Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޝްކާގެ މަރު

މިޝްކާގެ މަރުގައި މީހެއްގެ އިހުމާލު އޮތްނަމަ ފިޔަވަޅު އެޅެންޖެހޭނެ - މަބްރޫކް

މީހެއްގެ އިހުމާލު ވާކަން ކަނޑައަޅާނީ އިހުމާލުވެފައި ހުރި ދާއިރާތަކުގެ ނުވަތަ ކްލަސްޓާތަކުގެ ވެރީންގެ މަޝްވަރާއާ އެކުގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 7 ޖޫން 2021 | ހޯމަ 06:21
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި, މީހެއްގެ އިހުމާލު ވާނަމަ އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިޝްކާއަށް ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީން ހެދި ރިވިއު ރިޕޯޓުން ވަނީ ހާމަވެފައެވެ. އެގޮތުން, ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި, އެއީ އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެމްބިޔުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ކަމަށް ރިޕޯޓުގައި ވެއެވެ.

މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ, މިހާތަނަށް މި މައްސަލައިގައި ކުރެވުނު މަސައްކަތަކީ ކޭސް ރިވިއުއެއް ހެދި ފާހަގަ ކުރެވުނު ކަންކަން އާންމުކުރުން ކަމަށެވެ. އެއާއެކު ދެން ހެލްތު މިނިސްޓްރީން ކުރަންޖެހޭނެ ކަމަކީ, ކަންބޮޑުވުން ހުރި ދާއިރާތަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމާއި, ފަރުވާ ދިނުމުގައި ލަސްވާން ދިމާވި ސަބަބު ތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.

ދާއިރާތަކުން އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން, މަބްރޫކް ވިދާޅުވީ މިޝްކާގެ ފަރުވާ ލަސްވާން ދިމާވި ސަބަބުތަކުގެތެރޭގައި މީހެއްގެ އިހުމާލު ވާނަމަ އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭކަމުގައެވެ. އެކަމަކު އެޔެއް ކަނޑައަޅާނީ އިހުމާލުވެފައި ހުރި ދާއިރާތަކުގެ ނުވަތަ ކްލަސްޓާތަކުގެ ވެރީންގެ މަޝްވަރާއާ އެކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިޝްކާ އަކީ ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި ހަމައެކަނި ކުޑަކުއްޖާއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިޝްކާގެ ހާލު ދެރަވެގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އެކަމަކު ފަރުވާ ދިނުމަށް އެމްބިޔުލަންސް އެކްޓިވޭޓްކޮށްފައިވަނީ އެމްބިޔުލަންސް ފޮނުވުމަށް ކުއްޖާގެ ބެލެނިވެރިޔާ އެތައް ފަހަރަކު ކޯލް ސެންޓަރަށް ގުޅައިގެން ވެސް އެމްބިޔުލަންސް ނައުމުން އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިޔަ ފަހުން ކަމަށް ހެލްތު މިނިސްޓްރީގެ ރިވިއު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފަރުވާއަށް މިޝްކާ އައިޖީއެމްއެޗް އީއާރަށް ގެންދެވިފައިވަނީ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅިތާ 2 ގަޑިއިރާއި 30 މިނެޓަށްވުރެ ގިނަ އިރުވި ފަހުން ކަމަށް އާއިލާގެ ފަރާތުން ހާމަކޮށްފައިވެއެވެ. މިޝްކާ ނިޔާވީ އޭގެ 24 ގަޑިއިރުފަހުން ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 ހާއިރުއެވެ.

ކޮވިޑް-19އެޗްޕީއޭހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު