Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަހުމަދު އަދީބު

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

އަދީބަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކަންކަން ބެލެހެއްޓި ސަރުކާރުގެ ކުރީގެ އިސް ވަޒީރު އަދި ކުރީގެ ނާއިބު ރައީސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 04:31
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އުފަަންދުވަސް ސަރުކާރުގެ އިސްވެރިން ފާހަގަ ކުރައްވަނީ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އުފަަންދުވަސް ސަރުކާރުގެ އިސްވެރިން ފާހަގަ ކުރައްވަނީ

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ވިޔަފާރިވެރިންގެ ޖަމްއިއްޔާ ހިންގުމުގައިވެސް އެންމެ އިސްކޮށް އުޅުއްވީ އަހުމަދު އަދީބު އެވެ. އޭގެފަހުން އެމްޑީޕީގެ ވެރިކަން ބަދަލުވެ ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދީބު ހުންނެވީ ރާއްޖެއަށް އެންމެގިނައިން ބޭރު ފައިސާ ވަންނަ ސިނާއަތް ކަމަށްވާ ރަންބިސް އަޅާ ކުކުޅު ކަމަށް ދިވެހިންދެކޭ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ.

އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވާ 2013 ވަނަ ރިޔާސީ އިންތިހާބާއި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމުގައި އަދީބު އަދާކުރެއްވި ކުޅަދާނަ ރޯލާމެދު ސުވާލު އުފައްދާނެ ދިވެއްސަކު ނުހުންނާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރެއްވި ބޭފުޅަކީ އަދީބު އެވެ. ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގެ އިތުރުން އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާރކަމުގެ މަގާމާއި އެދި އެނޫންވެސް އިގްތިސާދާއި އަދި ސަރުކާރު ދެމެހެއްޓުމަށް ކުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އަދީބު ހުންނެވީ ފިސާރި ކެރިވަޑައިގެން 24 ގަޑިއިރު މަސައްކަތުގައެވެ.

ރައީސް ޔާމީން ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށެވެ. އެގޮތުން ޕީޕީއެމުން ވަނީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދާފަ އެވެ. މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދުމުގައި އަދީބާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ކުރެއްވި މަސައްކަތްތަކަކީ ރައްޔިތުންނަށް ވަރަށް ގާތުން ފެނިފައިވާ ކަންކަމެވެ.

އަދީބު ހިންގެވި ކަމަށްބުނާ އެންމެ ފުރަތަމަ ޖަރީމާ ފަޅާއެރީވެސް މަޖިލިސް އިންތިހާބަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އެމްޕީއެލް އިން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން އެއް މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެގެންދިޔަ އެވެ.

ހަމައެއާއެކު ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އިންތިހާބު ކުރުމަށް އަދީބު ގިނަ ޚަރަދުތަކެއް ކުރެއްވި ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

ކޮންމެ އަކަސް މަޖިލިސް އެކުލަވާލައި މަޖިލީހުގެ ރައީސް ކަމަށާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރައްވާފައި ވަނީ އަދީބުއާ ކަމަށް ވެއެވެ.

ރައީސް ޔާމީން އާއި އަދީބު ޕީޕީއެމް ޕީޖީ އާއި ބައްދަލު ކުރައްވަނީ

އަދީބުގެ ނުފޫޒުން މަޖިލީހުގެ ރައީސްކަން ދެއްވާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށެވެ. ހަމަ އެގޮތަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ނިހާނު އައްޔަން ކުރައްވާ ޕާލަމެންޓްރީ ގްރޫގެ މަގާމުތައް ރުކުރުވާލެއްވުމުގެ މޭސްތިރިއަކީ އަދީބު ކަމަށްވެއެވެ.

ސަރުކާރުގެ ކަންކަންމާއި މަޖިލީހުން ސަރުކާރުން ބޭނުންވާހާކަމެއް ބޭނުންގޮތަކަށް ބޭނުންވަގުތު ކުރެވުމުގެ ނަތީޖާ އަކީ ރައީސް ޔާމީންގެ އިތުބާރު އަދީބުގެ މައްޗަށް ބޮޑުވެ، ރައީސް ޔާމީންގެ ނައިބުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުއްލި ގޮތަކަށް މަގާމުން ދުރުކޮށް، ނާއިބު ރައީސް ކަމުގެ މަގާމަށް އަދީބު އައްޔަން ކުރުމެވެ.

ނާއިބު ރައީސް ކަމުގެ މަގާމަށް އަދީބު އައްޔަން ކުރެއްވުމާއެކު ސަރުކާރަށް އޭރު އަންނަމުންދިޔަ ބޭރުގެ ޕްރެޝަރު ކުޑަކުރުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔަ އެވެ. ސަރުކާރުން ހަދާފައިވާ އެންމެބޮޑު ގޯސް ކަމަށް ބޭރު ގައުމުތަކުން ބުނަމުންދިޔަ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ސަރުކާރު އޭރު އޮތީ ހޫނު ފެނަށް ވެއްޓިފަ އެވެ.

ކޮންމެއަކަސް، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާ ސިޔާސީ މަޝްރަހް ކޮންމެވެސް ވަރަކަށް ފިނިވެގެންދާ މަންޒަރުވެސް ފެނިގެންދިޔަ އެވެ. ރާއްޖޭ މިނިވަން ކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރާއިރު ހުރިހާ ދިވެހިރައްޔިތުންެވެސް ތިބޭނީ ހިނިތުންވެ، ހިތްހަމަ ޖެހިފައިކަމަށް ސަރުކާރުން އޭރު ބުނަމުންދިޔަ އެވެ.

ދެން ކުއްލިޔަކަށް ރައީސް ނަޝީދު ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރި ކަމުގެ ލިޔުން ސަރުކާރުން ހަވާލުވެސް ކުރި އެވެ. މިނިވަން ކަމަށް 50 އަހަރު ފުރޭ ޖުލައި 26ގެ ކުރިން ރައީސް ނަޝީދު މިނިވަންކުރައްވާނެ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

ނަމަވެސް ކަންކަން ހިނގާދިޔަގޮތް އެންމެ ރަނގަޅަށް އެނގޭނީ ރައީސް އޮފީހުގެ އިސް ބޭފުޅުންނަށެވެ. އަދީބު ހުންނެވީ އަދީބު އެދިވަޑައިގެން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމަށް އެހެނިހެން ސިޔާސީ ޕާޓީތަކުން ހޯއްދެވި ވޯޓްތަކުގައި ކޮޅުފައިން ޖަހާގޮތަކަށް ނޫނެވެ. އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް އޭރު ދެކޮޅު ހެއްދެވީ އަދުލްއިންސާފުގެ ދާއިރާގެ އިސްފަނޑިޔާރުންތަކެއްގެ އެދުމުގެ މަތިން ރައީސް ޔާމީން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަދީބު ހުންނެވީ އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް އަދީބުވެވަޑައިގެންނެވި ވައުދު ފުއްދުމަށް ފައިވިއްދާފަ އެވެ. މެމްބަރުންގެ އިތުބާރު އޮންނަންޖެހޭކަމަށް އަދީބު ގަބޫލު ކުރެއްވި އެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީންއާއި އަދީބުއާ ދެމެދު ދެބަސްވުން އުފެދެން ދިމާވީ މިހިސާބުންނެވެ.

މިކަންކަން ހިނގިއިރު، އެމްއެމްޕީއާސީއޭ ކިޔާ ކުންފުނި މެދުވެރިކޮށް ރާއްޖޭގެ އެތަށް ފަޅުރަށްތަކަކާއި ފަޅުތަކެއް ބަޔަކަށް ނުއަގުގައި ވިއްކާ ސަރުކާރުން ވަނީ ފައިސާވެސް ނަގާފަ އެވެ. އޮޑިޓް ރިޕޯޓް ބުނާގޮތުން 1.22 ބިލިއަން ކަމަށް ރުފިޔާކަމަށް ވިޔަސް، ރާއްޖޭގެ އިގްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ ހިޔާނާތް ތިނެއް ނުވަތަ ހަތަރު ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އެހުރިހާ ފައިސާތަކަށް ވީގޮތް އެނގޭނީ ހަމަ ސަރުކާރުގެ އިސްވެރިންނަށެވެ. އެނގޭ އެއްޗަކީ ސަރުކާރުގެ ތެރޭގައި އަދީބުގެ އޭރުގެ ޗާލާކީ ދުވަސްވަރު ރައްޔިތުންެގެ މަޖިލީހުގެ ގިނަ މެމްބަރުން އޭގެން ފައިދާ ކުރިކަމެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ ބޮޑުބައެއް، ގޯނި ގޯންޏަށް އަޅައިގެން ބެއްސެވި މަޖިލިސް މެމްބަރުން އުޅުއްވިއިރު، އެފައިސާ ބަހާފައިވަނީ އޭނާ ބުނާގޮތުން މަޖިލިސް މެމްބަރުންނަށެވެ. އަދީބު ބެއްސެވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ﷲ ގަންދީ ހުވާ ކުރައްވާ ވިދާޅުވެފައިވެއެވެ.

އަދީބުގެ ރަންޒަމާނުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތިއްބެވީ ހިތްހަމަޖެހި އެކަތިގަނޑެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ތަޅުމުން ނިންމާ ނިންމުންތައް ނިންމުމަށްފަހު ޖަހާ މުގުރާއި ތަތްގަނޑު ރައީސް އޮފީހުގައި އޮތް ފަދަ އެވެ. ސަރުކާރުން ބޭނުން ކޮންމެ ކަމެއް ބޭނުން ކޮންމެ ވަގުތަކު ނިންމާލަ އެވެ.

މަޖިލިސް މެމްބަރުންގެ ޗާލާކީކަން ވެސް އެދުވަސް ވަކި ކުޑައެއް ނޫނެވެ. ދެއިރު ދެދަޅައަށް އަތުގައި އެޅުމަށް އެންމެ އަގުބޮޑު ރޮލެކްސް ގަޑިއާއި އެންމެ އަގުބޮޑު އަނގޮޓިއާއި އަގުބޮޑު ކާރުތަކާއި މާލޭން ގޯތި ގެދޮރު ގަތުން ފަދަ ކަންކަަމަކީ އާދައިގެން ދިވެއްސަކަށް ކުރެވޭނެ ކަންކަމެއް ނޫންނެވެ. މަޖިލިސް މެމްބަރަކަށް ލިބޭ މުސާރައިން އެވަރުގެ ތަނަވަސްކަން ލިބުމަކީ އަރަތެކެވެ.

އެނގޭ އެއްޗަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކޮށްފައިވާ ކަމެވެ. ނަމަވެސް އެފައިސާ އެ މެމްބަރުންނަށް ބެއްސެވި އަދީބު މިއަދު އޮންނެވީ ޖަލުގެ ތޭރިތަކުގެ ތެރޭގަ އެވެ. އަދީބުގެ ބަލިހާލަތު އެ މެމްބަރުންނަށް އިހުސާސް ނުކުރެއްވޭއިރު، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.

ކޯމަހުގައި އައްޓަމަހެއް ތަތްކޮށްލައިގެން އުޅޭހެން އަދީބުގެ ގައިވާ ތަތްވެގެން އަދީބުގެ ވަށައިގެން ބަޔަކު އުޅުނުތަން މީގެކުރިން ފެނިފައިވެއެވެ. އޭރު އަދީބުގެ އަނބި ދަރިންނަށް ވަގުތު ދެވިފައިނުވާވަރަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށާއި މިނިސްޓަރުންނާއެކު ހޭދަކުރެއްވި ވަގުތު ގިނަވާނެކަން އޭރު ފެންނަމުންދިޔަ މަންޒަރުތަކުން އެނގެއެވެ. 24 ގަޑިއިރު އަދީބު އުޅުއްވީ އެބޭފުޅުންގެ އަރިހުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އަދީބު ޕީޕީއެމް ޕީޖީ އާއެކު

އެކަމަކު އަދީބުގެ އާއިލާއިން އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕާއި ބައްދަލު ކޮށްލުމަށް އަދީބުގެ އާއިލާގެ ފަރާތުން އެދުމުން އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައިގެން ގެންނަޖެހޭ ބަދަލެއް ނެތް ކަމަށް ނިހާނު ވިދާޅުވުމަކީ ހަމަ ހަގީގަތުގައިވެސް ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުމެވެ.

ބަލަ ނިހާނު އެވެ. މަނިކުފާނަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. މެ ޖޯރިޓީ ބޭނުން ކުރައްވައިގެން މަޖިލީހުގެ ތެރެއިން މަނިކުފާނުމެން ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ނިންމިއިރު، އެކަންމިހާރު ހަނދުމަފުޅު ނެތުނީތޯ އެވެ. ޖަލުގެ ގައިދީންނާ ގުޅޭ ކަންކަން މަޖިލީހުން ނުނިންމޭނެ ގޮތެއް، އެއީ ނެތް ގޮތެކެވެ. ގައިދީންނާއި ގުޅޭ ކަންކަން މަޖިލީހުން ނުނިންމޭނަމަ ދެން އެކަންކަން ނިންމޭނެ ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއެއް ނުހުންނާނެވެ. ނިހާނު އެވެ. ބުއްދި ގަބޫލުކުރެވޭ ހަމަޖެހޭ ވާހަކަ ދެއްކެވިއްޔާ އެވާހަކަތައް އަޑުއަހަން ރައްޔިތުންނަށް ފަސޭހަވާނެ އެވެ.

އަދީބުއަކީ ގައިދީއެއް ކަމަކު، މި ގައުމުގެ ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ސިއްހީ ހާލަތު އެހާ ގޯސްކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، އެކަންކަން ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވާނަމަ، އަދި އަދީބުގެ އާއިލާއިންނާއި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންގެ އިތުރުން އާއްމު ފަރުދުންވެސް އަދީބުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން އޮތްކަން ހަމަ ރަނގަޅަށްވެސް ނިހާނަށް އެނގިވަޑައިގަންނަވާނެ އެވެ.

ޕީޖީ ލީޑަރ ނިހާނު އާއި އަދީބު

ނިހާނު އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ވަޑައިގެންނެވިގޮތް ބާއްވާށެވެ. ވިލިމާލެއިން މާލެ ބަދަލުވެ، ދިރިއުޅުއްވި އެޕާޓްމަންޓްގެ ވާހަކަވެސް ބާއްވާށެވެ. ފެޅި ކޭކުތަކާއި އަދީބުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ވެސް "ސައިބޯނި ބޮތްކެކޭ" ވިދާޅުވީވެސް ހަމަ ތިޔަބޭފުޅާއެވެ. އެކަމަކު އެވާހަކަވެސް ބާއްވާށެވެ.

ނިހާނުއެވެ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަށް އަދީބުގެ ސިއްހީ ހާލަތު ގޯސްވިނަމަވެސް ކޮށްދެވޭ ކަމެއް ނެތް ކަމަށް ވިދާޅުވުމަށްވުރެ، ތިމަންނާމެންގެ ބާރެއް ނެތޭ، ތިމަންނާމެން މިތިބީ ނަގޫ ފިތިފައޭ، ވިދާޅުވި ނަމަވެސް އެވާހަކަ ގަބޫލު ކުރަން ދިވެހި ރައްޔިތުންނަށް މާ ފަސޭހަވީ ހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު