Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޒާގީ އިންޓައާ ހަވާލުވުން

އިންޓަގެ ކޯޗަކަށް ލާޒިއޯ ދޫކޮށްލި އިންޒާގީ

3 ޖޫން 2021 | ބުރާސްފަތި 20:43

އިންޒާގީ މިހާތަނަށް އިރުޝާދުދީފައިވަނީ ލާޒިއޯއަށް އެކަނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖޫން 2021 | ބުރާސްފަތި 20:43
އިންޓަގެ ކޯޗުގެ މަގާމާ ހަވާލުވި ސިމޯން އިންޒާގީ

އިންޓަގެ ކޯޗުގެ މަގާމާ ހަވާލުވި ސިމޯން އިންޒާގީ

އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނުގެ ކޯޗަކަށް ދާދި ފަހުން ލާޒިއޯ ދޫކޮށްލި ސިމޯން އިންޒާގީ ހަމަޖަައްސައިފިއެވެ.

އިންޓަގެ ކޯޗަކަށް އިންޒާގީ ހަމަޖެއްސީ، އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓައަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭ ދޫކޮށްލުމުންނެވެ. މި ސީޒަނުގެ ލީގު ޗެމްޕިއަންކަން އިންޓައިން ހޯދިއިރު، މިއީ މިދިޔަ 11 އަހަރު ތެރޭ އެ ޓީމުން ލީގު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އިންޓައިން އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮންޓޭ އިންޓަގެ އެއްބަސްވުން އުވާލަން ނިންމީ އެ ޓީމުގެ ދަރަނިތައް ކުޑަކުރުމުގެ ގޮތުން 80 މިލިޔަން ޔޫރޯއަށް ވާ ވަރަށް ކުޅުންތެރިން ވިއްކާލަން އެ ޓީމުގެ ވެރިން ނިންމުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ރޮމެލޫ ލުކާކޫ، އަޝްރަފް ހަކީމީ، ނިކޯލޯ ބަރެއްލާ، ލަޓާރޯ މާޓިނޭޒް އަދި މިލާން ސްކްރިނިއޭ ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލުކާކޫ ވަނީ އޭނާ އަންނަ ސީޒަނުގައި އިންޓައިން ފެންނާނެ ކަމަށް ބުނެފައެވެ.

މިދިޔަ ހަފުތާގައި ކޮންޓޭ އިންޓަ ދޫކޮށްލާފައިވާއިރު، ބުރާސްފަތި ދުވަހު އެ ޓީމުން ވަނީ އުމުރުން 45 އަހަރުގެ އިންޒާގީއަށް ކޯޗުގެ މަގާމު ހަވާލުކޮށްފައެވެ. އަންނަ ސީޒަނަށް އިންޓަގެ ކޯޗުގެ މަގާމާ އިންޒާގީ ހަވާލުވިއިރު، އޭނާ މިހާތަނަށް އިރުޝާދުދީފައިވަނީ ލާޒިއޯއަށް އެކަންޏެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފަށައިގެން މިދިޔަ މެއި މަހާ ހަމަށް އިންޒާގީ ލާޒިއޯއަށް އިރުޝާދުދިންއިރު، މި މުއްދަތުގައި އޭނާ ވަނީ އެ ޓީމާއެކު އިޓާލިއަން ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް