Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތިން ވައްތަރެއްގެ ފަންގަސް ޖެހި މީހަކު މަރުވުން

ކޮވިޑް ޖެހުނު މީހަކަށް ތިން ވައްތަރެއްގެ ފަންގަސް ޖެހި އެންމެ ފަހުން މަރު

އޭނާއަށް ޖެހިފައިވަނީ އެންމެ އާންމުކޮށް ފެންނަމުންދާ ބްލެކް ފަންގަސް އާއި ވައިޓް ފަންގަސް އަދި ވަރަށް މަދުން ނޫނީ ނުފެންނަ ޔެލޯ ފަންގަސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 މެއި 2021 | އާދީއްތަ 17:30
ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާ ވޯޑެއްް

ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާ ވޯޑެއްް

އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހަކަށް ތިން ވައްތަރުގެ ފަންގަސް ޖެހިގެން މަރުވެއްޖެއެވެ.

މިއީ ތިން ވައްތަރުގެ ފަންގަސް ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓްކުރި މީހުންގެ ތެރެއިން މީހެކެވެ. ތިން ވައްތަރުގެ ފަންގަސް އެކެއްގެ ހަށިގަނޑުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ.

އުމުރުން 59 އަހަރުގެ ކުންވާރު ސިންގ އަކީ ލޯޔަރެކެވެ. އޭނާއަށް އިންޑިޔާގައި މިހާރު އާންމު ވަމުން އަންނަ ފަންގަސް ބަލި ޖެހިގެން ފަރުވާދެމުން އައީ އުއްތަރް ޕްރަދޭޝްގެ ހޮސްޕިޓަލެއްގައެވެ. ކުންވާރަށް އެންމެ ފުރަތަމަ ކޮވިޑް ޖެހިފައިވަނީ މިއަހަރުގެ މާރޗް މަހުއެވެ. އެއަށްފަހު އޭނާއަށް ފަންގަސް ބަލި ޖެހިގެން ފަރުވާކުރަމުން އަންނަކަމަށް އިންޑިޔާގެ މީޑިޔާތަކުން ވަނީ މިހަފުތާ ބަންދުގައި ރިޕޯޓްކޮށްފައެވެ.

ކުންވާރަށް ފަރުވާ ދެމުން އައި ޑޮކްޓަރާ ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ އޭނާއަށް ޖެހިފައިވަނީ އެންމެ އާންމުކޮށް ފެންނަމުންދާ ބްލެކް ފަންގަސް އާއި ވައިޓް ފަންގަސް އަދި ވަރަށް މަދުން ނޫނީ ނުފެންނަ ޔެލޯ ފަންގަސްއެވެ.

ސިންގް ގެ ޑޮކްޓަރު ކުރިން ބުނެފައިވަނީ ސިންގަކީ އޭނާ ފަރުވާދެމުންދާ ބަލި މީހުންގެ ތެރެއިން ތިން ވައްތަރުގެ ފަންގަސް ޖެހިގެން ފަރުވާދިން ފުރަތަމަ މީހާ ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރު މިހާރުވެސް އަންނަނީ ޔެލޯ ފަންގަސް ޖެހިފައިވާ ބަލި މީހަކަށް ފަރުވާދެމުންނެވެ. އެމީހާއަކީވެސް ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހެކެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ބްލެކް ފަންގަސް އާއި ވައިޓް ފަންގަސް އަށްވުރެ ޔެލޯ ފަންގަސްގެ ނުރައްކާބޮޑެވެ. ސަބަބަކީ ޔެލޯ ފަންގަސްގެ ސަބަބުން އިންސާނާގެ އެތެރެ ހަށީގައި ހުރި މުހިންމު ގުނަވަންތަކަށް ދޭ ގެއްލުން ދެނެގަންނަން އުނދަގޫވާތީއެވެ. ސިކުނޑި އާއި ފުއްޕާމޭ ފަދަ މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ފަންގަސް ދޭއިރު އެކަން ކުރީކޮޅު ދެނެގަތުމަށް ފަސޭހައެއް ނޫނެވެ. އެކަމުގެ ސަބަބުން މީހާގެ ފުރާނަ ސަލާމަތްކުރުމަށް އުނދަގޫވެއެވެ. ޔެލޯ ފަންގަސް އަކީ މިފަހަކުން ފެނިގެން އުޅޭ ފަންގަސް އެކެވެ.

ޑޮކްޓަރާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ޑޮކްޓަރު މިހާރު ފަރުވާ ދެމުންދާ ޔެލޯ ފަންގަސް ޖެހިފައިވާ މީހާއަށް ފަންގަސް ޖެހިފައިވަނީ ސިކުނޑި ކައިރިއަށެވެ. އަދި އޭނާގެ ކަތުރުކަށިގަނޑު ވަނީ ނަގާފައެވެ.

އިންޑިޔާއަށް ކޮވިޑް-19 ގެ ނުރައްކާތެރި ދެވަނަ ރާޅެއް ކުރިމަތިވެފައިވާއިރު ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަކީ މިހާރު އުތަރް ޕްރަދޭޝްގެ އެޕިޑެމިކް ޑިޒީސް ގާނޫނުގެ ދަށުން ރިޕޯޓްކުރަންޖެހޭ ބައްޔެކެވެ. އެސަރަހައްދުގެ ސިއްހީ އިދާރާތަކަށް މިބަލި ޖެހިގެން ރިޕޯޓްކުރަން ޖެހޭނެއެވެ.

އުތަރް ޕްރަދޭޝްގެ ގާޒީއާބާދު ގައިވެސް އެކަނި ފަންގަސް ބަލި ޖެހިފައިވާ 65 މީހުން ތިބި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެއެންމެންނަކީވެސް ކޮވިޑް ޖެހިފައިވާ މީހުންނެވެ.

އިންޑިޔާގައި މިވަގުތުވެސް 27.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އިންޑިޔާގެ އެކި ހިސާބުތަކުން އަންނަނީ ފަންގަސް ބަލިޖެހިގެން ރިޕޯޓްކުރަމުންނެވެ. އެކި ސްޓޭޓްތަކުން މިހާރުވެސް އެބައްޔަކީ އެހިސާބުތަކުގައި ފެތުރިގެން ހިނގައިދާނެ ބައްޔެއްގެ ގޮތުގައި ވަނީ އިއުލާންކޮށްފައެވެ. ހަމައެކަނި ބްލެކް ފަންގަސްގެ 12،000 އާ ކައިރިކުރާ ކޭސްތައް ރިޕޯޓްކުރެވިފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

މިބަލީގެ ސަބަބުން މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދޭއިރު ޑޮކްޓަރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިއުކޯމައިކޯސިސް ފެތުރެން މެދުވެރިވީ ކޮވިޑް-19 ބަލީގައި ހާލު ބޮޑުވާމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ސްޓެރޮއިޑްސް ފަރުވާ ދޭންޖެހުމުގެ ސަބަބުންނެވެ. އަދި ކޮވިޑް ޖެހިގެން ސްޓެރޮއިޑްސް ފަރުވާ އާއި ގިނަ ދުވަސްތަކެއް ވަންދެން އޮކްސިޖަން ދީފައިވާ މީހުންނަށް ފަންގަސް ބަލި ޖެހިފައިވެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއުކޯމައިކޯސިސް ބަލީގައި ފުރާނަ ގެއްލުމުގެ ފުރުސަތު އޮންނަނީ 54 އިން ސައްތައެވެ. ބަލިން ގަދަވުމުގައި ބަލި މީހާގެ ހާލަތާއި ބަލީގެ އަސަރު ކުރާ ގުނަވަނެއްގެ ގޮތުން ފުރުސަތު އިތުރުވެ ކުޑަވެއެވެ.

މިއުކޯމައިކޯސިސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް ވައިގެ ތެރޭގައި ހުންނަ ފަންގަހުގެ (ސްޕޯ) (ކުނޑި) ތަކުގެ ޒަރީއާއިން ބަލި ޖެހެއެވެ. އެހެން ކަމުން ބަލިން ރައްކައުތެރިވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. 

އިތުރަށް ކިޔާލަން

02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު