Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ އާ ރައީސް އައްޔަންކުރުން

އިސްރާއީލްގެ ރައީސްކަމަށް ހާރޒޮގް އައްޔަންކޮށްފި

87 ވޯޓާއެކު ހަރޒޮގްވަނީ އިސްރާއީލްގެ ރައީސްކަމަށް އައްޔަންކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ޖޫން 2021 | ބުރާސްފަތި 05:19
އައިސާކް ހަރޒޮގް ގަނޫނު ހަދާ މަޖިލިސް. ކެނެސެޓް ބެރުގައި

އައިސާކް ހަރޒޮގް ގަނޫނު ހަދާ މަޖިލިސް. ކެނެސެޓް ބެރުގައި

އިސްރާއީލްގެ ރައީސް ކަމަށް އައިސާކް ހަރޒޮގް އައްޔަން ކޮށްފިއެވެ.

އިސްރާއީލްގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކެނެސެޓްގައި މިކަމަށް ނެގި ވޯޓުގައި 87 ވޯޓާއެކު ހަރޒޮގްވަނީ އިސްރާއީލްގެ ރައީސްކަމަށް އައްޔަންކޮށްފައެވެ. ހަރޒޮގްއާ ވާދަ ކުރެއްވީ ކުރީގެ ހެޑްމިސްޓްރެސްއެއް ކަމުގައިވާ މަރިއަމް ޕެރޭޒްއެވެ.

ހަރޒޮގަކީ ލޭބާރ ޕާޓީގައި ދިގު ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ސިޔާސީ ބޭފުޅެކެވެ. އުމުރުން 60 އަހަރުގެ ހާރޒޮގް އިޒްރާއީލުގެ ރައީސްކަމުގެ މަގާމަށް އައްޔަން މިކުރެވުނީ، 2014 ވަނަ އަހަރު ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި ރުވެން ރިވްލިންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ހަރޒޮގް އޮފީހާ ހަވާލުވާނީ އަންނަ މަހުއެވެ.

އިސްރާއީލުގެ ރައީސްކަމުގެ މަގާމަކީ، މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. މަގާމަށް ބޭފުޅަކު އައްޔަން ކުރާގޮތަށް ހަމަޖެހިފައި އޮންނަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އިސްރާއީލުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގާނޫނު އަސާސީން ލިބިދީފައި އޮންނަނީ މަދު ބާރުތަކެކެވެ. އެގޮތުން، ރައީސްގެ މައިގަނޑު ދައުރަކީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އިންތިޚާބަށްފަހު، ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކޮށް، އާ ސަރުކާރު އުފެއްދުމުގެ ދައުވަތު ކެންޑިޑޭޓުންނަށް އެރުވުމެވެ. އިސްރާއީލުގެ ގާނޫނު އަސާސީން ސިޔާސީ ގިނަ ބާރުތައް ދޫކޮށްފައި އޮންނަނީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ.

ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ހަރޒޮގް ވިދާޅުވީ، ގުޅުންތައް ބަދަހި ކުރެއްވުމަށް މަސަައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ރުވެން ފޮނުއްވި މަރުހަބާގެ މެސެޖްގައި ވިދާޅުވެފައިވަނީ، އިސްރާއީލް ދަރިކޮޅުގެ ފުރަތަމަ ރައީސެއްގެ ހައިސިއްޔަތުން އިސްރާއީލްގެ ދިފާއުގައި މަސައްކަތް ކުރެއްވުމަށެވެ. އަދި އެއީ ކޮނޑުގައި އެޅޭ ބޮޑު މަސްއޫލިއްޔަތެއް ކަަމަށް ވިދާޅުވެފައި ވެއެވެ. ހަރޒޮގްއަށް އޮފީސް ދޫކޮށްލާނީ ފަޚުރުވެރިކަމާއެކު ކަމަށް މެސެޖްގައި ބުނެފައިވެއެވެ.

އިސްރާއީލްގެ އާ ރައީސަކު އައްޔަންކޮށްފައި މިވަނީ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅުން އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2018

އިންޓަޕޯލްގެ ރައީސްކަމަށް ދެކުނު ކޮރެއާގެ ކިމް ޔޮން-ޔެންގް

21 ނޮވެމްބަރު 2018
އިންޓަޕޯލްގެ ރައީސްކަމަށް ދެކުނު ކޮރެއާގެ ކިމް ޔޮން-ޔެންގް
29 އޮކްޓޯބަރު 2018

ސްރީލަންކާގެ މަސްރަހު އެންމެ ފަސް: ޓްރާންސްޕޯޓް މިނިސްޓަރާއި ފޮެރިން މިނިސްޓަރ އައްޔަންކޮށްފި

29 އޮކްޓޯބަރު 2018
ސްރީލަންކާގެ މަސްރަހު އެންމެ ފަސް: ޓްރާންސްޕޯޓް މިނިސްޓަރާއި ފޮެރިން މިނިސްޓަރ އައްޔަންކޮށްފި
29 އޮކްޓޯބަރު 2018

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އޮމާންގައި

29 އޮކްޓޯބަރު 2018
އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އޮމާންގައި
29 އޮކްޓޯބަރު 2018

ބްރެޒިލްގެ އާ ރައީސްކަމަށް ކަނާތު ފިޔައިގެ ބޮލްސާނަރޯ އިންތިޚާބުކޮށްފި

29 އޮކްޓޯބަރު 2018
ބްރެޒިލްގެ އާ ރައީސްކަމަށް ކަނާތު ފިޔައިގެ ބޮލްސާނަރޯ އިންތިޚާބުކޮށްފި
03 އޮކްޓޯބަރު 2018

އިރާގުގެ ރައީސްކަމަށް ބްރަހަމް ސާލިޙް އިންތިޚާބުކޮށްފި

03 އޮކްޓޯބަރު 2018
އިރާގުގެ ރައީސްކަމަށް ބްރަހަމް ސާލިޙް އިންތިޚާބުކޮށްފި
17 އޯގަސްޓު 2018

އިމްރާން ޚާން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަންކޮށްފި

17 އޯގަސްޓު 2018
އިމްރާން ޚާން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަންކޮށްފި
14 ޖޫން 2018

އިސްރާއީލްގެ ގަތުލް އާންމު އދ. އިން ކުށްވެރިކޮށްފި

14 ޖޫން 2018
އިސްރާއީލްގެ ގަތުލް އާންމު އދ. އިން ކުށްވެރިކޮށްފި
16 އެޕްރީލު 2018

އަޚުލާގީ ގޮތުން ބަލާއިރު ރައީސްކަމަށް ޓްރަމްޕް ކުފޫ ހަމައެއް ނޫން: ކޯމޭ

16 އެޕްރީލު 2018
އަޚުލާގީ ގޮތުން ބަލާއިރު ރައީސްކަމަށް ޓްރަމްޕް ކުފޫ ހަމައެއް ނޫން: ކޯމޭ
18 ޑިސެމްބަރު 2017

އިސްރާއީލްގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް އދ. ގެ ގަރާރެއް ފާސްކުރުމަށް ތުރުކީ އިން އަމާޒު ހިފައިިފި

18 ޑިސެމްބަރު 2017
އިސްރާއީލްގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް އދ. ގެ ގަރާރެއް ފާސްކުރުމަށް ތުރުކީ އިން އަމާޒު ހިފައިިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު