Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަނިޔާގެ ސަބަބުން ޔުނައިޓެޑު މެޗު ބުސްކެޓްސް އަށް ގެއްލޭނެ

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދޭއް ނުވަތަ ތިން ހަފްތާ އަށް ބުސްކެޓްސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 02:31
ސެވިއްޔާ މެޗުގައި ބުސްކެޓްސް އަށް ލިބުނު އަނިޔާގެ ތެރެއިން

ސެވިއްޔާ މެޗުގައި ބުސްކެޓްސް އަށް ލިބުނު އަނިޔާގެ ތެރެއިން

ޔުއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާ އިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަށް ގެއްލޭނެ ކަން ކަށަވަރުވެއްޖެ އެވެ.

ޔޫރޮޕާ ލީގުގައި ބާސެލޯނާ އިން ޔުނައިޓެޑާ ދެކޮޅަށް ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ބާސެލޯނާ އިން ހޯމަ ދުވަހު ބުނީ ބުސްކެޓްްސް އަށް ލިބިފައިވާ ކުޑަހުޅުގެ އަނިޔާ އިން ރަނގަޅުވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނާނެ ކަމަށެވެ. ބުސްކެޓްސްގެ ވައަތު ފައިގެ ކުޑަ ހުޅަށް އަނިޔާވީ އެންމެ ފަހުން ސްޕެނިޝް ލީގުގައި އެ ޓީމުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ހޯމަ ދުވަހު ބާސެލޯނާ އިން ބުނީ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށްފަހު ބުސްކެޓްސް އަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަނިޔާ އިން ރަނގަޅުވީ އެންމެ އަވަހަކަށް ބުސްކެޓްސް އެނބުރި ކުޅުމަށް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދޭއް ނުވަތަ ތިން ހަފްތާ އަށް ބުސްކެޓްސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ޔޫރޮޕާ ލީގުގައި ބާސެލޯނާ އިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސްޕެނިޝް ލީގުގައި ރަށުން ބޭރު މި މަހުގެ 13 ވަނަ ދުވަހު ވިލަރެއާލާ ދެކޮޅަށް ވެސް ބާސެލޯނާ ކުޅޭނެ އެވެ. އެ މެޗުގައި ވެސް ބުސްކެޓްސް އަށް ނުކުޅެވޭނެ އެވެ. އެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާއެކު އެވެ.

ބާސެލޯނާމެންޗެސްޓަރ ޔުނައިޓެޑްސާޖިއޯ ބުސްކެޓްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު