Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚާރިޖީ ސިޔާސަތު

އައު ސަރުކާރުން ބޭރު ދުނިޔެއަށް ދިއްކޮށްލި އަތުގައި ޤައުމުތަކުން ހިފައިފި

ފުރަތަމަ ފަހަރަށް އެމެރިކާގެ ޚާރިޖީ ވަޒީރަކު ދެއްވި ދައުވަތަކަށް އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގެންނެވި ދިވެހި ޚާރިޖީ ވަޒީރަކީ ޝާހިދު

ރާއްޖެ އެމްވީ | 29 ޖޫން 2019 | ހޮނިހިރު 14:02
ފޮރިން މިނިސްޓަރު ޝާހިދު، އީޔޫ ކޮމިޝަންގެ ނައިބް ރައީސާއެކު

ފޮރިން މިނިސްޓަރު ޝާހިދު، އީޔޫ ކޮމިޝަންގެ ނައިބް ރައީސާއެކު

ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ރާއްޖެ އޮތީ ދުނިޔެއާއި އެކަހެރިވެފައެވެ. އަވަށްޓެރި ޤައުމުތަކާއި ގުޅުން ކެނޑި، އިސްލާމީ އެތައް ޤައުމުތަކާއި ގުޅުން ކަނޑާލާފައެވެ. ބައިނަލްއަޤްވާމީ މުޖްތަމައާއި އެކަހެރިވެ، ކޮމަންވެލްތުން ވަކިވެފައެވެ. އދ އިން އަންގާ އެއްވެސް އެންގުމަކަށް ބޯލެނބުމެއް ނެތި، ވިލާތުގެ އިއްތިޙާދާއި ޖެހިގެންފައެވެ. ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި އުތުރު ކޮރެއާއެކޭ ދިވެހިރާއްޖެއެކޭ ތަފާތެއް ނެތެވެ.

ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގަންނަ ސިޔާސަތަކަށް ހެއްދެވިއެވެ. ގުޅުން ގޯސްވެފައިވާ ޤައުމުތަކާއި ގުޅުން ރަނގަޅުކޮށް، ވަކިވެފައިވާ ކޮމަންވެލްތާއި އަލުން ގުޅެއް ނިންމައި، ގުޅުން ކަނޑާލާފައިވާ ޤައުމުތަކާއިއެކު ގުޅުން ޤާއިމްކުރުމުގެ މަސައްކަތް ފެށިއެވެ.

ދުނިޔެއާއި އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދިވެހިރާއްޖެއަކީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް އޮތް ޤައުމެއްކަން ހާމަކޮށްދިނުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވައި ދަތުރުތައް ފެއްޓެވިއެވެ.

ފުރަތަމަ ފަހަރަށް އެމެރިކާގެ ޚާރިޖީ ވަޒީރަކު ދެއްވި ދައުވަތަކަށް އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގެންނެވި ދިވެހި ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ޝާޙިދު އެޤައުމަށް ވަޑައިގަތެވެ. އަދި ފުރަތަމަ ފަހަރަށް ދިވެހި ޚާރިޖީ ވަޒީރަކަށް ރަޝިޔާގެ ޚާރިޖީ ވަޒީރަކު ދެއްވި ދައުވަތުގައި އެޤައުމަށްވެސް ދާދިފަހުން ޝާހިދު ވަޑައިގަތެވެ.

އައު ސަރުކާރަށް 4 މަސް ނުވަނީސް ޚާރިޖީ ވަޒީރު ޝާހިދު ވަޑައިގެން އދ، ކޮމަންވެލްތު އަދި އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލުންނާއި ބައްދަލުކުރެއްވިއެވެ. އދގެ މެމްބަރު ޤައުމުތަކުގެ ހަތަރު ބައިކުޅަ އެއް ބަޔަށްވުރެ ގިނަ ޤައުމުތަކުގެ އެކި ފަންތީގެ މަންދޫބުންނާއި ޚާރިޖީ ވަޒީރު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބައްދަލުކުރައްވައިފިކަމަށް ފޮރިން މިނިސްޓްރީއިން އާއްމުކުރި މައުލޫމާތުތަކުން ދައްކައެވެ.

ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފެށިކަމުގެ އަނެއް ހެއްކަކީ ދިވެހިންނަށް އެޤައުމުތަކުން ދެމުންދާ ލުއިތަކެވެ. އިންޑިއާއިން ކުރިމަތިވި ވިސާގެ ދަތިތައް ހައްލުކޮށް، މީގެ ކުރިން ދުވަހަކުވެސް ނުލިބޭހާ ގިނަ ފަސޭހަތަކެއް އިންޑިއާއިން ވަނީ މިހާރު ދީފައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށާއި، ތައިލެންޑްގެ އިތުރުން ރަޝިޔާއަށް ވިސާ ނެތި ދިވެހިންނަށް މިހާރު ފަސޭހަކަމާއިއެކު އެތެރެވެވޭނެއެވެ. އަދި ދާދި އަވަހަށް ޖަރމަން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، މިއީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް އަނެއްކާވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

ދާދި ފަހުން ނިމިގެން ދިޔަ ޕާޓްނަރޝިޕް ފޯރަމަކީވެސް ބޭރު ދުނިޔެއިން ރާއްޖެ ބަލައިގަތްކަމުގެ ހެއްކެކެވެ. ފުރިބާރުވެފައި އޮތް ކުރުނބާ މޯލްޑިވްސްގެ ކޮންފަރެންސް ހޯލްގައި 2 ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ފޯރަމްގައި ދިވެހި ސަރުކާރުން ތަރައްޤީގެ ބައިވެރިން ހޯދަން ކުރި މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ވަނީ ބޮޑު ތަރުޙީބެއް ދީފައެވެ.

ފޯރަމް ނިންމަވާލައްވަމުން ޚާރިޖީ ވަޒީރު ޝާހިދާއި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ފޯރަމަށް ހުށަހެޅި ހުރިހާ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ވިލާތުގެ އިއްތިޙާދުގެ ބޭފުޅުންނާއި ދިވެހި ސަރުކާރުގެ ބޭފުޅުން ބައްދަލުކުރައްވާ ކޮންމެ ފަހަރަކު އެފަރާތްތަކުގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެންނަން ޔޫރަޕުން ގިނަ މަސައްކަތްތަކެއް ކުރިކަން އެއީ އެންމެންވެސް ހެކިވާނެ ކަމެކެވެ.

އެކަން ކާމިޔާބުވެ، ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިއެއްގެ ގޮތުގައި އޮންނާނެކަން ނިމިދިޔަ ހަފްތާގައި ޔޫރަޕުން އެވަނީ ދައްކައިދީފައެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އިސްވެރިންނާއިއެކު ބޭއްވި ބައްދަލުވުންތަން އެހެރީ އެކަން ފެންނާށެވެ.

ބައިނަލްއަޤްވާމީ ދުނިޔޭގައި ގުޅުންތައް ދެމެހެއްޓޭނީ ޤައުމުތަކާއި ވާހަކަ ދައްކައިގެންނެވެ. ޤައުމުތަކަށް ދަތުރުކޮށް، އެޤައުމުތަކާއިއެކު އެކި ޕްލެޓްފޯމްތަކުގައި މަޝްވަރާތައްކޮށްގެންނެވެ. ބައިނަލްއަޤްވާމީ މައްސަލަތަކުގެ ތެރެއަށް ބޭކާރު ގޮތުގައި ނުވަދެ، އެމައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަޝްވަރާތަކުގައި ބިނާކުރަނިވި ގޮތަކަށް ބައިވެރި ވެގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅުނީ މިއާ މުޅިން އިދިކޮޅު ސިޔާސަތެކެވެ. އެހެންނަމަވެސް ރައީސް ސޯލިޙްގެ ސަރުކާރުން ގެންގުޅެނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ޤައުމުތަކުން ބަލައިގަންނަ ސިޔާސަތެއްކަން ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

12 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު