Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި ބްރޭނާއަށް އަނިޔާވުން

ޔޫރޯގައި ޑި ބްރޭނާއަށް ކުޅެވޭނެކަން ހަފުތާއެއްގެ ތެރޭގައި އެނގޭނެ

1 ޖޫން 2021 | އަންގާރަ 12:25

އެ އަނިޔާތަކާ ގުޅިގެން ޑި ބްރޭނާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ޖޫން 2021 | އަންގާރަ 12:25
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ޑި ބްރޭނާއަށް އަނިޔާވެފައި ވަނިކޮށް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ޑި ބްރޭނާއަށް އަނިޔާވެފައި ވަނިކޮށް

މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ކުޅެވޭނެކަން ހަފުތާއެއްގެ ތެރޭގައި އެނގޭނެ ކަމަށް ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ޑި ބްރޭނާއަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިންނެވެ. އެ މެޗުން ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުން ސިޓީ ބަލިވިއިރު، ދެވަނަ ހާފުގައި ޑި ބްރޭނާގެ މޫނަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީގެ އެންޓޯނިއޯ ރުޑިގާ ކުރި ފައުލަކާއެކު ޑި ބްރޭނާގެ ނޭފަތާއި ލޮލަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާގެ ތަފުސީލު އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ދާދި ފަހުން ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެ އަނިޔާތަކާ ގުޅިގެން ޑި ބްރޭނާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ. މާޓިނޭޒް ބުނީ ޔޫރޯގައި ޑި ބްރޭނާއަށް ކުޅެވޭނެކަން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެނގޭނެ ކަމަށާއި، އުންމީދަކީ އަންނަ ހަފުތާގައި އޭނާ އެއްކޮށް ފިޓްވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ކަމަށެވެ.

ޔޫރޯގައި ޑި ބްރޭނާއަށް ކުޅެވޭނެކަން ހަފުތާއެއްގެ ތެރޭގައި އެނގޭނެ ކަމަށް މާޓިނޭޒް ބުނިއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު ކުރި ޓްވީޓެއްގައި ޑި ބްރޭނާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑި ބްރޭނާ ވަނީ އެ އަނިޔާތަކުގެ ތަފުސީލު ހޯދުމަށް މެންޗެސްޓާގެ ބައެއް ހޮސްޕިޓަލްތަކުން ޓެސްޓުތައް ހަދާފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ޔޫރޯ ފަށާއިރު،  އެ މުބާރާތުގައި ބެލްޖިއަމް ހިމެނުނީ ގުރޫޕް ބީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި، ފިންލެންޑް އަދި ރަޝިއާއެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ބެލްޖިއަމް ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 މެއި 2018

މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!

23 މެއި 2018
މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!
06 މާރިޗު 2018

އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު، ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް!

06 މާރިޗު 2018
އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު، ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް!
13 ޑިސެމްބަރު 2017

2020 ވަނަ އަހަރުގެ ޔޫރޯގައި ފެނިދާނެ: ބުފޮން

13 ޑިސެމްބަރު 2017
2020 ވަނަ އަހަރުގެ ޔޫރޯގައި ފެނިދާނެ: ބުފޮން
20 ނޮވެމްބަރު 2017

ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް: މާސެލޯ

20 ނޮވެމްބަރު 2017
ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް: މާސެލޯ
12 ނޮވެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު

12 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު
17 މެއި 2017

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް