Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކް އެތެރެކުރުން މަނާކުރުން

ޕްލާސްޓިކްގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޣައްޔަރުވޭ- މިނިސްޓަރ

8 ބާވަތެއް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 1 ޖޫން 2021 | އަންގާރަ 15:15
މިނިސްޓަރ އާމިނަތު ޝައުނާ

މިނިސްޓަރ އާމިނަތު ޝައުނާ

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ތަޣައްޔަވަމުންދާ ކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައިވާ 8 ބާވަތެއް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރެވިގެންދާތީ އެކަމަށް މަރުހަބާ ކިޔައި، މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާހައުލު ކިލަނބުވެ އެއްދުވަހުން އަނެއްދުވަހަށް ތަޣައްޔަރުވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން ޕްލާސްޓިކު ކުނީގެ ޝިކާރައަކަށްވެ، ރަށްތަކުގެ ރީތި އަތިރިމަތިތަކާއި، ސާފު ގޮނޑުދޮށާއި، އަދި ކަނޑުފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުތަކާއި އެހެނިހެން ޕްލާސްޓިކް ކުނި އަޅަމުންދާ ވަރު ދުވަހެއް ދުވަހަކަށް އިތުރުވެ، ޕްލާސްޓިކުގެ ސަބަބުން ނާޒުކު ތިމާވެށި ތަޣައްޔަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބާވަތްތަކަކީ، ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ބޭނުންކޮށް ގޮނޑުދޮށްތަކަށާއި، މޫދާއި ފަރު އަދި ކަނޑަށް އުކާލަމުންދާ ބާވަތްތައް ކަމަށެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދުން ފެށިގެން 8 ބާވަތެއް އިމްޕޯޓު ކުރުން މަނާކޮށްފައިވާއިރު، ކޮވިޑް 19 ގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަށްކޮށް، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ތަކެތީގެ ތެރެއިން ބައެއް ތަކެތި އިމްޕޯޓުކުރުން މަނާކުރާ ސުންގަޑި އަށް ވަނީ ބަދަލު ގެނެސްފައެވެ. އެބަދަލު ތަކުގެ ތެރޭގައި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް އިމްޕޯޓުކުރުން މަނާކުރާ ސުންގަޑި 1 ޖޫން 2022 އަށް ފަސްކުރުމާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި މަނާ ކުރާ ތާރީޚް 31 ޑިސެންބަރު 2021 އަށް ފަސްކުރުން ހިމެނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ތެރޭގައި ހިމެނޭ ބާވަތްތައް އިމްޕޯޓްކުރުން މަނާކުރެވިގެންދާނީ އެކި މަރުހަލާ ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި މިއަދުން ފެށިގެން އިމްޕޯޓް ކުރުން މަނާކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ:

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ، ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި                   

2- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

3- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދައިފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް

4-  ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ

5- 250 މިލިލީޓަރަށް ވުރެ ކުދި، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި.

6- ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު

7- 50 މިލިލީޓަރާއި އަދި އެއަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި  ލޯޝަން ފުޅި

8- ރާއްޖެއަށް އިމްޕޯޓު ކުރާ  500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް