Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން

ޗިލީން އާޖެންޓީނާއާ އެއްވަރުކޮށްފި

4 ޖޫން 2021 | ހުކުރު 05:05

އާޖެންޓީނާ އޮތީ ތާވަލުގެ ދެވަނައިގައި 11 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 05:05
އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުން ޗިލީން އާޖެންޓީނާއާ އެއްވަރުކޮށްފިއެވެ.

އާޖެންޓީނާގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ގައުމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާޖެންޓީނާއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒަށް ޗިލީގެ ގިލެރްމޯ މަރިޕަން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ ފަހުން ޗިލީން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ގައުމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ގެރީ މެޑަލް ދިން ބޯޅައަކުން މި ލަނޑު ޗިލީއަށް ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެވެ.

މި މެޗުން މޮޅުވެގެން ކޮލިފައިންގެ އެއްވަނައަށް އެރުމުގެ ފުރުސަތު އާޖެންޓީނާއަށް އޮތް ނަމަވެސް، މެޗު އެއްވަރުވުމުން އެ ގައުމު އޮތީ ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެން 12 ޕޮއިންޓް ހަމަކޮށްފައިވާ ބްރެޒިލެވެ. އަދި އާޖެންޓީނާއާ އެއްވަރުކުރި ޗިލީ އޮތީ ކޮލިފައިންގެ ހަތްވަނައިގައި ފަސް މެޗުން ފަސް ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2021

ޔުނައިޓެޑުން ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

02 ޖެނުއަރީ 2021
ޔުނައިޓެޑުން ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
26 ޑިސެމްބަރު 2020

ޔޫވީން ފަހު ވަގުތު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި

26 ޑިސެމްބަރު 2020
ޔޫވީން ފަހު ވަގުތު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި
24 ޑިސެމްބަރު 2020

ރެއާލުން އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

24 ޑިސެމްބަރު 2020
ރެއާލުން އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
08 ނޮވެމްބަރު 2020

ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި

08 ނޮވެމްބަރު 2020
ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި
02 އޯގަސްޓު 2020

ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި

02 އޯގަސްޓު 2020
ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި
24 ފެބުރުއަރީ 2020

ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި

24 ފެބުރުއަރީ 2020
ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި
15 ފެބުރުއަރީ 2020

ބާސާއިން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

15 ފެބުރުއަރީ 2020
ބާސާއިން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
19 އޮކްޓޯބަރު 2019

ޔުއެފާ އެސިސްޓް މުބާރާތް: ރާއްޖެއިން ކެމްބޯޑިއާއާ އެއްވަރުކޮށްފި

19 އޮކްޓޯބަރު 2019
ޔުއެފާ އެސިސްޓް މުބާރާތް: ރާއްޖެއިން ކެމްބޯޑިއާއާ އެއްވަރުކޮށްފި
14 ޖެނުއަރީ 2019

ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން އާސެނަލްއާ އެއްވަރުކޮށްފި

14 ޖެނުއަރީ 2019
ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން އާސެނަލްއާ އެއްވަރުކޮށްފި
06 ޖޫން 2017

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް