްސްލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު