Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ ކޮވިޑަށް ނެގެޓިވްވުން

ދަގަނޑޭއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީން މުއްދަތަށްފަހު

ހުކުރު ދުވަހު ހެދި ޓެސްޓުން ދަގަނޑޭ ވަނީ ނެގެޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖޫން 2021 | އާދީއްތަ 05:00
ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ކޮވިޑް-19 އަށް އެންމެ ފަހުން ކުރި ޓެސްޓު ނެގެޓިވްވި ނަމަވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ގައުމީ ފުޓްބޯޅަ ޓިމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ދުބާއީގައި ކުޅޭއިރު، ދަގަނޑޭ އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވައިރަހަށް ޕޮޒިޓިވްވީ ގައުމީ ޓީމުން ދުބާއީގައި ހަދަމުން އައި ތަމްރީނުތަކުގެ ތެރެއިން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

އެއާއެކު އެ ދެ ކުޅުންތެރިން ވަނީ 10 ދުވަހަށް ކަރަންޓީނުވެފައެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓުން ދަގަނޑޭ ވަނީ ވައިރަހަށް ނެގެޓިވްވެފައެވެ. އެއާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ދަގަނޑޭއަށް ބައިވެރިވެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހުއްދަ އޭނާއަށް ލިބިފައެއް ނުވެއެވެ. އެގޮތުން ދަގަނޑޭއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީން މުއްދަތަށްފަހު އިތުރު ޓެސްޓެއް ހަދައިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިހާރު އޮތްގޮތުން އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، ދަގަނޑޭގެ ކަރަންޓީނު މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހުއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ދަގަނޑޭއަށް ސީރިއާ މެޗު ގެއްލުނުއިރު، މީގެ ކުރިން މާލޭގައި ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން އޭނާ ވަނީ އަންހެނުން ޕޮޒިޓިވްވުމާ ގުޅިގެން ކޭމްޕް ދޫކޮށްލާފައެވެ. އެކަމަކު ފަހުން ދަގަނޑޭ ކޭމްޕާ ގުޅުނީ ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވުމުންނެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަ މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އަލީ އަޝްފާގު (ދަގަނޑޭ)ގައުމީ ފުޓްބޯޅަ ޓީމުވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
21 ސެޕްޓެމްބަރު 2024

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި
03 މެއި 2024

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު