Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް: ޝައިނީގެ އުދާސްތައް

ޝައިނީގެ އެދުވަހުގެ ހުވަފެން މިއަދު ކަރުބުޑުގައި ޖެހުނު ކައްޓަކަށް

މި ސަރުކާރު ދެމިއޮތުމުގައި ޝައިނީގެ ހިއްސާ އޮތް ކަމަށްވެސް ވިދާޅުވެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 ޖޫން 2021 | ހުކުރު 12:45
ޑރ މުހައްމަދު ޝައިނީ

ޑރ މުހައްމަދު ޝައިނީ

ރާއްޖެއިން ތެޔޮ ހޯދާ ވާހަކަ ދައްކައިފިއްޔާ އެންމެ ފުރަތަމަވެސް ކިޔާނީ، ރައީސް ޔާމީން ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ މުހައްމަދު ޝައިނީގެ ނަމެވެ.

ރައީސް ޔާމީން ރައްޔިތުންނަށް ދެއްކި ތެލުގެ ހުވަފެން ހަގީގަތަކަށް ވާނެއޭ ބުނެ ގަދަ އަޑުން ވަކާލާތު ކުރެއްވީ ޑރ ޝައިނީއެވެ. އެކަން ނުވާނެކަން އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލު ކުރެއްވި ނަމަވެސް ރައީސް ޔާމީނަށް ވަފާތެރިވުމުގެ ގޮތުން އިރުކޮޅަކާ މީޑިއާގެ ސަމާލުކަން މިކަމަށް ހުއްޓުވުމުގައި ޑރ ޝައިނީ ކުރެއްވި މަސައްކަތަށް ސާބަސް ދޭވަރުވެއެވެ. ނޫނީ އޭނާގެ މޭމަތީގައި ހިތްވަރުގެ ކުލަބަރި ޖަހަންވީއެވެ.

ތެޔޮ ހޯދުމުގެ ދިރާސާއަށް ޓީމް ރާއްޖެ އައިސް ތެޔޮ ފެންނާނެ ކަމުގެ ޔަގީންކަން ދިރާސާ ޓީމުން ދީފި، ތެޔޮ ފެނިއްޖެ، ތެޔޮ ނަގަން އެގްރީމެންޓް ހަދަނީ، މިއީ އޭރު މީޑިއާތަކުގެ ފަލަ ސުރުޚީތަކެވެ. ރައްތިތުންތިބީ މިއެއްޗެހި ކިޔާށެވެ.

ރައީސް ޔާމީންގެ ދިފާއުގައި ކޮންމެ އެއްޗެއް ކޮންމެ ތަނެއްގައި ވިދާޅުވާންވެސް ޖެހިލުމެއްނެތި ކުރިއަށް ނުކުންނަ ޓީމުގައި އިސްކޮށް ހުންނަވަނީ ވެސް ޑރ ޝައިނީއެވެ. ހަވާލު ކުރެވުނު މިނިސްޓްރީގެ ކަންކަން ރަނގަޅަށް ދުވަހުން ދުވަހަށް ނުނިންމުނަސް ރައީސް ޔާމީންގެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް، މޫނު ރީތި ޑރ. ޝައިނީ ރާއްޖެއާ  ރާއްޖެއިން ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި  ލާހޫރުނު މަންޒަރު އެތައް ބަޔަކުދެކޭނެއެވެ.

ކުންފުންޏެއްގެ ސެކިއުރިޓީ އޮފިސަރެއްގެ މަސައްކަތް ހުންނަ ގޮތަށް ނިންޖާ އަރާމު ނަގާލުމަށްފަހު ރައީސް ޔާމީންގެ ޚިދުމަތުގައި ސައުވީސްގަޑިއިރު ހޭދަ ކުރެއްވިއެވެ.

ކޮންމެ މީހަކަށްވެސް މަސައްކަތްކުރެވޭނީ ވަކި ވަރަކަށެވެ. މީހާ  ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ނުފެށުމުން ފޫހިވާނެެއެވެ. ޑރ ޝައިނީއަށްވެސް ވީ މިފަދަ ގޮތެކެވެ. އަދީބަށް އިތުބާރު ބޮޑުވެ ޑރ ޝައިނީމެން ކުރެއްވި މަސައްކަތް ނުފެނުނީއެވެ. މިހުރިހާ ކަމެއްގެ ތެރެއިން ކުޑަ ކަމަކަށް އެދުނަސް   އެކަން ނުކޮށް

ދިނީއެވެ. އެއްއިރެއްގައި ޝައިނީ ވަރެއް ނެތިފައި، ފަހުން ކެބިނެޓްގައި ބެހެއްޓީ ވެސް  މަޖުބޫރުވެގެންނެވެ. ޝައިނީ ދުނިޔޭގެ ގައުމުތަކާއެކު ކުރިއަށް ގެންދިޔަ މުއާމަލާތްތައް ރައީސް ޔާމީނަށް ކުރިއަށްގެންދަވަން ކެރިވަޑައިނުގަންވާތީ ކައިރީގައި ގެންގުޅޭ "ބޯއިސް"ގެ އުސޫލުން ގެންގުޅެން ފެށީއެވެ.

މިއީ އެއްގޮތަކަށްވެސް އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ.  މިއީ ދިމާވި ހުރިހާ  ކަމެއްގެ ސަބަބުން ހިތުގައި ޖެހި  ރުޅި ގަދަވެގެން  ޝައިނީ އަމިއްލައަށް ދެއްކެވި ވާހަކައެކެވެ. ރުޅި ނާންނަންވީ ސަބަބެއްވެސް ނެތެވެ. އެންމެ އެއްލައްކަ ރުފިޔާ ދޭން އެދުމުންވެސް އެކަމަށް އިންކާރު ކުރީއެވެ. އެކަމަކު ޝައިނީ ކުރިމަތިން މިލިއަނުން ބަހަނީއެވެ. ހިތުގައި ޖެހޭނެ ނޫންތޯއެވެ.

ދެން އޮތީ  ކެބިނެޓްގެ ވާހަކައެވެ. ނިކަމެތިވެފައި އޮތް  ކެބިނެޓަށް ރައީސް ޔާމީނާއި އަދީބު ގުޅިގެން ހިންގެވި ޖަރީމާއިން ބައި ނާޅައޭ ބުނުމުން ޖޯކަކަށް ވާނެއެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ނެތް ކެބިނެޓަށް ފްލެޓް ގަނޑެއްހާ ހިސާބުވެސް ނުދެއްވުމުން ޝައިނީ ރުޅިއައުން ހައްގެވެ. އެކަމަކު އެއީ ކިތައް ފްލެޓް ނުދީގެންތޯ ސުވާލު އުފެދެއެވެ. އޭރުގެ ކޮންމެ މީހެއްގެ އަތުގައި ހުރި ކޮންމެ އިނގިއްޔަކަށް ފްލެޓެއް ބެހިއެވެ. އެ ލިސްޓުގައި ޝައިނީގެ ނަން ނެތީ ތޯއްޗެކެވެ. މިހެންވުމުން ކެބިނެޓުން ހުސްއަތާ ނިކުންނަން ޖެހުމުން ޝަކުވާ ކުރެވޭނެއެވެ.

އޭރު ރައީސް ޔާމީން ވަރުގެ ވެރިއެއް ނެތް ކަމަށް ވަކާލާތު ކުރިއިރު މިއަދު އެވަރުގެ ނުބައި މީހެއް ނެތެވެ. އޭރު އެއީ ހެޔޮ ވެރިއެކެވެ. މިއަދު އެއީ އިހާނެތި ކޮށް ހިތި ވެރިއެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެ ވެރިއެވެ. އޭރު އެއީ ތަރައްގީގެ ބާނީއެވެ. މިއަދު އެކަމެއް ނެތެވެ. އޭރު ޝައިނީ މިވާހަކަތައް މިގޮތަށް ނުދެއްކީ ކިއްވެބާއެވެ. މަންފާ ތަކެއް ނުލިބި އެހާ އިހާނެތިކޮށް ކަންކަން ކުރެއްވިއިރުވެސް އެވަރު މީހެއް ނެތްކަމަށް ޕޯޑިއަމްތަކުގައި ވިދާޅުވީ ކީއްވެ ހެއްޔެވެ. އޭރު އަމިއްލަ ނަފްސުގެ ދިފާއުގައި ނުތެދުވީ ކީއްވެހެއްޔެވެ. އަރާ ބާރާ އިއްޒަތާ ލައްޒަތު ދިޔުމުން މިއަދު ތިގޮތަށް ދައްކަވާ ވާހަކަ ގަބޫލު ކުރަން ދައްޗެވެ. މިއަދު ތިވާހަކަ ތިދައްކަވަނީ ކޮން މަގްސަދެއް އޮވެގެން ތޯއެވެ.

ޝައިނީގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ އޯޑިއޯގައި ޝައިނީގެ ރާގު ހުރި ގޮތުން ކޮންމެވެސް ކަމަކާ ރުޅިގަދަވެ ހިތުގައި ޖެހިފައި ހުރިކަން ހާމަވެއެވެ. މައްސަލައަކީ ފްލެޓް ތޯއެވެ. ނުވަތަ އެއްލައްކަ ރުފިޔާ ތޯއެވެ.

މިހުރިހާ ކަމަކާ ހިތްހަމަ ނުޖެހި ސަރުކާރު ވައްޓާލަން އިދިކޮޅާ ގުޅިގެން މަސައްކަތް ކުރި ކަމަށް އެ އޯޑިއޯ ކްލިޕްގައި ޝައިނީ އަމިއްލައަށް އިއުތިރާފްވެފައިވެއެވެ.

އެކަމުގައި އަމިއްލަފުޅަށް މީހުން ފޮނުވާ ފައިސާ ނެންގެވިކަމަށް ވިދާޅުވާއިރު، މިއީ ހަމަގައިމުވެސް ރައީސް ޔާމީނާ ދޭތެރޭގައި މަނިކުފާނުގެ ހިތުގައި އަދަމުން ދިޔަ އަލިފާންގަނޑުގެ ވަރުގަދަ ކަމުގެ ހެއްކެކެވެ. މި ސަރުކާރު ދެމިއޮތީވެސް ޝައިނީގެ ސަބަބުން ކަމަށް ވިދާޅުވެ ނިންމާލުމުން އަދި ނިމުނީ އެއްނޫނެވެ.  ފާޅުކަން ބޮޑުގޮތެއްގައި މިވާހަކަތައް ދެއްކެވުމުގެ ހިތްވަރު ނުލިބުނީތީ ވަރަށްވެސް ދެރައެެވެ. އެކަމަކު އެދުވަހު ނުދެއްކި ވާހަކައެއް އަލަކުން ދެއްކުމުގެ މާނައެއް ނެތެވެ. ގަޑީގެ ކަށްޓަކީ އަބަދު ހިނގާނަމަ އެކިފަހަރު އެކިދިމާލަށް ހުއްޓެމުން ގޮސް ދުވަސްތައް މާޒީގެ ތެރެއަށް ދުއްވާލަން އެހީވާ އެއްޗެކެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނާންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު