Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބުފޮން ރިޓަޔާކުރުން

2020 ވަނަ އަހަރުގެ ޔޫރޯގައި ފެނިދާނެ: ބުފޮން

އޭނާއަކީ އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ގަބޫލްކުރާ މީހެއް ނޫންކަމަށް ބުފޮން ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2017 | ބުދަ 16:55
ޖިއަންލުއީޖީ ބުފޮން

ޖިއަންލުއީޖީ ބުފޮން

2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރަތުގައި ކުޅުންތެރިޔެއްގެ ގޮތުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިޓަލީގެ ލެޖެންޑް ޖިއަންލުއީޖީ ބުފޮން ބުނެފިއެވެ.

މީގެކުރިން ދިން އިންޓަވިއުއެއްގައި ބުފޮންވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ޔުވެންޓަސްއަށް ނުލިބިއްޖެނަމަ ރިޓަޔާ ކުރާނެ ކަމަށް ބުނެފައެވެ. ސްވިޑެން އަތުން 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ 58 އަހަރަށްފަހު އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުމާއެކު ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރިއެވެ.

އެހެން ނަމަވެސް އިޓަލީގައި ދެވޭ ފުޓްބޯލް އެވޯޑްސްގައި ވާހަކަ ދައްކަމުން ބުފޮން ބުނީ ސްވިޑެން އަތްދަށުވެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމާއެކު ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ސަޕޯޓް އިތުރުވެގެން ދިޔަކަމަށެވެ. އޭނާގެ ސަޕޯޓަރުންނަށް އޭނާއަކީ ތެދުވެރިކަމާއެކު މަސައްކަތްކުރާ މީހެއްކަން ފެނިގެން ގޮސްފައިވާ ކަމަށް ބުފޮން ބުނެފައިވެއެވެ.

2020 ވަނަ އަަހަރު އޮންނަ ޔޫރޯގައި ކުޅެން ބޭނުންތޯ ސުވާލުކުރުމުން ބުފޮން ބުނީ އޭނާއަކީ އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ގަބޫލްކުރާ މީހެއް ނޫންކަމަށާއި ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރަން ތައްޔާރަށްހުރި ކަމަށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ އޭނާ ގައުމީ ޓީމަށް ކުޅެނީ 'ސޯލްޖާ' އެއްގެ ގޮތުގައި ކަމަށާއި 60 އަހަރު ވިޔަސް ގައުމީ ޓީމަށް ކުޅެން ގޮވާލައިފިނަމަ އެކަމަށް އިޖާބަ ދޭނެ ކަމަށެވެ.

އިޓަލީ ގައުމީ ޓީމަށް 20 އަހަރަށް ފަހު ކުޅުން ހުއްޓާލި ކަމަށް ބުނި މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވަނީ އެޓީމަށް 175 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އިޓަލީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 637 މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 10 ލީގު ތަށި، ހަތަރު ކޮޕާ އިޓަލިއާ، ފަސް އިޓާލިއަން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު