Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެގިއުލަރައިޒޭޝަން ޕްރޮގްރާމް

ކާފިއު ވަގުތު ހުއްދަ ނެތި އުޅޭ ބިދޭސީން ވެސް ޑީޕޯޓްކޮށްލަނީ

31 މެއި 2021 | ހޯމަ 03:05

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 މެއި 2021 | ހޯމަ 03:05
ރެގިއުލަރައިޒޭޝަން ޕްރޮގްރާމް

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް

ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާ ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިމިގްރޭޝަނުން ހިންގާ މި މިޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިޔަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ. މި ޕްްރޮގްރާމް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވެސް ދަނީ އެހީތެރިވަމުންނެވެ. އިމިގްރޭޝަނުން ބުނީ ވާކް ވިސާ ނެތި އަދި ކޯވިޑް-19އާ ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތައް ހިފަހައްޓައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި މީހުންގެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ އެހީތެރިކަމާއެކު އެމްޕީއެލްގެ ބަސްތަކުގައިކަމަށެވެ. ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާ ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށްފަހު އެފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އޮންނަ އެސޫލުން ކުރިޔަށް ދާނެކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް އަލުން ފަށާފައިމިވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރުމަށް ހިންގާ "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމް މާރޗްމަހު މެދު ކަނޑާލާފައި އޮތުމަށް ފަހުއެވެ. މި ޕްރޮގްރާމް މެދުކަނޑާލާފައިވާ ސަބަބެއް އިކޮނޮމިކް މިނިސްޓްރީން އޭރު ހާމަކޮށްފައެއް ނުވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓަރ ވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ރަޖިސްޓްރީވުމަށް މަސައްކަތް ކުރަމުންނެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދީފައިވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅެއެވެ. މިހާރުވެސް ރާއްޖޭގައި ވާކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިސްނަގައިގެން ހިންގާ ރެގިއުލަރައިޒޭޝަން ޕުރޮގުރާމަށް ބަންގްލަދޭޝްގެ ފޮރިންގ މިނިސްޓަރ ވަނީ ތަޢުރީފު ވެސް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް