Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު، ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް!

6 މާރިޗު 2018 | އަންގާރަ 04:05

ކްރިސްޓަލް ޕެލަސްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 3-2 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 މާރިޗު 2018 | އަންގާރަ 04:05
ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު މަޓިޗް ޖަހަނީ: މިލަނޑު މަޓިޗް ޖަހާފައިވަނީ 25 ޔާޑު ބޭރުން ފޮނުވާލި ބޯޅަ އަކުން

ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު މަޓިޗް ޖަހަނީ: މިލަނޑު މަޓިޗް ޖަހާފައިވަނީ 25 ޔާޑު ބޭރުން ފޮނުވާލި ބޯޅަ އަކުން

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު، އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ޔުނައިޓެޑް ހަނި ގޮތަކަށް މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ، ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 3-2 ންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީވެސް ކްރިސްޓަލް ޕެލަސް އިންނެވެ. މެޗުގެ ބޮޑު ބައެއްގައި ކްރިސްޓަލް ޕެލަސް އިން ލީޑު ކުރިއިރު، ޔުނައިޓެޑް މިމެޗު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އިން ދެ ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ.

މެޗުގެ 11 ވަނަ މިނިޓުގައި ކްރިސްޓިއަން ބެންޓެކޭ ދިން ބޯޅައަކުން ކްރިސްޓަލް ޕެލަސް އަށް ކުރި ހޯދައިދިނީ އެންޑްރޯސް ޓައުންސެންޑެވެ.

މިލަނޑާއެކު ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން ތިންވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސް އަށް ލީޑު ފުޅާ ކޮށްދިނީ ޕެޓްރިކް ވެން އާންހޯލްޓެވެ.

ޔުނައިޓެޑްގެ ފުރަތަމަ ލަނޑު، 55 ވަނަ މިނިޓުގައި އެންޓޯނިއޯ ވެލެންސިއާ ނެގި ހުރަހަކުން ޖަހައިދިނީ ކްރިސް ސްމޯލިންގ އެވެ.

މެޗު ނިމެން 14 މިނިޓަށްވެފައި ވަނިކޮށް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ޕްރިމިއަރ ލީގުގައި ލުކާކޫ ޖެހި 99 ވަނަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހާ، މިމެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ނެމާންޔާ މަޓިޗެވެ. މިއީ މެންޗެސްޓަރ ޔުނައިޓެޑަށް މަޓިޗް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މިމެޗުން މޮޅުވެގެން ތާވަލްގެ 13 ވަނަ އަށް އެރުމުގެ ފުރުޞަތު ކްރިސްޓަލް ޕެލަސް އަށް އޮތް ނަމަވެސް، ފަހު ވަގުތު ޔުނައިޓެޑް އަތުން ބަލިވުމާއެކު ކްރިސްޓަލް ޕެލަސް އަށް ރެލިގޭޝަން ޒޯނުން އަރައިގަނެވޭ ގޮތެއް ނުވިއެވެ.

ޕްރިމިއަރ ލީގުގައި 29 މެޗު ކުޅެގެން 27 ޕޮއިންޓާއެކު ކްރިސްޓަލް ޕެލަސް އޮތީ ތާވަލްގެ ފުލުހުން ތިންވަނާގައެވެ. ކްރިސްޓަލް ޕެލަސް އަތުން ހޯދި ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ ތާވަލްގެ ކުރީގައިވާ މެންޗެސްޓަރ ސިޓީ އާ ދެމެދުގައިވާ ފަރަގު 16 ޕޮއިންޓަށް ހަނިކޮށްފައެވެ. ތާވަލްގެ ކުރީގައިވާ މެންޗެސްޓަރ ސިޓީ އަށް 78 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައިވާ ޔުނައިޓެޑަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. 60 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި ލިވަޕޫލް އޮތްއިރު، ގަދަ ފަހެއްގައި ދެން ހިމެނެނީ ޓޮޓެންހަމް ހޮޓްސްޕަރ އަދި ޗެލްސީ އެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް