Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް ބަލީގައި މީހުން މަރުވުން

އޮކްސިޖަނާއި ވެންޓިލޭޓަރާއެކު ނޭވާނުލެވި ދުނިޔެ ދޫކުރުން

ކޮވިޑްގެ ރާޅު ތިރި ނުކުރެވިއްޖެ ނަމަ މަރުވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 29 މެއި 2021 | ހޮނިހިރު 15:11
ވެންޓިލޭޓަރާއި އޮކްސިޖަން މަދު ނުވާވަރަށް ރާއްޖޭގައި އެބަހުރި، އެކަމަކު މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން

ވެންޓިލޭޓަރާއި އޮކްސިޖަން މަދު ނުވާވަރަށް ރާއްޖޭގައި އެބަހުރި، އެކަމަކު މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން

ކޮވިޑް ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށިފަހުން އެކިވަރުގެ ސާޖްތައް ނުވަތަ ރާޅުތައް މިދަނީ ފެންނަމުންނެވެ. އެކަމަކު މި މެއި މަސް ފެށުނު ފަހުން ކޭސްތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 60,000ށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން ހަމައެކަނި މެއިމަހު ވެސް 31,000ށް ވުރެ ގިނަ ކޭސް ފެނިފައިވެއެވެ. އެހެން ކަމުން އެއީ މިހާތަނަށް ފެނުނު ކޭހުގެ 50 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ. މަރުވި މީހުންގެ އަދަދުތަކުގެ ތަފާސް ހިސާބުތައް ވެސް ހުރީ ހަމަ މި ފަދަ ގޮތަކަށެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައި ވަނީ 157 މީހުންނެވެ. އޭގެތެރެއިން 84 މީހުން ނިޔާވީ މެއި މަހުގެ ތެރޭގައެވެ. އެއީ ރާއްޖޭގައި ނިޔާވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ. މި އަދަދުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ބޮޑެތި އަދަދުތަކަކަށް ނުވެދާނެއެވެ. އެކަމަކު މި އަދަދު ތަކަކީ ނިސްބަތުން ބޮޑެތި އަދަދުތަކަކަށް ވެދާނެބާވައެވެ. އެހެން ބައެއް ގައުމުތަކާއި އަޅާ ބަލާއިރު މަރުވާ މީހުންގެ ނިސްބަތް ރާއްޖޭގައި ހުރީ ކިހާ ހިސާބެއްގައި ބާވައެވެ. ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ދިމާވި ސަބަބަކީ ކޮބައިބާވައެވެ. މިއީ މި ތަންވަޅު ކޮށްލުން މުހިންމު ސުވާލުތަކެވެ.

ދިވެހިރާއްޖޭގައި ބަލީގެ ފޭޓަލިޓީ ރޭޓް:

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު ފެންނަމުން ދަނީ ގިނަ ބަޔަކު ކޮވިޑް ބަލީގައި މަރުވަމުން ދާ ތަނެވެ. ދުވާލަކު ތިން ހަތަރު މީހުން އެ ބަލީގައި މަރުވުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. އެހެން ނަމަވެސް މި ބަލިމަޑުކަމުގެ ނުރައްކާތެރި ކަމަށް ބަލާއިރު ހަގީގަތުގައި ވެސް މިއީ ގިނަ އަދަދެއްތޯ ބަލައިލުން ބުއްދި ވެރިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މެއިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ޖުމްލަ 61,844 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. ފަހަރެއްގައި ހަގީގީ އަދަދު މިއަށްވުރެ އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މިހާރު މަގުމަތިން ރެންޑަމް ސާމްޕަލް ނެގުން މެދު ކަނޑާލާފައި ވުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހުއްޓާލާފައި ވުމުންނެވެ.

ހުކުރު ދުވަހާއި ހަމައަށް 61,844 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު, އެއީ ރާއްޖޭގެ އާބާދީގެ 11 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ. އެ ދުވަހާއި ހަމައަށް ބަލީގައި ޖުމްލަ 155 މީހުން މަރުވެފައިވެއެވެ. އެއީ ޕޮޒިޓިވް ވި މީހުންގެ 0.25 އިންސައްތައެވެ. އެހެންކަމުން ހުކުރު ދުވަހާއި ހަމައަށް ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އިންފެކްޝަން ފޭޓަލިޓީ ރޭޓަކީ 0.25 އިންސައްތައެވެ.

ކޮވިޑް ފެތުރިފައިވާ އެހެން ބައެއް ގައުމުތަކުގެ ހާލަތު:

ރާއްޖެއާއި ދާދި އެއްވަރަކަށް ކޮވިޑް ކޭސްތައް ފެނިފައިވާ މޮންގޯލިއާގައި ކޮވިޑް ބަލިމަޑުކަން ފެތުރިފައިވާ މިންވަރަށް ބަލާއިރު, ހުކުރު ދުވަހާއި ހަމައަށް 56621 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 2 އިންސައްތައެވެ. އެ ދުވަހާއި ހަމައަށް ބަލީގައި މަރުވި މީހުންގެ ޖުމްލައަކީ 268 އެވެ. އެހެން ކަމުން މި ތަފާސްހިސާބުތަކަށް ބަލާއިރު އެގައުމުގެ އިންފެކްޝަން ފޭޓަލިޓީ ރޭޓަކީ 0.48 އިންސައްތައެވެ.

އަވައްޓެރި ސިންގަޕޫރުގެ ހާލަތަށް ބަލާއިރު, ހުކުރު ދުވަހާއި ހަމައަށް 62,003 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 1.05 އިންސައްތައެވެ. އެ ދުވަހާއި ހަމައަށް އެ ބަލީގައި ސިންގަޕޫރުން 32 މީހުން މަރުވެފައިވެއެވެ. އެހެން ކަމުން ސިންގަޕޫރުގެ އިންފެކްޝަން ފޭޓަލިޓީ ރޭޓަކީ 0.05 އިންސައްތައެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ރާއްޖެއާ އެންމެ ކައިރި ކުރާ އަނެއް ގައުމަކީ އަފްޣާނިސްތާނެވެ. އެގައުމުގެ ހާލަތަށް ބަލާއިރު, ހުކުރު ދުވަހާއި ހަމައަށް 70,761 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 0.18 އިންސައްތައެވެ. އެ ދުވަހާއި ހަމައަށް ބަލީގައި 2919 މީހުން މަރުވެފައިވެއެވެ. އެހެން ކަމުން މި ތަފާސްހިސާބުތަކަށް ބަލާއިރު އަފްޣާނިސްތާނުގެ އިންފެކްޝަން ފޭޓަލިޓީ ރޭޓަކީ 4.13 އިންސައްތައެވެ.

އިސްވެ ފާހަގަކޮށްލެވުނު ގައުމުތަކާއި ރާއްޖޭގެ އާބާދީގައި ތަފާތުތަކެއް އެބަހުއްޓެވެ. އެގައުމުތަކުގައި ބަލީގައި މަރުވާ މީހުންނާއި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އަޅާ ކިޔާނަމަ ބަލާލަން ޖެހެނީ އާބާދީގެ 100,000 މީހުންގެ ނިސްބަތުންނެވެ. އެގޮތުން މޮންގޯލިއާގެ ކޮންމެ 100,000 މީހަކުން ޕޮޒިޓިވް ވަނީ, ގާތްގަނޑަކަށް 1,703 މީހުންނެވެ. އޭގެތެރެއިން މަރުވަނީ ގާތްގަޑަކަށް 9 މީހުންނެވެ. ސިންގަޕޫރުގެ ކޮންމެ 100,000 އަކުން އެވަރެޖްކޮށް 1053 މީހުން ޕޮޒިޓިވް ވާއިރު އޭގެތެރެއިން މަރުވަނީ އެންމެ މީހެކެވެ. އަފްޣާނިސްތާނަށް ބަލާއިރު ކޮންމެ 100,000 އަކުން 178 މީހުން ޕޮޒިޓިވް ވާއިރު މަރުވަނީ ގާތްގަނޑަކަށް 8 މީހުންނެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު, 100,000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 11,262 މީހުން ޕޮޒިޓިވް ވެއެވެ. އޭގެތެރެއިން ގާތްގަނޑަކަށް 29 މީހުން މަރުވެއެވެ. އެހެންކަމުން މޮންގޯލިއާ, ސިންގަޕޫރު އަދި އަފްޣާނިސްތާނުގެ ހާލަތާއި ރާއްޖޭގެ މިހާރުގެ ހާލަތާއި އަޅާ ކިޔާނަމަ, އެ ތިން ގައުމަށް ވުރެ ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުކަން ފާހަގަ ކުރެވެއެވެ.

އަދަދުތައް ދަށް ނުކުރެވިއްޖެ ނަމަ މަރުވާ މީހުން ބޮޑުތަނުން އިތުރުވާނެ:

ރާއްޖޭގައި ބަލީގެ ހާލަތު މިހާ ނުރައްކާވެ ގިނަ އަދަދަކަށް މީހުން މަރުވަމުން ދިޔުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ހާލަތަށް ރާއްޖެ ދާންޖެހުނީ ވަކި މިވެނި މީހެއްގެ ސަބަބަކުންނެކޭ ބުނެވެން ނެތެވެ. ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ޒިންމާ އަދާކުރުމުގައި ކޮންމެވެސް ވަރަކަށް ފަރުވާކުޑަ ކުރެވިއްޖެ ކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ސަރުކާރާއި ވެރިންގެ ބޮލުގައި މިކަން އަޅުވައި ފުއްދާލެވޭކަށް ނެތެވެ. އެކަމަކު މި ފުންވަޅުގަނޑުން ރައްޔިތުން ސަލާމަތް ކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ.

ޝައްކެއް ނެތެވެ. ސަރުކާރުގެ ވާޖިބު އަދާކުރުމުގައި ފެށުނީއްސުރެ ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން ދިޔަތަން ފެނިފައިވެއެވެ. ކޮވިޑް ބަލި ރާއްޖެއިން ފެނުމުގެ ކުރިން, ހަމައެކަނި އަންދާޒާތަކެއްގެ މައްޗަށް ލަފާކޮށް އެކި ސަރަހައްދު ތަކުގައި ކޮވިޑް ފެސިލިޓީތައް ގާއިމުކުރިއެވެ. ބޭނުންވާނެ ބޭހާއި ޒަރޫރީ އެހެނިހެން ވަސީލަތްތައް އެކި ގައުމުތަކުން ހޯދިއެވެ. އަދާ ހަމައަށް ވެސް މި ކުޑަކުޑަ ރާއްޖޭގެ ހާލަތު މިހާވަރަށް ވެސް ހިފަހައްޓާ ލެވިފައިވަނީ އެ މަސައްކަތްތަކުގެ ސަބަބުންނެވެ.

ކޮވިޑް 19 ބަލިމަޑުކަމުގެ ހާލަތު ގޯސްވި ބައެއް ގައުމުތަކުގައި, ހޮސްޕިޓަލްތަކަށް އޮބި ނޯންނަ ވަރަށް ބައްޔަށް މީހުން ޕޮޒިޓިވްވެ ފަރުވާ ނުލިބި އެތައް ބަޔަކު މަރުވަމުން ދިޔަކަމީ އެންމެ ދަންނަ ހަގީގަތެކެވެ. އެކަމަކު އެ ފެންވަރަށް ރާއްޖޭގެ ހާލަތު ވެއްޓިފައެއް ނުވެއެވެ. މިހާރު ރާއްޖެއަށް ކުރިމަތިވެފައިމިވާ ބޮޑު ސާޖުގައި ވެސް އެއްވެސް ބަލިމީހަކަށް ފަރުވާ ނުދީ ދޫކޮށްލާފައެއް ނުވެއެވެ. ރާއްޖޭގައި މަދުނުވާ ވަރަށް ފެސިލިޓީ އެބަހުއްޓެވެ. ވެންޓިލޭޓަރާއި އޮކްސިޖަން ވެސް އެބަހުއްޓެވެ. މިހުރިހާ ވަސީލަތްތަކާ އެކުވެސް ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކޮންމެވެސް މައްސަލައެއް އެބަ އުޅޭތާއެވެ.

ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އާންމުކުރަމުން ގެންދާ މައުލޫމާތަށް ބަލައިލުމުން އެއްކަމެއް އެނގިގެންދެއެވެ. އެއީ އިންސާނީ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ މިންވަރެވެ. މިސާލެއްގެ ގޮތުން 276 އެނދުގެ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަލައިލާއިރު އެތަނުގައި މަސައްކަތްކުރަމުން ދަނީ އެންމެ 116 ނަރުހުންނެވެ. މިއީ ފުރެމުންދާ, އެ ފެސިލިޓީއާ އަޅާބަލާއިރު ވަރަށް ވެސް މަދު އަދަދެކެވެ.

އިންސާނީ ވަސީލަތްތަކުގެ ދަތިކަމަކީ ކުއްލިއަކަށް ހައްލު ކުރެވޭނެ ކަން ކަމެއް ނޫނެވެ. ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެކަމަކު ހުއްޓުމެއްނެތި އުސްވަމުންދާ ކޮވިޑްގެ ރާޅު ތިރި ނުކުރެވިއްޖެ ނަމަ, މަރުވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ގެންދަނީ ދެމުންނެވެ. އޮކްސިޖަނާއި ވެންޓިލޭޓަރު ލިބި ހުރެމެ ނޭވާ ނުލެވި ދުނިޔެ ދޫކޮށް ދާން ޖެހިދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިކަމާމެދު ވިސްނާ ކޮންމެ މީހަކު ވެސް ބަލިން ރައްކާތެރި ވުމަށް ކުރެވެން ހުރި ކަމެއް ކުރަމާ ބަހީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައު ސަރުކާރުން ބޭރު ދުނިޔެއަށް ދިއްކޮށްލި އަތުގައި ޤައުމުތަކުން ހިފައިފި

އައު ސަރުކާރުން ބޭރު ދުނިޔެއަށް ދިއްކޮށްލި އަތުގައި ޤައުމުތަކުން ހިފައިފި

29 ޖޫން 2019
ނަޝީގެ ރަނުގެ ދުނިޔެ

ނަޝީގެ ރަނުގެ ދުނިޔެ

06 މެއި 2019
ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު