Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމަޖެންސީ ޚިދުމަތް ދިނުން

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

މިޝްކާ މުހައްމަދަށް ފަރުވާ ދިނުމަށް އެމްބިޔުލަންސް އައުން ލަސްވެ ނިޔާވި ހާދިސާއާއެކު މި މައްސަލަ ވަނީ ހޫނުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 03:15
ސިނަމާލެ ބްރިޖް ސަރަހައްދު

ސިނަމާލެ ބްރިޖް ސަރަހައްދު

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމަށް އެމްބިޔުލަންސް އައުން ލަސްވެ ނިޔާވި ހާދިސާއާއެކު މުޅި ދިވެހި ރާއްޖެ މިދަނީ ހިތާމަ ފާޅުކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީއިން ތައްޔާރުކުރި ރިވިއު ރިޕޯޓްގައި ޒިންމާދާރު ގިނަ ފަރާތްތަކެއްގެ އިހުމާލުވާކަން މިވަނީ ހާމަވެފައެވެ.

މި ރިޕޯޓްގައި މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާތަނަށް ކުރެވެމުންދާ ކަންތައްތަކާއި އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތް ބަދަލުކުރުމަށް ނިންމައި، އެ ބަދަލުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް މައިގަނޑު 6 ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެބަދަލުތަކަކީ:

- ކޯލް ސެންޓަރަށް އަންނަ އިމަރޖަންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން

- ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކުރެވޭނެ ނިޒާމް ހަރުދަނާކުރުން

- އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކުރުން. އަދި އެމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި މަދުވަގުތުކޮޅެއްގެ ތެރޭގައި އެމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލުގެނައުން

- އެމަރޖެންސީ ކޭސްއަކާ ގުޅޭ މައުލޫމާތު ޑީއެމްއާރުޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. ޑީއެމްއާރުޓީ އަކީ އެޗްއީއޯސީގައި ހަރަކާތްތެރިވާ މެޑިކަލް ރެސްޕޯންސް ޓީމެވެ.

- ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން އިމަރޖެންސީ ކޭސްތަކުގައި ޑީއެމްއާރުޓީން ގުޅުމުން ދިމާނުވާ ފަރާރްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ރޭވުން

- މިކަމަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އޯބީ ސިސްޓަމް ހުރިހާ ކްލަސްޓަރތަކަކުން ގަވާއިދުން ބޭނުންކުރަމުންގެންދާކަން ކަށަވަރުކުރުން. އަދި ސިސްޓަމް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން

ރިވިއު ރިޕޯޓްގައި މިޝްކާ ނިޔާވި ހާދިސާ ހިނގައިދިޔަގޮތް ވަރަށް ތަފްސީލީގޮތެއްގައި ވަނީ ބަޔާންކޮށްފައެވެ.

ރިޕޯޓްގައިވާ ގޮތުން މިޝްކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މެެއި މަހުގެ 30 ވަނަ ދުވަހުއެވެ. ހަމަޖެހިފައިވާ އުސޫލުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. އެކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މައުލޫމާތު ޝީޓްގައި ރިކޯޑް ކޮށްފައިވީނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައެއް ނުވެއެވެ.

ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް ސިސްޓަމަށް އަޅަންޖެހުނުނަމަވެސް އެކަން އެގޮތަށް ސިސްޓަމަށް އަޕްޑޭޓްކޮށްފައެއް ވެސް ނުވެއެވެ. އަދި އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެއެވެ.

ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި އެއްވެސް ކާއެއްޗެއް ނުކުވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މި މައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށް މި މައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އަދި އެ ދުވަހުގެ 3:53 ގައި ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާ އެވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިޔުމަށާއި އިތުުރުކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.

މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މިމައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15 ގައި މި މައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލް މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06 ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތިދިނެވެ. މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12 ގައި މި މައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމާއި އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި ހިކި ކެއްސުމުގައި ދެ ދުވަސް އަދި ހަ ދުވަސްދެން ހުން އަންނަކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަމަށް ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ. ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39ގައެވެ. އަދި އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށް ވެސް މި މައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލާންސްއަށް މިޝްކާ ބަލައި ދިއުމަށް އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މިކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްވިކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިޔުލަންސް އޭރުވެސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެރޭގެ 11:27 ގައި އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ. އަދި 11:32 ގައި އެމްބިޔުލަންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ.

އަދި 11:33 ގައި އީއެމްއެސްއިން ބެލެނިވެރިޔާއަށް ގުޅައި އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު އެމްބިޔުލަންސަށް މިޝްކާ ބަލައިދެވިފައިވަނީ 11:38 ގައެވެ. އަދި އެމްބިޔުލަންސް ދިޔައިރު ކުއްޖާގެ ހަރަކާތެއް ނެތްކަމަށާއި ވަގުތުން ސީޕީއާރު ފެށިކަމަށް ބުނެފައިވެއެވެ. މިޝްކާ އައިޖީއެމްއެޗް އީއާރަށް ގެންދެވިފައިވަނީ އެރޭގެ 11:42 ގައެވެ. އެއީ ހާލު ގޯސްވެގެން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅިތާ 2 ގަޑިއިރާ 36 މިނެޓް ފަހުންނެވެ.

ކުޑަ ކުޑަ މިޝްކާ ފަރުވާ ދިނުމަށް އެމްބިޔުލަންސް އައުން ލަސްވެ ނިޔާވި ހާދިސާއާއެކު މިފަދަ ކަންކަމުގައި ސަރުކާރަށް އެކަނި ބަރޯސާވެގެން ތިބެވެން ނެތްކަމަށް އާންމު ރައްޔިތުން ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިފަދަކަމެއް ތަކުރާރުވިޔަ ނުދޭން އާންމު ރައްޔިތުން ވެސް ފިޔަވަޅުތަކެއް އަޅާފައިވާކަން މިހާރު މިދަނީ ފެންނަމުންނެވެ. މިކަމަށް އިސްނަގައި މާލެ ސިޓީގެ މާފަންނު މެދުދާއިރާގެ ޕިކަޕް ގެންގުޅޭ ފަރާތްތަކުން މިވަނީ ކުއްލި ޙާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލާނެކަން ހާމަކޮށްފައެވެ. މިހާތަނަށް އައިރު މި ޤައުމީ ޚިދުމަތުގައި މާފަންނު މެދުދާއިރާގެ 6 ޕިކަޕް ޑްރައިވަރެއް މިވަނީ ބައިވެރިވެ އެ ޑްރައިވަރުންގެ ޚިދުމަތް ދޭނެކަން ސާބިތުކަމާއެކު ހާމަކޮށް މިސާލުދައްކާފައެވެ.

7777844 - ޝަފީޤް

7774211 - ގަސް ދޮންބެ

9993499 - ސޮބާ (ސޮއްބު)

7765219 - އަޒްމީ

9102434 - އިއްސެ

7678281 - އަލީ މުހައްމަދު

ރާއްޖެ އެމްވީއާ ވާހަކަދައްކަމުން މި ޑްރައިވަރުން ވަނީ މި ޚިދުމަތަކީ ކޮވިޑްގެ ބަލި މީހުން ކުއްލި ހާލަތްތަކުގައި ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށް ގެންދިއުމަށް އެމްބިއުލަންސް ނުލިބިއްޖެ ހާލަތުގައި ދޭ އެމަޖެންސީ ޚިދުމަތެއް ކަމަށެވެ. މި ޤައުމީ މަސައްކަތުގައި އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މިފަދަ ކަމެއްގައި އެޗްޕީއޭގެ ހުއްދައަށް އެދެންޖެހޭނެކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވެފައި ނުވާއިރު، މިކަމާ ގުޅިގެން މި ޑްރައިވަރުންނަށް އެޗްޕީއޭއިން ވެސް އަދި ކަމާގުޅުން ހުރި އެހެން އެއްވެސް ވުޒާރާއަކުން ވެސް މިހާތަނަށް އައިރު ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު