Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެއިންގެ ގައުމީ ޓީމު

ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ހޮނިހިރު ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 04:06
ޖަޕާނާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން: ބުސްކެޓްސް، ޓީމުގެ ކުޅުންތެރިންނާއެކު

ޖަޕާނާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން: ބުސްކެޓްސް، ޓީމުގެ ކުޅުންތެރިންނާއެކު

ސާޖިއޯ ބުސްކެޓްސް, ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ބުސްކެޓްސް ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައިވެސް ސްޕެއިނާއެކު ކުޅެފައެވެ. މިއަހަރުގެ މުބާރާތުގެ ގަދަ 16ން ސްޕެއިން ކެޓިއިރު، ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އަދާކޮށްފައިވަނީ ވެސް ބުސްކެޓްސްއެވެ.

ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބުސްކެޓްސް ބުނީ، ގައުމީ ޓީމާއެކު އޭނާ ހޭދަކުރި ދިގު މުއްދަތުގައި އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ޓީމުގެ ހައްގުގައި ކަމަށެވެ. މީގެ އިތުރުން ބުސްކެޓްސް ބުނީ އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި މި ވަގުތަކީ ގައުމީ ޓީމާ ދުރަށް ދާން އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ.

ބުސްކެޓްސް ގައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ 13 އަހަރުގެ ތެރޭގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބުސްކެޓްސް ވަނީ ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު 21-2020 ވަނަަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ރަނަރަޕްކަން ވެސް ހޯދިއެވެ. ގައުމީ ޓީމަށް އޭނާ ވަނީ 143 މެޗު ކުޅެދީ، 2 ލަނޑު ޖަހާފައެވެ.

ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އޭނާ ކުޅެމުން އަންނަ ކުލަބް ބާސެލޯނާއަށްވެސް މި ސީޒަން ނިމުމަށްފަހު ކުޅުން ހުއްޓާލާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ކުލަބް ފުޓުބޯޅައިގައި މިހާތަނަށް ބުސްކެޓްސް ވަކި ގޮތެއް ރަސްމީކޮށް ނިންމާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންސާޖިއޯ ބުސްކެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު