Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް

ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ރައީސް ގޮވާލައްވައިފި

31 މެއި 2021 | ހޯމަ 05:36

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 މެއި 2021 | ހޯމަ 05:36
ޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެންސްގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެންސްގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި ކޮވިޑް-19 އަކީ ވެސް ފުއްޕާމެޔާއި ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޮވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށް ވެސް އެމަނިކުފާނުގެ ޚިޠާބުގައި އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް